ފެމިލީ ކޯޓު
ހަބަރު
10 Oct 2022 | 11:02
ފާއިތުވި ސެޕްޓެމްބަރު މަހު އެކަނިވެސް މާލޭގައި 102 ވަރި

ފާއިތުވި ސެޕްޓެންބަރު މަހުގައި މާލެ ސަރަހައްދުގައި 153 ކައިވެނިކޮށްފައިވާއިރު، ހަމަ އެކަނި އެ މަހުގައި ވެސް 102 ވަރިކޮށްފައިވާކަން ފެމެލީ ކޯޓުން ބުނެފިއެވެ. 

ފެމިލީ ކޯޓުން އާއްމު ކޮށްފައިވާ ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ފާއިތުވި ސެޕްޓެންބަރު މަހު ފެމިލީ ކޯޓަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ވަރިވުމަށް ހުށަހަޅާފައިވާ މައްސަލަތެކެވެ. އެގޮތުން 134 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި ސެޕްޓެމްބަރު މަސް ނިމުނުއިރު، ނިންމައިނުލެވި 121 ވަރީގެ މައްސަލައެއް އޮތެވެ.

ސެޕްޓެންބަރު މަސް ފެށުނުއިރު 15 ޙަޟާނަތުގެ މައްސަލަ ކޯޓުގައި އޮތްއިރު، އެ މަސް ނިމުނުއިރު ނިންމާފައިވަނީ ފަސް މައްސަލައެވެ. އަދި އަލަށް އެ މަހުގައި ހުށަހެޅުނު މައްސަލަތަކާއެކު ޖުމްލަ 14 މައްސަލައެއް ނުނިމި އޮތެވެ.

ދަރިން ނުދައްކައިގެން ހުށަހެޅި 13 މައްސަލައެއް ސެޕްޓެންބަރު މަސް ފެށުނުއިރު ކޯޓުގައި އޮތްއިރު، ސެޕްޓެންބަރު މަހުގެ ނިޔަލަށް ދަރިން ނުދެއްކުމުގެ 7 މައްސަލައެއް ނުނިމި ކޯޓުގައި އެބައޮތެވެ. ސެޕްޓެމްބަރު މަސްތެރޭގައި އެފަދަ މައްސަލައެއް ހުށަހެޅިފައެއް ނުވެއެވެ. 

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ އެންމެ މައްސަލައެއް ފާއިތުވި މަހުގައި ކޯޓަށް ހުށަހަޅާފައިވާއިރު، އެ މަސް ފެށުނުއިރު އެ ބާވަތުގެ އެއް މައްސަލަ ކޯޓުގައި އޮތެވެ. އެ ދެ މައްސަލަވެސް ސެޕްޓެންބަރުގައިވަނީ ނިންމާފައެވެ.

މީގެ އިތުރުން، ކުއްޖާ އިޚުތިޔާރުކުރާނެ ފަރާތެއް ކަނޑައެޅުމުގެ 12 މައްސަލައެއް ސެޕްޓެންބަރު މަސް ފެށުނުއިރު ކޯޓުގައި އޮތް އިރު އަލަށް އެ ބާވަތުގެ 2 މައްސަލަ އެ މަހުގައި ކޯޓަށް ހުށަހަޅާފައިވެއެވެ. އެ މަސް ނިމުނުއިރު އެފަދަ 12 މައްސަލަ ނުނިމި ކޯޓުގައި އެބައޮތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ފޯބްސްގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް
ފޯބްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ރޭންކިންގއަކީ ބޭންކުތަކުގެ ހަމައެކަނި ބޮޑުމިނަށް ބަލައިގެން އެކުލަވައިލި ލިސްޓެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އެ ބޭންކެއްގެ މާލީ ހާލަތު ހުރިގޮތާއި، ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ހުރި މިންވަރު ވަޒަންކުރުމަށްފަހު އެކުލަވައިލި ލިސްޓެކެވެ. ބީއެމްއެލް މި ލިސްޓުގައި ހިމެނުމަކީ އެ ބޭންކުގެ މާލީ ދުޅަހެޔޮކަން ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލައިގަނެފައިވާ ކަމުގެ ހެއްކެކެވެ
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.