ފްލައި ދުބާއި ގެ ފްލައިޓް އެއް-- ފޮޓޯ: ފްލައި ދުބާއި
ހަބަރު
12 Oct 2022 | 21:42
ފްލައި ދުބާއި އިން ގަން އިންޓަނޭޝަނަލް އެއާޕޯޓް އަށް ދަތުރުތައް ފަށަނީ!

ޔޫއޭއީގެ ދުބާއީގެ ލޯ ބަޖެޓް އެއާލައިންއެއް ކަމަށްވާ، "ފްލައި ދުބާއި" އިން ގަން އިންޓަނޭޝަނަލް އެއަރޕޯޓް އަށް ދަތުރުތައް ފަށަން ތައްޔާރު ވެއްޖެއެވެ. 

ފްލައި ދުބާއި އިން ބުނީ، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުން ފެށިގެން ގަން އިންޓަނޭޝަނަލް އެއަރޕޯޓް އަށް ދަތުރުތައް ފަށަން ހަމަޖެހިފައިވާ ކަމަށެވެ. 

ގަަމަށް އޮޕަރޭޝަންތައް ފެށުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފްލައި ދުބާއީގެ ސިއީއޯ ޣައިތު އަލް ޣައިތު ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނަށް ކޮންމެ ދުވަހަކު ދަތުރުތައް ފެށުމުން، ރާއްޖޭގެ ރީތިކަން ދެކިލުމަށް އިތުރު މަންޒިލްތައް ހިޔާރު ކުރުމުގެ އިތުރު ފުރުސަތުތައް ފަސިންޖަރުންނަށް ލިބިގެންދާނެ ކަމަށެވެ.

ފްލައި ދުބާއީގެ ދަތުރުތައް ރާއްޖޭގެ ދެކުނުގައިވާ ގަމަށް ފެށުމާއެކު، މި އެއާލައިނުން ދަތުރު ކުރާ ފަސިންޖަރުންނަށް ރާއްޖޭގެ ރީތި ގިނަ ރަށްތަކަކަށް ދަތުރު ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ. ގަމަށް މި ފަށާ ދަތުރު ތަކާއި އެކު، ރާއްޖޭގެ ދެކުނުގެ ރިސޯޓް ތަކަށް ޒިޔާރަތް ކުރާ ފަތުރުވެރިންވެސް، ސީ ޕްލޭން ގައި ނޫނީ، ބޯޓުގައި ކުރަންޖެހޭ ދަތުރުތައް މަދުވެ، ވަރަށް ގިނަ ވަގުތު ސަލާމަތް ކުރެވޭނެ.  ރާއްޖެއަކީ އަކީ ޔޫއޭއީ، ޖީސީސީ އަދި ސީއައިއެސްގެ މެދުގައި ޗުއްޓީ ހޭދަކުރުމުގައި އެންމެ މަގުބޫލު އެއް މަންޒިލްގެ ގޮތުގައި މި އޮތީ". ފްލައި ދުބާއީގެ ސިއީއޯ ޣައިތު އަލް ޣައިތު ވިދާޅުވިއެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ، މި ދަތުރުގެ ސަބަބުން ޔޫރަޕާއި ގުޅުވާލެވޭނެ ކަމަށެވެ.

ފްލައި ދުބާއީން ދުބާއީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު ދަތުރުތައް ފެށީ 2013 ވަނަ އަހަރު އެެވެ. އަދި އަންނަ އަހަރުން ފެށިގެން ގަމާއި ދެމެދު ދަތުރުތައް ފަށާއިރު، ހަފްތާއަކު 28 ފްލައިޓް ރާއްޖެ އާ ދެމެދު ބާއްވާނެ ކަމަށް ބުނެފައި ވެއެވެ. 

ފްލައި ދުބާއި އިން ގަމުން ދުބާއި އަށް އިކޮނޮމީ ކްލާސް ޓިކެޓެއްގ  އަގު އުޅެނީ، 550 ޑޮލަރަށެވެ. އަދި ބިޒްނަސް ކްލާސް ޓިކެޓެއްގެ އަގު 1600 ޑޮލަރަށް އަރައެވެ. ފްލައި ދުބާއި އިން ދަތުރު ކުރަން ބޭނުންވާ ފަރާތް ތަކުން flydubai.com ވެބްސައިޓް މެދުވެރިކޮށް ނުވަތަ ފްލައި ދުބާއި އެޕް މެދުވެރިކޮށް ވެސް ޓިކެޓް ނެގޭނެއެވެ. 

ފްލައި ދުބާއިގެ ޝެޑިއުލް އާއި ޓިކެޓްގެ އަގާއި ގުޅޭ އިތުރު މައުލޫމާތު ތައް އަންނަނިވި ލިންކުން ލިބޭނެއެވެ.  https://www.flydubai.com/en/plan/timetable

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ފޯބްސްގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް
ފޯބްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ރޭންކިންގއަކީ ބޭންކުތަކުގެ ހަމައެކަނި ބޮޑުމިނަށް ބަލައިގެން އެކުލަވައިލި ލިސްޓެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އެ ބޭންކެއްގެ މާލީ ހާލަތު ހުރިގޮތާއި، ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ހުރި މިންވަރު ވަޒަންކުރުމަށްފަހު އެކުލަވައިލި ލިސްޓެކެވެ. ބީއެމްއެލް މި ލިސްޓުގައި ހިމެނުމަކީ އެ ބޭންކުގެ މާލީ ދުޅަހެޔޮކަން ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލައިގަނެފައިވާ ކަމުގެ ހެއްކެކެވެ
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.