ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު-- ފޮޓޯ: ވޮއިސް
13 Oct 2022 | 13:22
ގުރައިދޫ މަރުކަޒާއި ގުޅޭ އެޗްއާރުސީއެމްގެ ރިޕޯޓުގައި ވަނީ މިހާރުގެ ހާލަތެއް ނޫން: މިއުވާން

ހިޔުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން، މި އަހަރުގެ މާރިޗު މަހުގެ 6 ން 8 ވަނަ ދުވަހަށް ކ. ގުރައިދޫގައި ހުންނަ ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކުރި މޮނިޓަރިންގ ޒިޔާރަތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓުގައި ވަނީ މިހާރު އެ މަރުކަޒުގެ ހާލަތު ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. 

އެޗްއާރުސީއެމްގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމާއި ގުޅޭ ގޮތުން އާއްމުން ކަނބޮޑުވުން ފާޅުކުރަމުންދަނިކޮށް، މިއުވާން މިއަދު "ވޮއިސް" އަށް މައުލޫތު ދެއްވަމުން ވިދާޅުވީ، އެ ރިޕޯޓަކީ މިއަހަރުގެ މާޗް މަހު ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރުމަށްފަހު އެކުލަވާލެވިފައިވާ ރިޕޯޓެއްކަމަށެވެ.

އަދި އެ ރިޕޯޓުގައިވާ ރެކޮމެންޑޭޝަނާ އެއްގޮތަށް ފިޔަވަޅުތައް އަޅާ، ބޮޑެތި ބަދަލުތަކެއް މިހާރު ގެނެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރިޕޯޓް އާއްމުކޮށްފައިވަނީ ބަދަލުތައް ގެނައި ފަހުންކަމުން، މިއީ މިހާރުގެ ހާލަތެއް ނޫން." މިއުވާން ވިދާޅުވިއެވެ. 

އެޗްއާރުސީއެމުން މާރިޗު މަހު ކުރި ޒިޔާރަތާއި ގުޅޭ ގޮތުން އެކުލަވައިލި ރިޕޯޓް އިއްޔެ އާއްމު ކޮށްފައިވާއިރު، އެ ރިޕޯޓުގައި ވާގޮތުން، ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާ ދޭތެރޭގައި ބައެއް ކެއަރވޯކަރުން (ބަލިމީހުން ބަލަހައްޓާ މުވައްޒަފުން) ލާއިންސާނީ އިހާނެތި ޢަމަލު ހިންގާކަމަށް މަރުކަޒު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުންނާއި، މަރުކަޒުން ބަލަހައްޓަމުންދާ ޢުމުރުން ދުވަސްވީ މީހުން މަޢުލޫމާތު ދީފައިވެއެވެ.

އަދި މަރުކަޒުން ފަރުވާ ހޯދަމުންދާ ބަލިމީހުންނާއި ދޭތެރޭގައި ހިނގާ ލާއިންސާނީ މިފަދަ ޢަމަލުތަކާ ގުޅޭގޮތުން ބަލިމީހުން ކުރާ ޝަކުވާތަކާ ގުޅޭ ލިޔެކިއުންތަކާއި މިފަދަ މައްސަލަތަކާ ގުޅޭގޮތުން މަރުކަޒުން ޢަމަލުކޮށްފައިވާ ގޮތެއް ލިޔެކިއުމުން ފެންނަން ނެތްކަންް އެ ކޮމިޝަނުން ލިޔެކިއުންތައް ބެލިބެލުމުން ފާހަގަކުރެވިފައިވާ ކަަމަށް އެ ރިޕޯޓްގައިވެއެވެ. 

މީގެ އިތުރުން، މަރުކަޒުގެ ގޯތިތެރެއާއި ގޯތީގެ ބޭރު މޮނިޓަރކުރުމަށް ކްލޯޒްޑް ސަރކިޓް ޓެލެވިޜަން (ސީ.ސީ.ޓީ.ވީ) ކެމެރާ ހަރުކޮށްފައިވީ ނަމަވެސް ވޯޑުތަކުގެ އެތެރެ ފެންނަގޮތަށް ކެމެރާ ނެތުމުގެ ސަބަބުންނާއި، މުވައްޒަފުން މަދުވުމުގެ ސަބަބުން ވޯޑުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަށީގެންވާގޮތަކަށް ބަލިމީހުން މޮނިޓަރކުރާނެ ގޮތެއްނެތުމުގެ ސަބަބުން މުވައްޒަފުންނަށް ބަލިމީހާ ފެންނައިރު އަނިޔާއެއް ލިބިފައިހުންނަ ފަހަރު ގިނަކަމަށާއި، ނަމަވެސް އަނިޔާ ލިބުނީ ކިހިނެއްކަން އެނގޭނެގޮތެއް ނެތްކަން ހާދިސާ ރިޕޯޓުތައް ބެލިބެލުމުން އެޗްއާރުސީއެމަށް ފާހަގަކުރެވިފައިވާ ކަމަށްވެސް އޭގައި ވެއެވެ. 

