އިދިކޮޅުން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން--ފޮޓޯ/ވޮއިސް
ހަބަރު
10 Oct 2022 | 19:56
އިދިކޮޅުން ކުރި މުޒާހަރާގެ ތެރެއިން 10 މީހުން ހައްޔަރުކޮށްފި!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދަމުން ނުދާ ކަމަށްބުނެ، މަސްވެރިންގެ ހައްގުގައި އަޑު އުފުލުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މަސްމާރުކޭޓު ސަރަހައްދަށް އެއްވެ ކުރި އިހްތިޖާޖުގެ ތެރެއިން 10 މީހަކު ހައްޔަރުކޮށްފިއެވެ. 

"ލޭނާރު" ނަމުގައި އިދިކޮޅުން މިއަދު ކުރިއަށް ގެންދިޔަ މި އިހްތިޖާޖު ގެ ތެރެއިން މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޞާލިހު މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދޭ ކަމަށް ބުބެ، އެމަނުކުފާނުގެ އިސްތިއުފާއަށް ގޮވާލާފައެވެ. މީގެ އިތުރުން، ރައީސް ޞާލިހުގެ މި ވެރިކަމުގައި މަސްވެރިން 'އިދަ ޖައްސައިފި' ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ. 

އިދިކޮޅުން މަސްވެރިންގެ ހައްގުގައި ކުރި މި މުޒާހަރާ ފެށިތާ މާގިނައިރެއް ނުވެ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ކުރިއަށް ނުދެވޭނެ ގޮތަށް ބެރިކޭޑް ޖަހާ އެ ސަރަހައްދު ބަންދުކޮށްފައެވެ. އަދި ބެރިކޭޑް ހިފައިގެން ކަރުނަ ގޭސް ބޭނުންކޮށްގެން ފުލުހުން އެ މުޒާހަރާ ރޫޅައިލައިފައިވާއިރު އެ މުޒާހަރާގެ ބައިވެރިންގެ ތެރެއިން 10 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ޕީޕީއެމްގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިއެވެ.  

މި މުޒާހަރާ އާއި ގުޅިގެން މައުލޫމާތު ދެއްވަމުން އިދިކޮޅު ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ރައީސް މުހައްމަދު އިސްމާއިލް އިއްޔެ ވިދާޅުވީ، 2018 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބުކުރަން މިހާރު ސަރުކާރުގައި ތިބި ފަރާތްތަކުން ވަރަށް ގިނަ ވައުދުތަކެއް މަސްވެރިންނަށް ވެފައިވާ ކަމަށެވެ.

އެގޮތުން ބާނާ މަހަށް ހަމަ އަގު ހޯދާ ދިނުމާއި މަސްވެރީންނަށް ހާއްސަ ޕްލެޓްފޯމްތަކެއް ގާއިމު ކުރުމާއި ތެލުގެ އަގު ހެޔޮ ކުރުމުގެ ވައުދުވި ކަމަށާއި ނަމަވެސް މި ވެރިކަމަށް ހަތަރު އަހަރު ފުރެންދާއިރު މަސްވެރި އާއިލާތައް ދަނީ ނިކަމެތިވަމުން ކަމަށް މުހައްމަދު ވިދާޅުވި އެވެ.

މަސްވެރި އާއިލާތައް ނިކަމެތިވަމުންދާއިރު ހިމޭނުން، މަޑުން ތިބެވެން ނެތް ކަމަށާއި، ސިޔާސީ ޕާޓީއެއްގެ ގާނޫނުގައި ބުނާ ގޮތުން އިދިކޮޅުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން މިއަދުގެ އިހްތިޖާޖަކީ އެ ޒިންމާ އަދާކުރުމުގެ ގޮތުން ބާއްވާ އިހުތިޖާޖެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.