ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް: ފޮޓޯ/މަޖިލިސް
ހަބަރު
09 Oct 2022 | 15:26
ދައުލަތުގެ ޓީވީން ނުދައްކާނަމަ ވޯލްޑު ކަޕު ބެލުމުން އެތައްބަޔަކު މަހުރޫމުވޭ: ޝިޔާމް

އަންނަ ނޮވެމްބަރު މަހު ފަށާ ފުޓުބޯޅަ ވޯލްޑް ކަޕް މުބާރާތުގެ މެޗުތައް ދައުލަތުގެ މީޑިއާއިން ނުދައްކާ ނަމަ އެ މުބާރާތް ބެލުމުން އެތައް ބަޔަކު މަހުރޫމު ވެގެން ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

އަންނަ ނޮވެމްބަރު މަހު ފަށާ ފުޓުބޯޅަ ވޯލްޑް ކަޕް މުބާރާތުގެ ހުރިހާ މެޗެއް އައިސް ޓީވީ އާއި ރާއްޖެ ޓީވީން ދެއްކުމަށް މީޑިއާ ނެޓާއެކު އެއްބަސްވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވަނީ، ވޯލްޑް ކަޕް ދައުލަތުގެ ޓީވީން ނުދެއްކެންވީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. 

"ދައުލަތުން މީޑިޔާ ނެޓަށް ފައިސާދޭވަރު މަދީތޯ؟ ވެނުމަސް ވެނަށްނޫންތޯ؟" ޝިޔާމްގެ ޓުވީޓުގައި ވިދާޅުވިއެވެ.

މިއާއެކު ޝިޔާމް ވިދާޅުވީ، މީޑިޔާނެޓުގެ ޚިދުމަތް ނުލިބޭ އަދި އެޚިދުމަތައް ކެރިފޯރުންތެރިކަން ނެތް އެތައް ރައްޔިތަކު މިރާއްޖޭގައި އެބަތިބި ކަމަށާ، އެހެން އެކަން އޮއްވައި، ދައުލަތުގެ ޓީވީން ނުދައްކައި، މީޑިއާ ނެޓާއި އެކު އެ އެއްބަސްވުން ވުމުން ވާރލްޑުކަޕު ބެލުމުން އެތައްބަޔަކު މަހުރޫމުވެގެން ދާނެކަމަށެވެ. 

ރާއްޖެ ޓީވީ އަދި އައިސް ޓީވީން ވޯލްޑް ކަޕުގެ މެޗުތައް ބެލޭނީ މީޑިއާ ނެޓުގެ ނެޓްވޯކުގެ ތެރެއިންނެވެ. އެހެންކަމުން ޓެރެސްޓްރިއަލް ސިގްނަލް މެދުވެރިކޮށް ވޯލްޑް ކަޕެއް ނުބެލޭނެ އެވެ.

ކޮމެންޓް
ބެއްޔާބެގެ ދަރި
ކޮންތަނެއްގައިބާ މިހާރު ޓެރަސްޓްރިއަލްކޮށް ޓީވީ ބަލަނީ. އެއް ޕަސެންޓް މީހުން ވެސް ނުބަލާނެ. މީޑިއާ ނެތުން ގަންނަ އެއްޗެއް ހިލޭ ދޭންޖެހޭ ސަބަބެއް ނެތް. އެއީ ވިޔަފާރި ކުންފުންޏެއް. ޓީވީއެމް އިން ގަނެގެން ދައްކަންވީ ހަމަ
10 Oct 2022
ގުޅޭ ލިޔުންތައް
12 Aug 2026
ސާޅީސް ޖަމިއްޔާއާ އެކު ސަލަފުގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ މާދަމާ ރޭ ފަށަނީ
މި ހަފްތާ ބަންދުގައި މާލޭގައި ކުރިއަށް ދާ މި މަހާސިންތާގައި 40 ޖަމިއްޔާއަކުން މިހާތަނަށް ބައިވެރިވެފައިވެ އެވެ.
12 Aug 2026
ބައްޕަ މަރުވުމާ ގުޅިގެން މެސީގެ އަސަރުގަދަ ޕޯސްޓެއް
"އެއީ ހަމައެކަނި ބައްޕައެއް ނޫނެވެ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓައިދިން ފަރާތެވެ"
12 Aug 2026
ބީއެމްއެލްއިން ޓީޓީތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި
ބީއެމްއެލްއިން ބުނީ މި ނިންމުން ނިންމީ އެ ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓީޓީތަކުގެ އަދަދަށް ބެލުމަށް ފަހުގައި ކަމަށެވެ
12 Aug 2026
ނަޝީދު ގޮވާލެއްވުން: 10 ދުވަސްތެރޭ 19ރއަށް، މަސްދުވަސްތެރޭ 17ރއަށް ޑޮލަރުގެ އަގު ތިރިކުރޭ
އެއީ ކުރިއަށް އޮތް 10 ދުވަސްތެރޭ ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުން ކަމުގައި ވިދާޅުވި އެވެ.
12 Aug 2026
އުރީދޫ ޕީއެމްއެންސީ މޯލްޑިވްސް ފައިނަލްސްގައި 16 ޓީމަކުން ތަށްޓަށް ވާދަކުރާނެ
12 Aug 2026
ދައުލަތަށް ދަރިފުޅު ނެގި މައްސަލަ: އެކަން ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނެފި
އެ ކޮމިޝަނުން މިހެން ބުނީ އެ މައްސަލާގައި އެޗްއާރުސީއެމުން އެއްޗެއް ނުބުނާތީ އެތައް ބަަޔަކު ފާޑުކިޔުންް އަމާޒު ކުރުމުންނެވެ.
12 Aug 2026
މަހާއި ރިހާކުރު ކައްކާ އަދި ހަވާދު ހަދާ މީހުންނަށް ޒޯނެއް ކަނޑައަޅާ ފުރުސަތު ދެނީ
މިކަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
12 Aug 2026
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލު ރާއްޖެ އެތެރެކޮށްފި
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަނެއްގެ ނަކަލު (ފޯލްސިފައިޑް) ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ.