ގެދޮރުވެރިން ޕޯޓަލް
ހަބަރު
13 Oct 2022 | 09:48
"ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ހުށަހަޅާ ފޯމް ސަބްމިޓް ވިތޯ ޔަގީން ކުރަން އެދިއްޖެ!

ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ފޯމް ސަބްމިޓް ވެފައިވޭތޯ ޔަގީން ކުރުމަށް ޕްލޭނިންގ މިނިސްޓްރީން އެދިއްޖެއެވެ. 

ޕްލޭނިންގ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ޕޯޓަލް އިން ފޯމު ފުރާފައިވާ ފަރާތްތަކުގެ ތެރެއިން ޖޮއިންޓް އެޕްލިކޭޝަން (އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާފައިވާ އެޕްލިކޭޝަން) ގައި، ކޯ-އެޕްލިކަންޓުންގެ ގޮތުގައި ބައިވެރިވާ ބައެއް ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް އިޤުރާރު އެޕްރޫވް ނުކޮށް އޮތުމުގެ ސަބަބުން ފޯމު ސަބްމިޓް ނުވެ ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

އަދި އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަން ސަބްމިޓްވާނީ، އެ އެޕްލިކޭޝަނުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން އެފަރާތުގެ އީފާސް މެދުވެރިކޮށް ގެދޮރުވެރިން ޕޯޓަލްއަށް ވަދެ އެފޯމުގެ ބައިވެރިއެއްގެ ގޮތުގައި ހިމެނުމާމެދު އެފަރާތުގެ ކޮންސެންޓް ދިނުމުން ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ވުމާއެކު، ގެދޮރުވެރިން ޕޯޓަލްއަށް ވަދެ "ބައިވެރިވާ ފަރާތްތަކުގެ އިޤުރާރު" ގައިވާ "އާއެކޭ" ނުވަތަ "ނޫނެކޭ" ގެ ތެރެއިން ބޭނުންފުޅުވާ ގޮތެއް ޚިޔާރުކުރެއްވުމަށް މިނިސްޓްރީން އެދިފައިވެއެވެ. 

އަދި ފޯމު ސަބްމިޓް ކުރެވޭނެ އެންމެ ފަހު ވަގުތަކީ 15 އޮކްޓޯބަރ 2022 ވާ ހޮނިހިރު ދުވަހުގެ ރޭ 23:59 ކަމުގައިވާތީ އެވަގުތު ޖެހުމުގެ ކުރިން ފޯމު ހުށަހަޅުއްވާފައިވާ ހުރިހާ ފަރާތްތަކުންވެސް ހުށަހަޅުއްވާފައިވާ ފޯމުގެ ސްޓޭޓަސްގައި އިނީ “Submitted” ތޯ ޔަގީން ކުރުމަށްވެސް އެދިފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
ސާޅީސް ޖަމިއްޔާއާ އެކު ސަލަފުގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ މާދަމާ ރޭ ފަށަނީ
މި ހަފްތާ ބަންދުގައި މާލޭގައި ކުރިއަށް ދާ މި މަހާސިންތާގައި 40 ޖަމިއްޔާއަކުން މިހާތަނަށް ބައިވެރިވެފައިވެ އެވެ.
12 Aug 2026
ބައްޕަ މަރުވުމާ ގުޅިގެން މެސީގެ އަސަރުގަދަ ޕޯސްޓެއް
"އެއީ ހަމައެކަނި ބައްޕައެއް ނޫނެވެ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓައިދިން ފަރާތެވެ"
12 Aug 2026
ބީއެމްއެލްއިން ޓީޓީތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި
ބީއެމްއެލްއިން ބުނީ މި ނިންމުން ނިންމީ އެ ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓީޓީތަކުގެ އަދަދަށް ބެލުމަށް ފަހުގައި ކަމަށެވެ
12 Aug 2026
ނަޝީދު ގޮވާލެއްވުން: 10 ދުވަސްތެރޭ 19ރއަށް، މަސްދުވަސްތެރޭ 17ރއަށް ޑޮލަރުގެ އަގު ތިރިކުރޭ
އެއީ ކުރިއަށް އޮތް 10 ދުވަސްތެރޭ ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުން ކަމުގައި ވިދާޅުވި އެވެ.
12 Aug 2026
އުރީދޫ ޕީއެމްއެންސީ މޯލްޑިވްސް ފައިނަލްސްގައި 16 ޓީމަކުން ތަށްޓަށް ވާދަކުރާނެ
12 Aug 2026
ދައުލަތަށް ދަރިފުޅު ނެގި މައްސަލަ: އެކަން ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނެފި
އެ ކޮމިޝަނުން މިހެން ބުނީ އެ މައްސަލާގައި އެޗްއާރުސީއެމުން އެއްޗެއް ނުބުނާތީ އެތައް ބަަޔަކު ފާޑުކިޔުންް އަމާޒު ކުރުމުންނެވެ.
12 Aug 2026
މަހާއި ރިހާކުރު ކައްކާ އަދި ހަވާދު ހަދާ މީހުންނަށް ޒޯނެއް ކަނޑައަޅާ ފުރުސަތު ދެނީ
މިކަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
12 Aug 2026
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލު ރާއްޖެ އެތެރެކޮށްފި
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަނެއްގެ ނަކަލު (ފޯލްސިފައިޑް) ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ.