އައިޖީއެމްއެޗް ހޮސްޕިޓަލު ކައުންޓަރު ކައިރީގައި ބަޔަކު-- ފޮޓޯ: އަވަސް
ހަބަރު
12 Oct 2022 | 16:21
ނުރައްކާތެރި ހާލަތަށް ދިޔުމުގެ ކުރިން ޑެންގީ އަށް ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފި!

ވޭތުވެ ދިޔަ އަހަރުގެ މިދުވަސްވަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯރޓް ކޮށްފައިވާ އަދަދު ބޮޑުތަން އިތުރުވެ، ޑެންގީ ބަލީގައި ހާލު ސީރިއަސްވާ މީހުން އިތުރު ވެފައިވާއިރު، ބަލީގައި ނުރައްކާތެރި ހާލަތަކަށް ދިޔުމުގެ ކުރިން އަވަހަށް ފަރުވާ ހޯދުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ ސެޕްޓެންބަރު 229 މީހުން ވަނީ ފަރުވާ ހޯދާފައިވާއިރު މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ޑެންގީ ޖެހިގެން ފަރުވާ ހޯދީ 8 މީހުންނެވެ.

ޑެންގީ ހުމުގެ މައްސަލަ މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި އިތުރުވަމުންދާއިރު، އެކަމާއި ގުޅިގެން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ނިމިދިޔަ އަހަރާއި އަޅާބަލާއިރު، މިއަހަރު ރާއްޖެއަށް ވިއްސާރަ ކުރަމުންދާ މިންވަރުވެސް އިތުރު ވެފައިވާ ކަމަށެވެ. އެއާއެކު މަދިރި އާލާވާ ތަންތަން އިތުރުވެ، މަދިރީގެ ޒަރީޢާއިން ޖެހޭ ޑެންގީ ފަދަ ބަލިތައްވެސް އިތުރުވެފައިވާ ކަމަށެވެ. 

އެހެންކަމުން، މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން މަދިރި ކޮންޓްރޯލް ކުރުމަށް ތަފާތު އެކިއެކި ހަރަކާތްތައް ކުރެވެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ރަށްރަށުގެ ކައުންސިލްތަކާއި އެނޫންވެސް އިދާރާތަކާއި ސިއްހީ ފަރުވާ ދޭ ތަންތަން ގުޅިގެން މަދިރި ނައްތާލުމުވެ މަސައްކަތް ކުރެވެމުންދާ ކަމަށާ، އަދި މަދިރި ކޮންޓްރޯލް ކުރުމަށް ފޮގް ކުރުމާއި، އެނޫންވެސް އެކަމަށް ބޭނުންވާ ވަސީލަތްތައް ކައުންސިލް ތަކުގެ އެދުމުގެ މަތިން އެތަންތަނަށް ފޯރުކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. 

މިއާއެކު، ޑެންގީ ހުން އެންމެ ގިނައިން ރިޕޯޓް ކޮށްފައިވާ ސަރަހައްދުތައް ފާހަގަކޮށް އެ ސަރަހައްދުތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ޕްރޮގްރާމްތައް ރާވައި ހިންގަމުންދާއިރު، ކުރިއަށް ވެސް ގިނަ މަސައްކަތް ތަކެއް ހުރި ކަން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. މީގެ އިތުރުން ޑެންގީ ހުމާއި ގުޅޭގޮތުން ޑޮކްޓަރުން ހޭލުންތެރިކޮށް، ފަރުވާ ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީ، މި ބައްޔާ މެދު އިތުރަށް ސަމާލުވުމަށް ޑޮކްޓަރުންނާއި ސަރުކާރުގެ އެންމެހައި ސިއްހީ ފަރުވާދޭ ތަންތަނަށް އަންގާފައިވާއިރު, އެކަމާއި ގުޅިގެން އާއްމުން ހޭލުންތެރި ކުރުމަށް މީޑިއާ މެދުވެރިކޮށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، ޑެންގީގެ ޢަލާމާތްތައް ފެނިއްޖެ ނަމަ، ލަސްނުކޮށް ފަރުވާ ހޯދުމަށްވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ޑެންގީ އިން ރައްކާތެރިވުމަށް ކުރެވިދާނެ މުހިއްމު ކަންތައްތަކުގެ ތެރޭގައި:

1 .މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަ ނޑު ރަގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުން ކުރުން. ރެޕެލެންޓް ބޭނުން ކުރުމުގައި ތިރީގައި ދެންނެވިފައިވާ މާއްދާތައް ހިމެނޭ ރެޕެލެންޓް ބޭނުންކުރުން މުހިއްމު.

DEET, Picaridin (KBR3023 or Icaridin), IR3535, OLE,PMD and 2-undecanone

2 .ފަތިސް ގަޑީގައި އަދި ހަވީރު އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުން. މިއީ މަދިރި އެންމެ ގިނަވާ ވަގުތުތައް.

3 .ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން، މިފަދަ ތަކެތީގައި ފެން ހަރުލުމުން ޑެންގީ ފަތުރާ މަދިރި އާލާވުމަށް މަގުފަހިވެގެން ދެއެވެ.

ބަލި ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާ

 އަރާމު ކުރުން. މީގެ ސަބަބުން ބަލި ފަސޭހަވުން އަވަސްވުމާއެކު ބަލި ފެތުރެމުންވެސް ރައްކާތެރި ކޮއްދެއެވެ.

 ގިނަގިނައިން ދިޔާއެއްޗެހި ބޭނުންކުރުން.

 ފައިދާހުރި ދިޔާތަކެތީގެ ތެރޭގައި ކުރުބާފެން، ލޮނުޕެކެޓް، ސޫޕް ފަދަ ތަކެތި ހިމެނެއެވެ.

 ހުން މަޑު ކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރެސެޓެމޯލް ބޭނުން ކުރެވިދާނެއެވެ. ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެތި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ.

ޑެންގީ ހުން އިތުރު ވަމުންދިޔުމާއި ގުޅިގެން ހެލްތު މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، އެ ބަލި ޖެހުމުން ހުންއަމުގެ އިތުރުން އެހެނިހެން ނުރައްކާތަކާއި ވެސް ކުރިމަތިވާކަން ފާހަގަ ކޮށްފައެވެ. ޚާއްސަކޮށް މާބަނޑު މީހުންނާއި, ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ދާއިމީ ބައްޔަކަށް ބޭސްކުރާ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑު އިރު، އެފަދަ ނުރައްކާތެރި ހާލަތްތަކަށް އަވަހަށް ފަރުވާ ނުކުރެވިއްޖެނަމަ ފުރާނައަށްވެސް ނުރައްކާވުން އެކަށީގެންވާ ކަމަށް އެމިނިސްޓްރީން ބުނެއެވެ. 

އެހެން ކަމުން 3 ދުވަހަށްވުރެ ގިނައިން ހުން އަންނަ ނަމަ، ނުވަތަ ޑެންގީގެ ނުރައްކާތެރި އަލާމާތެއް (ކުޑަކަމުދެވޭ މިންވަރު މަދުވުން، މާބޮޑަށް ވަރުބަލި ވުން، ތުއްތު ކުދިންނަށް ގާތުން ނުބޮވުން، ބަނޑުގައި ރިއްސުން، ގިނައިން ހޮޑުލެވުން, ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އައުން ފަދަ އަލާމާތެއް) ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް ދިޔުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ފޯބްސްގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް
ފޯބްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ރޭންކިންގއަކީ ބޭންކުތަކުގެ ހަމައެކަނި ބޮޑުމިނަށް ބަލައިގެން އެކުލަވައިލި ލިސްޓެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އެ ބޭންކެއްގެ މާލީ ހާލަތު ހުރިގޮތާއި، ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ހުރި މިންވަރު ވަޒަންކުރުމަށްފަހު އެކުލަވައިލި ލިސްޓެކެވެ. ބީއެމްއެލް މި ލިސްޓުގައި ހިމެނުމަކީ އެ ބޭންކުގެ މާލީ ދުޅަހެޔޮކަން ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލައިގަނެފައިވާ ކަމުގެ ހެއްކެކެވެ
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.