އިދިކޮޅުގެ މުޒާހަރާގެ ތެރެއިން/ ފޮޓޯ: ވޮއިސް
ހަބަރު
11 Oct 2022 | 22:54
އިދިކޮޅުގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެން ދޫކޮށްލައިފި

މަސްވެރިންގެ ހައްގުތަށް ކަށަވަރުކޮށްދިނުމަށް ގޮވާލާ އިދިކޮޅުން އިއްޔެ މާލޭގެ މާރުކޭޓު ސަރަހައްދުގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 10 މީހުންގެ ތެރެއިން، އެކަކު ފިޔަވާ އެހެން އެންމެން ދޫކޮށްލައިފިއެވެ. 

ފުލުހުން މައުލޫމާތުދިން ގޮތުގައި މުޒާހަރާގެ ތެެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން ދެމީހެއްގެ ބަންދު މުއްދަތު އިތުރުކުރުމަށް ވަނީ ކޯޓަށް ހާޒިރުކުރެވިފައެވެ. އެހެން ނަމަވެސް، އޭގެ ތެރެއިން 53 އަހަރުގެ ފިރިހެނެއް ޝަރުތުތަކާއެކު ދޫކޮށްލާފައިވާއިރު، ދެވަނަ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ތިން ދުވަސް ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

އިދިކޮޅުން އިއްޔެ ކުރި މުޒާހަރާއަކީ މި ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ފުއްދާދީފައި ނުވާކަން ފާހަގަކޮށް، މަސްވެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލާ ކުރިއަށް ގެންދިޔަ މުޒާހަރާއެކެވެ. އެގޮތުން، މަސްވެރިކަން ތިޔާގިވާ ދުވަސްވަރާއި ދިމާކޮސް މަސް ގަތުން ލިމިޓުކުރުމާއި، އައިސް ހޯދުމަށް މަސްވެރިން ދިގު ކިއުތަކުގައި ޖެހިގެން ތިބެން ޖެހުންފަދަ ކަންކަން ހައްލުކޮށްދިނުމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ. 

އަދި އޭގެ އިތުރުން މަސްވެރިން ބާނާ މަސްކޮޅަށް ވަގުތުން ފައިސާ ލިބޭ ސިޔާސަތު ތަންފީޒުކުރުމަށްވެސް އިދިކޮޅުގެ މުޒާހާރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ. 

ސުލްހަވެރިކަމާއެކު ފެށި އެ ހަރަކާތައް މާގިން އިރުތަކެއް ނުވެ ފުލުހުން ވަނީ ރޫޅާލާފައެވެ. އަދި މުޒާހަރާ ރޫޅާލުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވެއެވެ. އަދި ގިނަ ބަޔަކު މުޒާހަރާގެ ތެރެއިން ހައްޔަރުވެސް ކޮށްފައިވެއެވެ. 

ހައްޔަރުކުރި މީހުންގެ ތެރެއިން އެކެއް ފިޔަވާ ދެންތިބި މީހުން މިއަދު ދޫކޮށްލާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ވަނީ މިއަދު މަސްވެރިންގެ ހައްގު ކަށަވަރުކޮށްދިނުމަށް ގޮވާލި ފަރާތްތަކަށް އަނިޔާކުރުން ކޮށްވެރިކޮށް މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށައަޅާފައެވެ. 

އެހެން ނަމަވެސް، އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައި ނުގަނެ ވަނީ ބޭރުކޮށްލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.