ރައީސް ޔާމީން ކެލާ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
17 Oct 2022 | 05:47
ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ފުރިހަމަ ބާރު ރައްޔިތުންނަށް ދޭނަން: ރައީސް ޔާމީން

ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ފުރިހަމަ ބާރު ރަށްތަކުގެ ކައުންސިލްތަކާއި ރައްޔިތުންނަށް ދެއްވާނެކަމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމް ރައީސް ޔާމީން އަބްދުލްގައްޔޫމު ވައުދުވެވަޑައިގެންފިއެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ މިހާރު އެމަނިކުފާނު ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި ހއ ކެލާގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. 

އެމަނިކުފާނު ވިދާޅުވީ މިހާރު ލޯކަލް ކައުންސިލްތައް ހިނގަމުންދާ ގޮތަށް ބަލާއިރު، އެއްވެސް ރަށަކަށް އެރަށެއްގައި އިގްތިސާދީ ކަންކަން ހިންގުމުގެ ބާރުވެރިކަން ލިބޭނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. 

"މިހާރު މި އޮތް ގޮތަށް އޮވެގެން އެއްވެސް ރަށަކުން ރަށުގެ ރައްޔިތުން ބޭނުންވެގެން އަދި އިގްތިސާދީ މަންފާއެއް ހޯދުމަށް ސިނާއީ މަސައްކަތް ކުރުމަށް ބިން ދެވޭނެ ގޮތެއް ނޯވޭ ރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދިފަ ނެތީމާ"

ރައީސް ޔާމީން 

ރަށްރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތް ކުރުމަށް ކައުންސިލްތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ލޭންޑް ޔޫސް ޕްލޭން ހަދައި އެ ޕްލޭން މައިސަރުކާރުން ފާސްކުރާ ގޮތަށް އޮންނަ އުސޫލުކަމަށް ރައީސް ޔާމިން ފާހަގަކުރެއްވިއެވެ. 

ރަށްތަކުން ލޭންޑް ޔޫސް ޕްލޭން ހަދުމަށްފަހު މައު ސަރުކާރަށް ފޮނުވުމުން، އެ ފާސްނުކޮށް އެތައް ދުވަހެއް ހޭދަވެގެންދާކަމަށާއި، އެކަމުގެ ސަބަބުން ކައުންސިލްތަކުން ބޭނުންވާ މުހިންމު އިގްތިސާދީ މަސައްކަތް ނުކުރެވި ދިގުލައިގެންދާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

އެކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ޕީޕީއެމްއަށް ދެވަނަ ދައުރެއް ލިބިއްޖެކަމަށް ވާނަމަ މައި ސަރުކާރުން ލޭންޑްޔޫސް ޕްލޭން ފާސްކުރަން އޮންނަ އުސޫލު ނައްތާލާ، ރައްޔިތުންނަށް އެ ބާރު ފުރިހަމައަށް ދެއްވާނެކަމަށެވެ. 

"އަޅުގަނޑުމެންގެ ސަރުކާރެއްގައި ކައުންސިލްތަކަށް ނޫނީ ރަށްރަށުގެ ރައްޔިތުން ބާރުވެރިކުރުމަށް ލޭންޑް ޔޫސް ޕްލޭނަކީ އެއްގޮތަކަށްވެސް ސަރުކާރުން، މައި ސަރުކާރުން ފާސްކުރާ އެއްޗެއްގެ ގޮތުގައި މިހާރު އޮންނަ އޮތުން ނައްތާލާނަން"

ރައީސް ޔާމީން 

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެ ރަށެއްގެ ބިން ބޭނުންކުރަންވާ ގޮތް ނިންމުމުގެ ފުރިހަމަ ބާރު އެ ރަށެއްގެ ރައްޔިތުންނަށް ލިބެންޖެހޭކަމަށެވެ. 

ރަށަށް ބޭނުންވާ އުމްރާނީ ކަންކަމާއި އެ ބޭނުންވާ މިންވަރާއި، އެ ރަށަށް ބޭނުންވާ ތަރައްގީގެ ކަންކަން ނިންމުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ރައްޔިތުންނަށް ލިބެންވާނެކަމަށާއި، ޕީޕީއެމްގެ ވެރިކަމެއްގައި ރަށްރަށުގެ ބިން ބޭނުންކުރަންވީ ގޮތުގެ ފުރިހަމަ ބާރުވެރިކަން ރައްޔިތުންނަށް ދެއްވާނެކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.