އަދި އެތަނުގައި ތިބޭ ބަލިމީހުން ޝަކުވާ ހުށަހެޅުމަށް ވަކި ޚާއްސަ ނިޒާމެއް މަރުކަޒުގައި އަދިވެސް ގާއިމުވެފައިނުވާކަމާއި، ނަމަވެސް މަރުކަޒުން ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް އަބަދުވެސް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޮންނަކަމަށާއި، އެގޮތުން ބަލިމީހުން ކެއަރ ވޯކަރުންނާއި، ސުޕަވައިޒަރުންނާ އަދި މަރުކަޒުގެ އިދާރީބައިގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޝަކުވާ ހުށަހެޅޭނެކަމަށް މިއަހަރުގެ ޒިޔާރަތުގައި މަރުކަޒު ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތަކުން މަޢުލޫމާތު ދީފައިވާ ކަމަށްވެސް ރިޕޯޓްގައިވެއެވެ. ނަމަވެސް ޝަކުވާ ހުށަހެޅުމުގެ ކަންކަން ލިޔެކިޔުމުން ބަލަހައްޓަމުންނުދާކަމަށް މުވައްޒަފުން ފާހަގަކޮށްފައިވާ ކަމަށް ވެއެވެ. 

އަދި މީގެ އިތުރުން މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނަށް ކެއުން ފޯރުކޮށް ދިނުމަށް މެނޫ ތަކެއް ހަދާފައިވާކަމާއި، ނަމަވެސް މެނޫގައިވާ ގޮތުގެ މަތިން ބަލި މީހުންނަށް ކެއުން ފޯރުކޮށް ނުދެވޭކަން ކޮމިޝަނުން ކުރި ޒިޔާރަތުގައި ވޯޑުތަކަށްދިޔަ ގަޑީގައި ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓްގައި ވެއެވެ. 

އެފަދަ އެތައް މައްސަލަތަކެއް ހުރި އިރު, އެކަން، ހައްލު ކުރުމަށް 6 ރިކޮމެންޑޭޝަނެއް ޖެންޑާ މިނިސްޓްރީ އަށް ވަނީ ހުށަހަޅާފައެވެ. އެއީ:

1- ކެއަރ ވޯކަރުންގެ މަސައްކަތްތަކާއި، ބަލިމީހުންގެ ކަންތައްތައް ހުރިނެތްގޮތް ބެލުމަށް ސުޕަރވައިޒަރުން ވޯޑުތަކަށް، މަރުކަޒުން ކަނޑައަޅާ އުޞޫލެއްގެ މަތިން ޤަވާއިދުން ޒިޔާރަތްކޮށް، ލިޔެކިއުމުން ބެލެހެއްޓުން.

2- ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުންނަށް ޤާނޫނު ނަންބަރު 2013/13( އެންޓި ޓޯޗަރ ޤާނޫނު) ގެ މަޢުލޫމާތު ހިމެނޭ ތަމްރީންތައް ގަވާއިދުން ފޯރުކޮށްދީ އެކަން ލިޔެކިޔުމުން ބެލެހެއްޓުން.

3- ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ބަލަހައްޓާ މީހުން، އެކަކު އަނެކަކަށް ކުރާ ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާގެ ޢަމަލުތައް ހުއްޓުވުމަށް ނިޒާމެއް ހަމަޖައްސައި، މި ޢަމަލުތައް ހުއްޓުވުމަށް އެޅުނު ފިޔަވަޅުތައް ލިޔެކިއުމުން ބަލަހައްޓަމުން ގެންދިއުން.

4- ރިޕޯޓު ހިއްސާކުރާތާ 1 އަހަރުގެ ތެރޭގައި، ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުން ދިރިއުޅޭ ވޯޑުތަކުގެ އެތެރެ މޮނިޓަރކުރެވޭގޮތަށް ކްލޯޒްޑް ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކޮށް، މަރުކަޒުން ކަނޑައަޅާ އުޞޫލެއްގެ މަތިން ޤަވާއިދުން މޮނިޓަރކޮށް ބެލެހެއްޓުން.

5- ރިޕޯޓު ހިއްސާކުރާތާ 6 މަސް ދުވަހުގެ ތެރޭގައި، މަރުކަޒުގެ ޞިއްޙީ ފަރުވާދޭ ބައިގައި މަސައްކަތްކުރާ މުވައްޒަފުންގެ މަޝްވަރާއާއެކު، ޚިދުމަތް ފޯރުކޮށް ދިނުމަށް ބޭނުންވާ މުހިއްމު ޞިއްޙީ ޢާލާތްތައް ޞިއްޙީ ފަރުވާދޭ ބަޔަށް ހޯދުން.

6- ރިޕޯޓު ހިއްސާކުރާތާ 6 މަސް ދުވަހުގެ ތެރޭގައި، ސްޕެޝަލިސްޓް ކޮންސަލްޓޭޝަންގެ ޚިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލްތަކާ މަޝްވަރާކޮށް ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް ޑޮކްޓަރު ލަފާދޭ ބަލިމީހުންނަށް އަވަހަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުން.


ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.