އިހަވަންދޫގައި އޮތް މަވެސް ޕީޕީއެމް ޖަލްސާގައި ރައީސް ޔާމީން ވާހަކަދައްކަވަނީ
ހަބަރު
16 Oct 2022 | 05:26
އަޅުގަނޑަކީ ރިއެކްޓު ކުރާ މީހެއް، ރައްޔަތުން ކަމަކު ބުނީމަ 3 ދުވަސް ވަންދެން ނިދާކަށް ނޯވެވޭ: ރައީސް ޔާމީން

ރައްޔިތުންނަށް ދަތިވެފައިވާ ކަންކަމުގެ ވާހަކަ ހިއްސާކުރުމުން، އެކަން ހައްލުކޮށްނުދީ ރިއެކްޓު ނުކޮށް ހުންނަވަން ދަތިފުޅުވާކަމަށް ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ. 

"މަވެސް ޕީޕީއެމް" ގެ ނަމުގައި އިހަވަންދޫގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ވަރަށް ގިނަ މަސްއޫލިއްޔަތުތަކެއް ކޮނޑުގައި އަޅުއްވައިގެން ރައްޔިތުންގެ ޝަކުވާތައް ހުންނާނެކަން ދަނެގެން އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަގާމެއްކަމަށެވެ. 

އެހެންކަމުން އެ މަގާމު އަދާކުރައްވާއިރު، އެމަނިކުފާނު ކަންކަމުގައި ރިއެކްޓު ކުރައްވާނެކަމަށާއި، އަދި ރައްޔިތުންނަށް ދަތިވެފައިވާ ކަންކަމުގެ ވާހަކަ ހިއްސާކުރެއްވުން ރިއެކްޓު ނުކުރައްވާ 3 ދުވަސް ވަންދެން ނިދިކުރައްވާފައި އޮންނަވާ ބޭފުޅަކުކަމުގައި އެމަނިކުފާނު ނުވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

"އަޅުގަނޑަކީ ރިއެކްޓު ކުރާ މީހެއް، އެހެންވީމަ ރައްޔިތުންގެ ޝަކުވާ އައިމަ ތިން ދުވަސް ވަންދެން ނިދާލާކަށް ނޯވެވޭ އަޅުގަނޑަކަށް"

ރައީސް ޔާމީން 

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ރައީސް ސޯލިހު ކަންކަމުގައި ގޮތް ނިންމާލެއް ލަސްކަމުން، ރައްޔިތުންނަށް އޭގެން ދަތިތަކާއި ކުރިމަތިވާކަން ފާހަގަކުރައްވާ ފާޑުވިދާޅުމަށެވެ. 

ރައީސް ސޯލިހުއަށް ބޮޑު ކަމެއް ދިމާވިޔަސް ރިއެކްޓު ނުކުރައްވާކަމަށާއި، އަދި އެކަމާއި އެއްޗެއް ވިދާޅުވުމުގެ ބަދަލުގައި މީހާ ހަޖެހެންދެން ނިދިކުރައްވާކަމަށް ފަސްޓް ލޭޑީ ފަޒުނާ އަހުމަދު ވަނީ ވިދާޅުވެފައެވެ. އަދި އެއީ އެމަނިކުފާނުގެ ތަބީއަތުގައި ހުންނަ ސިފައެއްކަމަށް އެކަމަނާ ވިދާޅުވެފައިވެއެވެ. 

އެހެން ނަމަވެސް ރައީސް ޔާމީންގެ ވާހަކައިގައި ވަނީ ރައީސްޖުމްހޫރިއްޔާ އަދާކުރައްވާ މަސްއޫލިއްޔަތު ތަކަކީ ވަރަށް ބުރަ މަސްއޫލިއްޔަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ކަންކަމުގައި ރިއެކްޓުކުރުން ލަސްކުރައްވާނަމަ، އޭގެ ސަބަބުން ރައްޔިތުންނާއި ގައުމަށް ބޮޑެތި ގެއްލުންތަކެއް ވެގެން ދިއުމަކީވެސް އެކަށީގެންވާކަމެއްކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ. 

ވެރިކަމަށް އަންނަންވާނީ ވެރިކަމުގެ ހުރިހާ މަސްއޫލިއްޔަތުތަކެއް އަދާކުރެއްވުމަށް ނަފްސު ތައްޔާރުކޮށް، އެ މަސްއޫލިއްޔަތުގެ ހުރި ބުރަދަން އެނގިލައްވައިގެން ރައްޔިތުންނަށް ޚިދުމަތް ކުރެވޭނެކަމުގެ ޔަގީންކަމާއި އެކުގައިކަން އެމަނިކުފާނުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.