ހަބަރު
14 Oct 2022 | 13:17
ގިނަ ފަހަރަށް ނުބައި ކަންކަމުގެ އަވާގައި ޖެހެނީ ރަހުމަތްތެރިންގެ ސަބަބުން: ޚުތުބާ

ރަހުމަތްތެރިކަންގެ ފަރާތުން ކުރާ ހެޔޮ ކަންތައްތަކުގެ އަސަރަށްވުރެ ނުބައި ކަންތައްތަކުގެ އަސަރު ޢާއްމު ގޮތެއްގައި މާ ވަރުގަދަ ކަމަށާ، ގިނަ ފަހަރަށް ނުބައި އަމަލުތަކުގެ އަވާގައި ޖެހެނީ ރަހުމަތްތެރިންގެ ސަބަބުން ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 

ހެޔޮލަފާ ރަހުމަތްތެރިން ޚިޔާރު ކުރުމުގެ މުހިއްމުކަމަށް އަލި އަޅުވާލައި މިއަދު އިއްވި ޚުތުބާގައި ބުނީ، ތެދުވެރި ރަހުމަތްތެރިން ޚިޔާރު ކުރުމަކީ އިސްލާމްދީން އެކަމަކަށް ގޮވާލައި އަދި ބާރު އަޅުއްވާކަމެއް ކަމަށެވެ. އަދި އެފަދަ ރަހުމަތްތެރިކަން ގާއިމްކޮށް މާތް ﷲ އަށްޓަކައި އެކަން ދެމެހެއްޓުމަށް އިސްލާމްދީން ގޮވާލާކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. 

"މާތް ﷲ ގެ ހިޔާވަހިކަން ނޫން ހިޔާވަހިކަމެއް ނުވާނެ ދުވަހުގައި، ހަތް ބައެއްގެ މީހުންނަށް އެކަލާނގެ އެކަލާނގެ ޢަރުޝީގެ ހިޔާވަހިކަން ދެއްވާނެއެވެ. މި ހަތް ބައިގެ ތެރޭގައި ހިމެނޭ އެއް ބަޔަކީ މާތް ﷲ އަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވާ މީހުންނެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

މިއާއެކު ޚުތުބާގައި ބުނީ، މާތް ﷲ ގެ ވަޖުހުފުޅައްޓަކައި ލޯބިވާ މީހާއަކީ އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަންނަ މީހަކަށް ވާންޖެހޭ ކަމަށެވެ. އަދި މީހަކު ދެކެ ލޯބިވާ ނަމަ ލޯބިވާން ޖެހޭނީ މާތް ﷲ ގެ ވަޖުހުފުޅައްޓަކައި ކަމަށާ، އަދި ނަފްރަތު ކުރާނަމަ ނަފްރަތު ވެސް ކުރަންވާނީ އެކަލާނގެ ވަޖުހުފުޅައްޓަކައި ކަމަށް ޚުތުބާގައި ބުންޏެވެ.  

"މީހެއްގެ ފަރާތުން ލިބިދާނެ ފައިދާއަށްޓަކައި، ނުވަތަ މީހެއްގެ ކިބައިގައި ހުރި މޮޅުކަމަކަށްޓަކައި އެމީހެއްގެ ދެކެ ލޯބިވުމަކީ އެހެން ބާވަތެއްގެ ރަހުމަތްތެރި ކަމެކެވެ. މާތް ﷲ ގެ ވަޖުހުފުޅައްޓަކައި މީހަކު ލޯބިވާ ލޯބިވުމުގެ ނަތީޖާ ފެންނާނީ އެކަމުގައި ހުރި އިޚްލާޞްތެރި ކަމުގެ ސަބަބުންނެވެ. މާތް ﷲ އަށްޓަކައި ލޯބިވާ ދެ އެކުވެރިން ތިބޭނީ، މާތް ﷲ ހިމާޔަތާއި ރައްކާތެރިކަމުގައެވެ." ޚުތުބާގައި ބުނެފައިވެއެވެ.  

މިއާއެކު ޚުތުބާގައި ބުނީ، ރަޙްމަތްތެރިކަމުގެ ގުޅުމަކީ ވަރަށް ވަރުގަދަ، ވަރަށް ނުފޫޒުގަދަ ގުޅުމެއް ކަމަށެވެ. އެހެންކަމުން ރަޙްމަތްތެރީން އިޚްތިޔާރު ކުރާއިރު، ޚުލްޤު ހެޔޮ ރަނގަޅު މީހުން ނޫނީ އިޚްތިޔާރުކޮށްގެން ނުވާނެ ކަމަށެވެ. އަދި މިޒާޖުގައި ރަޙުމަތްތެރިންނާއި، އެކުވެރިން ކޮޕީކުރާގޮތް ހުންނަ ކަމަށާ، އެކަކުގެ ނުބައި އަޚްލާޤުން އަނެކާއަށް ނުބައި އަސަރު ފޯރުވާ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ. 

"އަހިވަކާއިޖެހި، އަހިވައް ފާވާ ގޮތަށެވެ. ހެޔޮ ކަންތައްތަކުގެ އަސަރަށްވުރެ ނުބައި ކަންތައްތަކުގެ އަސަރު ޢާއްމު ގޮތެއްގައި މާ ވަރުގަދައެވެ. ވަރަށް ގިނަ ފަހަރަށް ސިނގިރެޓް ބުއިން ފަދަ. ނުބައި ޢަމަލުތައް ދަސްވަނީ ތިމާގެ ރަޙްމަތްތެރިޔާގެ ކިބައިންނެވެ. މަސްތުވާތަކެތީގެ ދަލުގައި ޖެހެނީ، ރަޙްމަތްތެރީންގެ ސަބަބުންނެވެ. އިސްލާމްދީން މަނާކުރާ، ފާޙިޝް ޢަމަލުތަކުގެ އަވައިގާ ޖެހެނީ ރަޙްމަތްތެރީންގެ ސަބަބުންނެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ފޯބްސްގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް
ފޯބްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ރޭންކިންގއަކީ ބޭންކުތަކުގެ ހަމައެކަނި ބޮޑުމިނަށް ބަލައިގެން އެކުލަވައިލި ލިސްޓެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އެ ބޭންކެއްގެ މާލީ ހާލަތު ހުރިގޮތާއި، ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ހުރި މިންވަރު ވަޒަންކުރުމަށްފަހު އެކުލަވައިލި ލިސްޓެކެވެ. ބީއެމްއެލް މި ލިސްޓުގައި ހިމެނުމަކީ އެ ބޭންކުގެ މާލީ ދުޅަހެޔޮކަން ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލައިގަނެފައިވާ ކަމުގެ ހެއްކެކެވެ
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.