ޑުއޯ ފާމާ އިން އުފައްދާ އެލާސިން އައި ޑްރޮޕްސް
ހަބަރު
16 Oct 2022 | 14:47
މެލޭޝިޔާ އިން އެތެރެކުރި ލޮލަށް އަޅާ ބޭހެއްގައި ޑިފެކްޓެއް ހުރުމުން ސަމާލުވާން އަންގައިފި!

މެލޭޝިއާގެ ކުންފުންޏަކުން އުފައްދާ ލޮލަށް އަޅާ ބޭހެއްގައި ޑިފެކްޓެއް ހުރުމާއި ގުޅިގެން އެ ބޭހާއި މެދު ސަމާލުވުމަށް ފޫޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ. 

އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ، މެލޭޝިޔާގެ ކުންފުންޏެއް ކަމަށްވާ ޑްއޯފާމާ ( Duopharma M Sdn . Bhd ) އިން އުފައްދާ ލޮލަށް އަޅާ ބޭހެއް ކަމަށްވާ އެލާސިން އައި ޑްރޮޕްސް (Allersine eye drops) ގެ ބެޗް ނަންބަރު 200230L, 200827L, 193033L, 200608L, 200607L, އާއި 200825L ގައި ޑިފެކްޓެއް ހުރި ކަމަށް މެލޭޝިއާގެ ޑްރަގް ރެގިއުލޭޓަރީ "ނޭޝަނަލް ފާމަސޫޓިކަލް ރެގިއުލޭޓަރީ އެޖެންސީން އެ އޮތޯރިޓީ އަށް އަންގާފައިވާ ކަމަށެވެ. 

އަދި އެ ބެޗް ތަކުގެ ތެރެއިން ދެ ބެޗެއް ( 193033L، 200607L) ރާއްޖެއަށް ފޯރުކޮށްދީފައިވާ ކަމަށްވެސް އެ އެލާޓްގައި ބަޔާން ކޮށްފައިވާ ކަމަށް އެ އިއުލާނުގައި ވެއެވެ. 

މީގެ އިތުރުން އެ އިއުލާނުގައި ބުނީ، އެ ބޭހަކީ އެ އޮތޯރިޓީގައޮ ރެޖިސްޓްރީ ކޮށް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމުގެ ލިސްޓުގައި ހިމެނޭ ބޭހެއް ކަމަށް ވުމާއެކު، އެ ބޭސް ރަޖިސްޓްރީ ކޮށްފައިވާ ފަރާތާއި ގުޅިގެން އެ އޮތޯރިޓީން އެ ބޭހުގެ އެ ބެޗްތައް މާކެޓުން ނަގަމުން ގެންދާނެ ކަމަށެވެ. 

އަދި އެ ބޭސް ބޭނުންކުރާ ފަރާތްތަކުންވެސް ބޭހުގެ އެ ބެޗުގެ ބޭސް ބޭނުން ނުކުރުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ. 

މިއާއެކު އެ ޢިއުލާނުގައި ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް އެތެރެ ކުރާއިރު، ޚާއްސަ ސަމާލުކަމެއްދީގެން ޕޯޓްތަކުގައި ބަލައި ފާސްކުރަމުން ގެންދާނެ ކަމަށެވެ. އަދި މި ބޭސްތަކާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަމްބަރު 7200321 ގުޅައިގެން މައުލޫމާތު ހިއްސާ ކުރުމަށްވެސް އެދިފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.