އިމްތިޔާޒު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
17 Oct 2022 | 12:24
ދިރާސާ ނުކޮށް ސަރުކާރުން ބިލު ފޮނުވާތީ އިމްތިޔާޒް ފާޑުވިދާޅުވެއްޖެ!

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށައަޅާއިރު، ދިރާސާނުކޮށް ބިލުތައް ފަރުމާކުރަމުންދާކަން ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ(އިންތި) ފާޑުވިދާޅުވެއްޖެއެވެ. 

ސަރުކާރުން މަޖިލީހަށް ބިލުތައް ފޮނުވާއިރު، އެކަށީގެންވާ ދިރާސާތަކެއް ނުކުރައްވާކަން ފާހަގަކުރައްވާ އިންތިގެ ފާޑިކިޔުން އަމާޒުކުރައްވާފައިވަނީ ސަރުކާރުގެ ފަރާތުން ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ގާސިމް ހުށައަޅުއްވާފައިވާ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ. 

އެ ބިލަށް ބަހުސްކުރައްވަން ފައްޓަވަމުން އިންތި ވިދާޅުވީ މީގެކުރިންވެސް އެ ބިލަށް ބަހުސްކުރައްވަމުން ފާހަގަކުރި ގޮތަށް އެ ބިލުގައި ވާ އުސޫލީ މައްސަލަ އެ ގޮތަށް އޮތްކަން ފާހަގަކުރައްވާކަމަށެވެ.

އިންތި ވިދާޅުވީ ސަރުކާރުން މި ބިލު ފިނުއްވަވާ ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއަށް އައުމުގެ މަގުމަތީގައި ވަނިކޮށް އެ ބިލަށް އިތުރު އިސްލާހެއް ފޮނުވުމަށް އޭޖީ އޮފީހުން މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އެގޮތުން ފަނޑިޔާރުންގެ ޕެންޝަނާއި، ފަނޑިޔާރުން މުސްކުޅިކުރައްވާނެ އުމުރާއި ގުޅިގެން އެ ބިލަށް އިސްހާލުތަކެއް ގެނައުމުގެ މަސައްކަތް އޭޖީ އޮފީހުން ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އިންތި ވިދާޅުވިއެވެ. 

ބިލެއް ފޮނުވާއިރު އެކަށީގެންވާ ދިރާސާތައް ނުކޮށް، ކަމާ ގުޅުންހުރި އިދާރާތަކާއި މަޝްވަރާ ކުރުމެއްނެތި ބިލު ފަރުމާކުރުމަށްފަހު، ހުށައަޅާ، އަނެއްކާ އެ ބިލަށް އިތުރު ކަންތައްތަކެއް ހިމެނުމަށް އިތުރު އިސްލާހުތައް ގާތް ގާތުގައި ފޮނުވާނަމަ. މަޖިލީހުގައި އެ ބިލަކާއި ގުޅިގެން ވާހަކަދައްކާ، ބަހުސްކުރައްވާނެ ގޮތެއް އެނގިވަޑައި ނުގަންނަވާކަމަށް އިންތި ވިދާޅުވިއެވެ. 

އެގޮތުން ސަރުކާރުން ފޮނުވާ ބިލެއް ދިފާއުކޮށް ވާހަކަދައްކަންވެސް އެނގޭނީ، ސަރުކާރުން އެ ފޮނުވި ބިލަކީ ރަނގަޅު ބިލެއްކަންވެސް ކަށަވަރުވެގެންކަމަށް އިންތި ވިދާޅުވިއެވެ. 

"ބިލު ދިފާއުކުރަން އެނގޭނީ އެ ބިލު މިހާރު ފޮނުވާފައި އޮތް ގޮތް ރަނގަޅުކަމަށް ޔަގީންވާނަމަ ތާ، އަޅުގަނޑުމެންނަށް ދިފާއުކުރަން އެނގޭނީ. އެހެން ނަމަވެސް އެ ވިދާޅުވަނީ އެ ބިލަށްވެސް އިސްލާހު އެބަ ފޮނުވަމޭ، ބިލު އަދި އެޖެންޑާއަށް އައުމުގެ މަގުމަތީގައި ވަނީ"

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް

އިންތި ގެ ވާހަކައިގައި ވަނީ ސަރުކާރުން މަޖިލީހަށް ބިލު ފޮނުވަނީ ކަމާ ގުޅުންހުރި އިދާރާތަކާއި މަޝްވަރާ ކުރުމެއް ނެތި ތޯ އައްސަވާފައެވެ. 

