ރައީސް ޔާމީން އަށް މަރުހަބާ ކިޔުމަށް ބާރަށުގެ ރައްޔިތުން ނުކުމެ-- ފޮޓޯ: ޕީޕީއެމް
ހަބަރު
17 Oct 2022 | 14:27
ރައީސް ޔާމީނަށް ބާރަށުންވެސް ބޮޑު ތަރުހީބެއް!

ވާދަވެރި ސިޔާސީ ލީޑަރު އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމިން އަބްދުލްގައްޔޫމު ބޮޑު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ހއ ބާރަށަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. 

ރައީސް ޔާމީން ދާދި ދެންމެ އަކު ބާރަށަށް ވަޑައިގެންފައިވާއިރު އެމަނިކުފާނުގެ އިސްތިގުބާލަށް އެރަށުގެ ބަދަނރު ސަރަހައްދު ފިޔާތޮށި ކުލައިގެ ދިދައާއި ގައުމީ ދިދައާއި "އިންޑިއާ އައުޓް" ދިދަ އިން ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ. 

ރައީސް ޔާމީންގެ އިސްތިގުބާލުގައި ގިނަ އަދަދެއްގެ ބަޔަކު ތިބިއިރު، އެމަނިކުފާނު ވަޑައިގެންނެވިއިރު، އިސްތިގުބާލުގައި ތިބި މީހުންނާއި ސަލާމް ކުރައްވާފައެވެ. އެއަށްފަހު ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އަޑުއުފުލައި، އެފަދަ ޝުއޫރުތައް ފާޅުކޮށްފައިވާ ބެނާއާއި "އިންޑިއާ އައުޓް" ދިދަ ހިފައިގެން ބާރަށުގެ މަގުމަތީގައި ރައީސް ޔާމީން އާއި އެކު ޕީޕީއެމްގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ރެލީއެއް ބާއްވާފައެވެ. 

ރައީސް ޔާމީން ބާރަށަށް ވަޑައިގެން ބޭއްވެވި އިންޑިއާ އައުޓް ހިނގާލުމުގެ ތެރެއިން-- ފޮޓޯ: ޕީޕީއެމް

ރައީސް ޔާމީންގެ ބާރަށުގެ މި ދަތުރުފުޅުގައި ބާރަށު ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ އިރު، މި ބައްދަލުކުރެއްވުމަށްފަހު މިއަދު ހަވީރު ހއ. ދިއްދޫ އަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ. 

ރައީސް ޔާމީން ހއ އަށް ކުރައްވާ މި ދަތުރުފުޅުގައި އެ އަތޮޅުގެ ފަސް ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އިއްޔެ އެމަނުކުފާނު ވަނީ އިހަވަންދޫ އާއި ތުރާކުނަށް ވަޑައިގެންފައެވެ. 

ހއ އަތޮޅަށް ރައީސް ޔާމީން ކުރައްވާ މި ދަތުރުފުޅުގެ މަގްސަދުތަކުގެ ތެރޭގައި، 2023 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯއަށް މަޢުލޫމާތުތައް އެއްކުރެއްވުމާއި ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުން ހިމެނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.