ޕީއެންސީ ލީޑަރޝިޕްގެ ބައެއް ބޭފުޅުން
ހަބަރު
08 Aug 2025 | 16:02
ޢަބްދުއްރަހީމްގެ ރައްދެއް އައްބާސްއަށް; ޕީއެންސީ ޕީޖީ މާ ވަރުގަދަވާނެ

ވެރިކަންކުރާ ޕާޓީ، ޕީއެންސީ ޕީޖީގްރޫޕް ތެރޭގައި ބައިބައިވުން އޮތްކަމަށް ރައްޔިތުންގެ މަޖިލިހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު ރޭ ދެއްކެވި ވާހަކަތަކަށް ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަހީމް ޢަބްދުﷲ މިއަދު ރައްދު ދީފި އެވެ.

އެމްޑީއޭގެ މެމްބަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައިި ޕީ.އެން.ސީ ގެ 13 ނުވަތަ 14 މެންބަރުން ގޮޑި ގެއްލުނަސް ހެޔޮކަމުގައި އެ ޕާޓީއާ ފެއަށް ޖެހިލައި ރައްޔިތުންގެ ފަޅިއަށް އެރުމަށް ތައްޔާރުވެފައިވާކަމަށެވެ.  އެގޮތުން އިއްޔެ ބޭއްވުނު ޕީއެންސީ ޕީޖީ ގްރޫޕް ގެ ބައްދަލުވުމުގައި މެންބަރުންގެ ކަންބޮޑުވުންތަށް ބަންޑުން ކޮށްލާފައިވާ ކަމަށް އައްބާސްގެ ވާހަކާގައި ފާހަގަ ކުރެއްވި އެވެ.

މިކަމާ ގުޅިގެން ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް އަބްދުﷲ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވަނީ އައްބާސްގެ ވާހަކަތައް ދޮގުކުރައްވާފައެވެ. އަދުރޭ ވިދާޅުވީ، އައްބާސް އެ ވިދާޅުވާ ބައްދަލުވުމުގައި އެމަނިކުފާނުވެސް ހުންނެވި ކަމަށާއި، އައްބާސްގެ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފްވާހަކަތަކެއް ކަމަށެވެ. އަދުރޭ ވިދާޅުވީ އެގޮތަށް ފަތުރާ ދޮގު ޚަބަރުތަކުން ބައިބައިވާ ވަރަށްވުރެ ޕީއެންސީގެ ޕީޖީ މާ ވަރުގަދަވާނޭކަމަށެވެ.

އައްބާސްގެ ވާހަކަތަކާ ގުޅިގެން ޕީއެންސީގެ މެމްބަރުންދަނީ އައްބާސްގެ ވާހަކަތައް ކުށްވެރިކުރަމުންނެވެ.

އައްބާސް ރޭ ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ، ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވެފައި ސަރުކާރުން މިހާރު ކަންކަމުގައި ގެންގުޅެމުންދާ ސިޔާސަތުތަކަށް އެބޭފުޅުން ތާއީދު ނުކުރަށްވާކަމަށާއި، ރ.މުއިއްޒު ދެކިލައްވާ ގޮތުގައި ރައްޔިތުންގެ މަޖުލީސް މެންބަރުންނަކީ އެއްވެސް ބައެއް ނޫންކަމަށެވެ. އެގޮތުން ކަންކަމުގައި މެމްބަރުންނާ މަޝްވަރާވެސް ނުކުަރައްވާކަމަށް އައްބާސްގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ޢަހްމަދު
ކޮބާ ރައްޔިތުންގެ ފަޅިއަކީ
08 Aug 2025
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.