ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
11 Oct 2022 | 23:30
ހުރިހާ ދާއިރާއަކުންވެސް މިނިވަންކަން އޮތުމަކީ ރާއްޖޭގެ ޑިމޮކްރަސީގެ އަސާސް: ރައީސް

ހަމަހަމަކަމާއި، ހުރިހާ ދާއިރާ އަކުންވެސް މިނިވަންކަން ހޯދައިދެވިފަައި އޮތުމަކީ ރާއްޖޭގެ ޑިމޮކްރަސީގެ އެންމެ މައިގަނޑު އެއް އަސާސްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލް ނުވަތަ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގެ ކުރިއަށްއޮތް ދައުރަށް ރާއްޖޭން ވާދަކުރި ގޮނޑި ކާމިޔާބުކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓުގައި، ރައީސް ޞާލިހު ވިދާޅުވީ، އިންސާނީ ހައްގުތަކާއި، އަސާސީ ހަމަހަމަކަމާއި، ހުރިހާ ގޮތަކުންވެސް މިނިވަންކަން އޮތުމަކީ ރާއްޖޭގެ ޑިމޮކްރަސީގެ އެންމެ މައިގަނޑު އަސާސް ކަމަށެވެ. 

އަދި ހިއުމަން ރައިޓްސް ކައުންސިލުގެ 2023-2025 ވަނަ ދައުރުގެ ގޮނޑި ރާއްޖެއަށް ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމަށާއި އެކަމާއި މެދު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ ރައީސް ޞާލިހު ވަނީ ފޮރިން މިނިސްޓަރު ޝާހިދު އާއި އެމަނިކުފާނުގެ ޓީމަށް މަރުހަބާ ދަންނަވާފައެވެ. 

އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިރޭ ކުރި ޓުވީޓުގައި ވަނީ 2023-2025 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެ އާއި އެކު ޖުމުލަ 14 ގައުމެއް އެ ކައުންސިލުން ހުސްވެފައިވާ 14 ގޮނޑި އަށް އިންތިޚާބު ވެފައިވާ ކަން އިއުލާން ކޮށްފައެވެ. 

އެގޮތުން ރާއްޖެ އިންތިޚާބު ވެފައިވަނީ އެކައުންސިލުގެ އޭޝިއާ ޕެސިފިކް ސްޓޭޓުތަކުގެ ތެރެއިން ހުސްވެފައިވާ 4 ގޮނޑީގެ ތެރެއިން ގޮނޑިއަކަށެވެ. އެ އިންތިހާބުގައި 189 ގައުމުން ވޯޓުލީއިރު ރާއްޖެ އަށް ވަނީ 154 ވޯޓު ލިބިފައެވެ.

އިންތިޚާބުގައި ރާއްޖެ ހިމެނޭ ސަރަހައްދުން ވާދަކޮށްފައިވަނީ ރާއްޖޭގެ އިތުރުން އަފްޤާނިސްތާނާއި ބަންގްލަދޭޝްގެ އިތުރުން ކިރްގިސްތާން އަދި ރިޕަބްލިކް އޮފް ކޮރެއާ އާއި ވިއެޓްނާމް އެވެ.

މީގެތެރެއިން އޭޝިއާ ޕެސިފިކް ސްޓޭޓް ތަކުގެ ތެރެއިން ހުސްވެފައިވާ 4 ގޮނޑިއަށް އިންތިޚާބުވެފައިވަނީ ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ވިއެޓްނާމާއި ކިރްގިސްތާނެވެ.

އަލަށް އިންތިހާބުވި ހަތަރު ގައުމާއި އެކު ދެން އޭޝިއާ ޕެސިފިކް ގައުމުތަކުގެ ތެރެއިން އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ތިބޭނީ ޗައިނާ، އިންޑިއާ، ކަޒަކިސްތާން، މެލޭޝިއާ، ނޭޕާލް، ޕާކިސްތާން، ޤަތަރު، އުޒްބެކިސްތާނުގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް އެވެ. 

މި ކައުންސިލްގައި ތިބެވޭނީ އެންމެގިނަވެގެން ޖެހިޖެހިގެން ދެ ދައުރަށެވެ. ޖެހިޖެހިގެން ދެދައުރު ހަމަވުމުން ޖެހިގެން އަންނަ އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ފޯބްސްގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް
ފޯބްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ރޭންކިންގއަކީ ބޭންކުތަކުގެ ހަމައެކަނި ބޮޑުމިނަށް ބަލައިގެން އެކުލަވައިލި ލިސްޓެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އެ ބޭންކެއްގެ މާލީ ހާލަތު ހުރިގޮތާއި، ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ހުރި މިންވަރު ވަޒަންކުރުމަށްފަހު އެކުލަވައިލި ލިސްޓެކެވެ. ބީއެމްއެލް މި ލިސްޓުގައި ހިމެނުމަކީ އެ ބޭންކުގެ މާލީ ދުޅަހެޔޮކަން ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލައިގަނެފައިވާ ކަމުގެ ހެއްކެކެވެ
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.