ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު-- ފޮޓޯ: ވޮއިސް
ހަބަރު
13 Oct 2022 | 17:01
ރާއްޖެއިން ބޭރުގައި ހުއްޓަސް ޝާހިދު އަންނަނީ މިނިސްޓަރު ކަމުގެ ޒިންމާ އަދާކުރައްވަމުން: މިއުވާން

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު، ރާއްޖެއިން ބޭރުގައި ހުންނެވި ނަމަވެސް، އެމަނިކުފާނު އަންނަނީ މިނިސްޓަރު ކަމުގެ ޒިންމާ އަދާކުރައްވަމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. 

ރައީސް އޮފީހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޝާހިދު އދ. ގެ އާއްމު މަޖިލީހުގެ ދައުރު ހަމަ ވުމުން ވެސް ރާއްޖެ ވަޑައިނުގަންނަވާ ހުންނަވާތީ، އެމަނިކުފާނު ރާއްޖެ ވަޑައިގެން ޒިންމާ ތަކާއި ހަވާލުވެވަޑައިގަންނަވާނީ ކޮންއިރަކު ތޯ ނޫސްވެރިއެއް ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، މިނިސްޓަރު ޝާހިދު ރާއްޖެ ވަޑައިގަންނަވާނެ ތާރީޚް ދަންނަވަން ނޭނގޭ ކަމަށެވެ. އެހެންނަމަވެސް، އަންނަ ހަފްތާ ތެރޭގައި ޝާހިދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ. 

މިއާއެކު މިއުވާން ވިދާޅުވީ، ރާއްޖެއިން ބޭރުގައި ހުންނެވި ނަމަވެސް، މިނިސްޓަރު އަންނަނީ ފޮރިން މިނިސްޓަރެއްގެ ޒިންމާ އަދާކުރައްވަމުން ކަމަށެވެ. އެގޮތުން ޔޫއެންޖީއޭގެ ރިޔާސަތުގެ ދައުރު ނިމި ވަޑައިގެންނެވުމަށްފަހުގައިވެސް، މިހާރު ކުރިއަށްދާ އާއްމު މަޖިލީހުގެ ހައި ލެވެލް ވީކް ގައި ރައީސުލްޖުމްހޫރިއްޔާ ގެ ފަރާތުންވެސް ބައިވެރިވެ ވަޑައިގެންނެވީ މިނިސްޓަރު ޝާހިދު ކަމަށް އޭނާ ވިދާޅުވިއެވެ. 

"އޭގެ ފަހުގައި އދ. ގެ ބައެއް ބައްދަލުވުން ތަކަށްފަހު، ޖަޕާންގެ ކުރީގެ ބޮޑުވަޒީރުގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ޓޯކިޔޯއަށްވެސް ވަޑައިގަތް. އަދި އޭގެ ފަހުގައި ރައީސުލްޖުމްހޫރިއްޔާ ގެ އަރިހުގައި ބަހްރައިންއަށްވެސް ވަޑައިގެންނެވި. އަދި އޭގެ ފަހުން އަޅުގަނޑުމެންނަށް ފެނިގެން މިދިޔަ، އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ރާއްޖެ ތަމްސީލް ކުރުމަށް، އިންތިހާބް ވެގެން ދިޔައިރު، އެކަމާ ގުޅޭ ބައްދަލުވުން ތަކުގައިވެސް ބައިވެރިވެ ވަޑައިގެންނެވި. ޒިންމާތައް އަދާ ނުކުރައްވަނީއެއް ނޫން. ޒިންމާ އަދާ ކުރައްވާ." މިއުވާން ވިދާޅުވިއެވެ. 

މިއުވާން ވިދާޅުވީ ރާއްޖެއިން ބޭރުގައި ހުންނަވައިގެންވެސް މިނިސްޓަރު ޝާހިދު ކުރައްވަމުންދާ ދަތުރުފުޅުތަކުގައި އެމަނުކުފާނު އަދާކުރައްވަމުން އެދަނީ ފޮރިން މިނިސްޓަރުގެ ޒިންމާ ކަމަށެވެ. 

ޝާހިދުގެ އާންމު މަޖިލީހުގެ ރިޔާސަތުގެ ދައުރު ހަމަވީ ސެޕްޓެމްބަރު 12 ގަ އެވެ. އަދި އދ. ގެ ރިޔާސަތުގައި ޝާހިދު ނިއު ޔޯކް ހުންނެވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވަޒީރުކަމުގެ މުސާރައިގެ އިތުރުން ދައުލަތުން ވަނީ އޭނާގެ ބައެއް ދަތުރުފުޅުތަކަށް ވެސް ހަރަދުކޮށްފަ އެވެ.
ވަޒީރަކު އެހެން ވަޒީފާއެއް އަދާކުރުން ގާނޫނު އަސާސީއިން މަނާކޮށްފައި ވަނިކޮށް ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމުގެ ގާނޫނީ ސައްހަކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ގާނޫނީ ވަކީލުން ހިމެނޭހެން، ބައެއް ފަރާތްތަކުން އޭރު ސުވާލުއުފެއްދެވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.