ސަރުކާރުން މި ގޮތަށް ބިލު ފޮނުވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ އެތައް ވަގުތުތަކެއް، އަދި މެމްބަރުންގެ ހަކަތަ ބޭކާރުވެގެންދާކަމަށް އިންތިގެ ވާހަކައިގައި ވަނީ އިޝާރާތްކުރައްވާފައެވެ. 

ސަރުކާރުން ބިލުތައް ފޮނުވާއިރު ދިރާސާ ނުކުރައްވާކަން ފާހަގަކުރައްވާ އިތުރު މިސާލެއްވެސް އިންތި ވަނީ ހިއްސާކުރައްވާފައެވެ. 

އިންތި ވިދާޅުވީ ޚާރިޖީ ކަންކަމާއި ގުޅޭ ބައެއް އަމަލުތަކަކީ ޖިނާއީ ކުށަކަށް ހެދުމަށް ސަރުކާރުން ބިލެއް ހުށައަޅުއްވާފައިވާއިރު، ކަމާ ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކޮށްފައި ނުވާކަން ކޮމެޓީ މަރުހަލާގައި ބިލު ދިރާސާ ކުރިއިރު ފާހަގަކުރެވިފައިވާކަމަށެވެ. 

އެގޮތުން ސަރުކާރުން އެ ބިލު ފޮނުވުމުގެ މަގްސަދުގައި ބަޔާންކޮށްފައި ހުރި ކަންކަން ފޮރިން މިނިސްޓްރީއަށް ފަހުމުވެސް ނުވާކަން އެ ބިލާ ގުޅޭގޮތުން ކޮމެޓީ މަރުހަލާގައި ފޮރިން މިނިސްޓްރީއާއި ސުވާލުކުރުން ބުނެފައިވާކަމަށް އިންތި ވިދާޅުވިއެވެ. 

"ފޮރިން މިނިސްޓްރީއިން ވިދާޅުވީ ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ އެ ބިލުން، އެ ހާސިލްކުރަން އެ އުޅޭ މަގްސަދު ހާސިލްވުމަށްޓަކައި އޭގައި ބަޔާންކޮށްފައި ހުރި ކަންތައްތައް ފަހުމުވެވަޑައި ނުގަންނަވާކަމަށް، އަދި އެ ޑްރާފްޓް އިސްހާލުކުރުމުން މެނުވީ އެއަށް ކޮމެންޓެއް ކުރަން އެނގިވަޑައިނުގަންނަވާކަމަށް. ދަންނަވަން މި އުޅޭ ވާހަކައަކީ ޚާރިޖީ ގުޅުންތަކުގެ ބައެއް އަމަލުތައް އެއީ ޖިނާއީ ކުށަކަށް ހަދާ ބިލެއް ސަރުކާރުގެ ފަރާތުން ޑްރާފްޓްކުރައްވާ ފޮނުވިއިރު، ކަމާގުޅުންހުރި ވުޒާރާތަކާއި މަޝްވަރާ ނުކުރައްވަނީތޯ"

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް

އިންތި ވިދާޅުވީ މިފަދަ އުސޫލީ މައްސަލަތައް ގިނަ ގިނައިން ފެންމަތިވަމުން ދިއުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ. 

ކޮމެޓީ މަރުހަލާގައި މެމްބަރުން މުހިންމު މަސައްކަތްތަކެއް ކޮށް ބިލުތައް އިސްލާހުކުރުމަށްފަހު ފޮނުވުން، އެ ބިލުތައް މުޅިން އެހެން ގޮތަކަށް އަނބުރާލުމަށްޓަކައި ތަޅުމަށް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށްވެސް އިންތި ވިދާޅުވިއެވެ. އަދި މިކަހަލަ އުސޫލީ މައްސަލަތަކަށް އެޑްރެސް ކުރެވިގެން ނޫނީ މި ކަންކަން ހައްލުކުރެވޭނެކަމަށް ގަބޫލު ނުކުރައްވާކަމަށް އިންތި ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.