ގާސިމް އިބުރާހިމް މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
11 Oct 2022 | 14:13
މެމްބަރުން އަދަދު ހިފަހައްޓަން ހުށައެޅި އިސްލާހާއެކު ގާސިމްގެ ތިން ބިލުވެސް މަޖިލީހުން ބޭރުކޮށްލައިފި!

ރައްޔިތުންގެ މެމްބަރުންގެ އަދަދު ހިފެހެއްޓުމަށް ހުށައެޅި އިސްލާހު ހިމެނޭހެން ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު ގާސިމް އިބުރިމް މަޖިލީހަށް ހުށައެޅުއްވި 3 ބިލުވެސް މިއަދު މަޖިލީހުން ބޭރުކޮށްލައިފިއެވެ. 

ގާސިމް އިބުރާހިމް ހުށައެޅުއްވި ބިލުތައް ބޭރުކޮށްލާފައިވަނީ އެ ބިލުތައް ބަލައިގަތުމަށް ނެގުނު ވޯޓުގައި، ގިނަ މެމްބަރުނަތަކެއް އެ ބިލުތައް ބަލައިގަންނަން ބޭނުން ނުވާކަމަށް ވޯޓު ދެއްވުމާއި ގުޅިގެންނެވެ. 

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 އަށް ވުރެ އިތުރުނުވާ ގޮތަށް ގާނޫނުއަސާސީގައި ކަނޑައެޅުމަށް ގާސިމް ހުށައެޅުއްވި ބިލު ބޭރުކޮށްލީ ވޯޓުގައި ބައިވެރިވި 25 މެމްބަރުންގެ ވޯޓުންނެވެ. ޖަލްސާގައި 40 މެމްބަރުން ހާޒިރުވެ ތިއްބެވިއިރު އެ އިސްލާހާ އެއްކޮޅަށް ވޯޓު ދެއްވީ ހަތް މެމްބަރެކެވެ.

ގާސިމް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން މަޖިލިހުގެ މެމްބަރުންގެ އަދަދަކަށް ވާން ޖެހޭނީ މިހާރު ތިއްބެވި ގޮތަށް 87 އެވެ. އެ އަދަދު އިތުރުވިޔަ ނުދިނުމަށްޓަކައި، ގާނޫނުއަސާސީގައި ބުނާ އިދާރީ ދާއިރާތަކުގެ ގޮތުގައި 87 އިންތިހާބީ ދާއިރާ ކަނޑައަޅައި، އެ އިން ކޮންމެ އިންތިހާބީ ދާއިރާއަކުން އިންތިހާބު ކުރަން ވާނީ އެންމެ މެމްބަރަކު ކަމަށް އިސްލާހުގައި ވެ އެވެ.

އެ ބިލާއި ގުޅޭގޮތުން ކުރިއަށް ގެންދިޔަ ބަހުސް މަރުހަލާގއިވެސް މެމްބަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔައެވެ. އެގޮތުން ގާސިމް އު ބިލު ހުށައަޅުއްވާފައިވަނީ އެކަށީގެންވާ މިންވަރަަށް ދިރާސާތައް ހައްދަވާފައި ނޫންކަން ބައެއް މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި ބިލުގެ މަގްސަދުގައި ބަޔާންކުރާ ޚަރަދުކުޑަކުރުމުގެ ވާހަކައަކީވެސް ދެކޮޅު ޖެހޭ ވާހަކައެއް ނޫންކަމަށް މެމްބަރުން ފާހަގަކުރައްވާފައިވެއެވެ. އަދި ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އެ ބިލަށްވުރެ މުހިންމު ކަންކަން ހުރިކަންވެސް މެމްބަރުން ފާހަގަކުރެއްވިއެވެ. 

ގާސިމްގެ އެ އިސްލާހު ބޭރުކޮށްލާފައިވާއިރު، ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ނެގައުމަށް ގާސިމް ހުށައަޅުއްވާފައިވާ އިސްލާހާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގާސިމް ހުށައެޅި އިސްލާހުވެސް މިއަދުގެ ވޯޓުން ވަނީ ބޭރުކޮށްލާފައެވެ. 

މި ދެ އިސްލާހުވެސް ބޭރުކޯށްލާފައިވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ފުރިހަމަ އަގުލަބިއްޔަތުންކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.