ރައިސް ޔާމީން އިހަވަންދޫ ޖަލްސާގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
16 Oct 2022 | 08:54
ތެލުގެ އަގު ބޮޑުވިޔަސް 20 ރުފިޔާއަށް މަސް ކިލޯއެއް ގަންނާނަން: ރައީސް ޔާމީން

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެގެން ދިޔަ ނަމަވެސް މަސް ކިލޯގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނޫން އަގެއްގައި ހިފަހައްޓާނެކަމުގެ ޔަގީންކަން ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ދެއްވައިފިއެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕީޕީއެމް ނިކުންނައިރު، އެމީހުން ތައްޔާރު ކުރާ މެނިފެސްޓޯގެ ދެވަނަ ޗެޕްޓަރު ޚާއްސަކޮށްފައިވަނީ މަސްވެރިންނަށެވެ. 

އެ މެނިފެސްޓޯގައި ހުރި ބައެއް ކަމަކަށް އިހަވްންދޫގައި އޮތް ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ އަލިއަޅުވާލައްވާފައެވެ. 

އެގޮތުން އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި މަސްވެރިކަމުގެ ސިނާއަތު އޭގެ ހައްގު މަގާމަށް ރުޖޫއަކުރުމަށް ގިނަ ވިސްނުންފުޅުތަކެއް ގެންގުޅުއްވާކަމަށެވެ. އަދި ޔަގީނުންވެސް މިހާރަށްވުރެ ފަހި ގޮތްތަކެއް މަސްވެރިންނާއި މަސްވެރި އާއިލާތަކަށް ހޯއްދަވާދެއްވާނެކަމަށް ރައީސް ޔާމީން ވަނީ ވައުދުވެވަޑައިގެންފައެވެ. 

މިއަދު މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ނުވަތަ ނުތަވަސްކަމަކީ މަސްވެރިން ބާނާ މަސްކޮޅު ކިރޭނެ އިންތިޒާމެއް ނެތުމުގެ އިތުރުން ބާނާ މަހަށް ހަމަ އަގު ނުލިބޭ މައްސަލަކަން މަސްވެރިން ފާހަގަކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

އެވާހަކައާއި ގުޅުވާ އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި މަސްވެރިން ބާނާ މަސް، މިހާރަށްވުރެ ރަނގަޅު އަގެއްގައި ކިރާނެކަމުގެ ޔަގީންކަން ދޭކަމަށެވެ. ދުނިޔޭގެ ތެލުގެ ބާޒާރުގައި ބަދަލވަމުންދާ އަގުތައް ކޮންޓްރޯލު ނުކުރެވުނު ނަމަވެސް އަދި ތެލުގެ އަގު ބޮޑުވި ނަމަވެސް ޕީޕީއެމްގެ ވެރިކަމެއްގައި މަސްވެރިން ބާނާ މަސް ކޮލޯއެއްގެ އަގު 20 ރުފިޔާގައި ހިފަހައްޓަވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

"ﷲ ގެ ރަހުމަތާއެކީ، އިރާދަކުރެއްވިއްޔާ މަސްކިރާ އަގު 20 ރުފިޔާއަށް ވުރެ ތިރިއެއް ނުކުރާނަން. އެއީ ބޭރުގަ ތެޔޮ ވިއްކާ އަގު މިހާ ބޮޑުކޮށް އޮތިއްޔާ. ތެލުގެ އަގުތަކަށް ބަދަލު އައިސްފިކަމަށް ވާނަމަ، މަހުގެ އަގުތައް ރިވައިޒް ވާނެ، މިއަށް ވުރެ މައްޗަށް ދާނެކަމަށް އުންމީދުވެސް ކުރެވޭ. މިއީ ވަސްވެރިންނަށް އަޅުގަނޑު ދަންނަވާ ވައުދެއް"

ރައީސް ޔާމީން 

ރައީސް ޔާމިންގެ ވާހަކަފުޅުގައި ވަނީ އިހަވަންދޫގެ މަސްވެރިކަން ފުޅާކުރުމަށް އެރަށުގައި ކުރައްވަން ގަސްދުކުރައްވާ މަޝްރޫއުތަކަށްވެސް އަލިއަޅުވާލައްވާފައެވެ. 

އެގޮތުން އެމަނިކުފާނު ވިދާޅުވީ، ދެން ޕީޕީއެމްއަށް ލިބޭ ވެރިކަމެއްގައި، އެންމެ ފުރަތަމަ އައިސް ޕްލާންޓު އަޅާ އަދި ތެޔޮ ލިބޭނެ ގޮތް ހަދާކަމުގައިވާނަމަ، އެއް ރަށަކަށް އިހަވަންދޫ ވާނެކަމަށެވެ. 

"އިހަވަންދޫގެ މަސްވެރިންނަށް އިހަވަންދޫއިން ޑީސަލް ލިބޭނެ ގޮތް، އަޅުގަނޑުމެންގެ ސަރުކާރެއްގައި ކުރާނަން އެކަން. އަދި ހަމަ އެގޮތަށް އިހަވްނދޫގެ މަސްވެރިންނަށް އައިސް ލިބޭނީ ހަމަ އިހަވަންދޫއިން، އިހަވަންދޫގެ މަސްވެރިން ނުޖެހޭނެ ފެލިވަރަކަށް ދާކަށް، އިރާދަކުރެއްވިއްޔާ މިކަން އަޅުގަނޑު ކުރާނަން" 

ރައީސް ޔާމީން 

ރައީސް ޔާމީން ވަނީ މަސްވެރިން މާޔޫސްނުވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި މަސް ދޯނިތައް ބަންނަވާ ފަރާތްތަކުންވެސް އެ މަސައްކަތް ކުރުމަށް އެމަނިކުފާނު އެދިލައްވާފައިވެއެވެ. 

ޕީޕީއެމްގެ ވެރިކަމެއްގައި މަސްވެރިކަމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދޭނެ ވާހަކައަކީ ހަމައެކަނި މަސްވެރިންގެ ވޯޓުގެ ބޭނުމުގައި ދައްކާ ވާހަކައެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތަކީ ދިވެހިންނަށް މާތްﷲ ލައްވާފައިވާ ނިއުމަތެއްކަމަށް ހިތުގެ އަޑިން ގަބޫލުކުރާ ހާލު، މި ސިނާއަތު އޭގެ ހައްގު މަގަށް ގެންދިއުމަށް ޕީޕީއެމުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

އޭގެ އިތުރުން މަސްވެރިންގެ މެނިފެސްޓޯ އެކުލަވާލާއިރު، އެމަނިކުފާނަށް މަސްވެރިންގެ ފަރާތުން ހުށައަޅުއްވާ ކަންކަމަށް މަރުހަބާ ދަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.