އިދިކޮޅުގެ މުޒާހަރާގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
13 Oct 2022 | 23:29
އިދިކޮޅުގެ މުޒާހަރާގެ ތެރެއިން 4 މީހުން ހައްޔަރުކޮށްފި

މަސްވެރިންނަށް ވީ ވައުދުތައް މި ސަރުކާރުން ނުފުއްދާތީ އިދިކޮޅުން ކުރިއަށް ގެންދިޔަ މިޒާހަރާގެ ތެރެއިން 4 މީހުން ހައްޔަރުކޮށްފިއެެވެ. 

އިދިކޮޅުން މުޒާހަރާ ފަށާފައިވަނީ މިރޭ 9:00 ގައި ޕީޕީއެމް އޮފީސް ދޮރުމަތިންނެެވެ. 

ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި އެ މުޒާހަރާ ފެށުނުތާ މާގިނައިރެއް ނުވަނީސް މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން ޕީޕީއެމްގެ 4 ޒުވާނުން ހައްޔަރުކޮށްފައިވާކަން އިދިކޮޅުން ވަނީ ހާމަކޮށްފައެވެ. 

މިރޭގެ މުޒާހަރާ ރޫޅާލުމަށްވެސް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ. 

މަސްވެރިންގެ ހައްގުތަށް ކަށަވަރުކޮށްދިނުމަށް ގޮވާލާ އިދިކޮޅުން ދަނީ ސިލްސިލާގޮތެއްގައި މުޒާހަރާކުރަމުންނެވެ. އެގޮތުން މި ހަފްތާގައި އިދިކޮޅުން ވަނީ މާލޭ މާރުކޭޓު ސަރަހއްދުގައިވެސް އެފަދަ މުޒާހަރާއެއް ކުރިއަށް ގެންގޮސްފައެވެ. 

އެ ދުވަހުގެ މުޒާހަރާވެސް ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލާފައިވާއިރު، މުޒާހަރާގެ ބައިވެރިންނަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.