ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު--ފޮޓޯ/ވޮއިސް
ހަބަރު
13 Oct 2022 | 17:49
އަމާޒަކީ 41.5 ބިލިއަން ރުފިޔާގައި 2023 ވަނަ އަހަރުގެ ބަޖެޓް ހިފެހެއްޓުން: އަމީރު

ސަރުކާރުގެ އަމާޒަކީ 41.5 ބިލިއަން ރުފިޔާގައި 2023 ވަނަ އަހަރުގެ ބަޖެޓް ހިފެހެއްޓުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެެއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހަށް 2023 ވަނަ އަހަރުގެ ބަޖެޓް ގެ ގޮތުގައި ހުށަހަޅުއްވާނެ ކަމަށް އަންދާޒާ ކުރައްވަނީ ކިހާ ވަރެއްގެ ބަޖެޓެއްތޯ ނޫސްވެރިއެއް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ، ބަޖެޓްގެ އެންމެ ބޮޑު އަމާޒަކީ ފިސްކަލް ސްޓްރެޓެޖީއާއި އެއްގޮތަށް ބަޖެޓް ހުށަހެޅުން ކަމަށެވެ. 

"ފިސްކަލް ސްޓްރެޓެޖީގައި 2023 ވަނަ އަހަރަށް މަޖިލީހަށް އަޅުގަނޑުމެން ހުށަހަޅާނެ ބަޖެޓެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް. އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ 41.5 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުށަހަޅަން. އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. 

މިނިސްޓަރު އިބްރާހިމް އަމީރު 

އަމީރު ވިދާޅުވީ ޕޮލިސީ ލެވެލްގައި ކުރެވޭ މަޝްވަރާތަކާއި އެކުގައި އެ އަދަދަށްވުރެ ބަޖެޓް ކުޑަ ވުމަކީ ނުވަތަ ބޮޑު ވުމަކީވެސް ވެދާނެ ކަމަށެވެ. އެހެންނަމަވެސް، މިހާރުގެ އަމާޒަކީ 41.5 ބިލިއަން ރުފިޔާގައި ބަޖެޓް ހިފެހެއްޓުން ކަމަށް އަމީރު ވިދާޅުވިއެވެ.  

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް މިމަހުގެ 31 ވަނަ މަޖިލީހަށް ހުށަހަޅާނޭކަން ފިނޭންސް މިނިސްޓްރީ މިމަހު 8 ވަނަ ދުވަހު ވަނީ ހާމަކޮށްފައެވެ. 

އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، އޮފީސްތަކުގެ ބަޖެޓު އިވެލުއޭޓުކޮށް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިވަގުތު ކުރަނީ ދައުލަތުގެ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ އަޕްޑޭޓުތައް ބެލުމާއި، އެކަންކަން ފައިނަލްކުރުމުގެ މަސައްކަތްތައް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވާ ގޮތުގައި އަންނަ އަހަރު ބަޖެޓްގައި އަލަށް ހިމަނާނެ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރަމުންދާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.