ޝުޖާއު ބާރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
17 Oct 2022 | 16:23
ބާރަށު ސުކޫލުގައި ދިވެހި ކިޔަވައިދެނީ އިންޑިއާ މީހެއް: ޝުޖާއު

ބާރަށު ސުކޫލުގައި ދިވެހި މާއްދާ ކިޔަވައިދެމުން ދަނީ އިންޑިއާ ޓީޗަރެއްކަމަށް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސް އިބުރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. 

ޝުޖާއު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީން ބައިވެރިވެވަޑައިގެން ބާރަށުގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަައްކަވަމުންނެވެ. 

ޝުޖާއުގެ ވާހަކަފުޅުގައި ވިދާޅުވީ އިންޑިއާގެ ނުފޫޒު ދިވެހިރާއްޖެއަށް އޮތް މިންވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ބަލާލުމުންވެސް ފާހަގަކުރެވޭކަމަށެވެ. 

އެގޮތުން ބާރަށު ސުކޫލުގައި ދިވެހި މާއްދާ ކިޔަވައިދޭނެ ދިވެހި މުދައްރިސެއް ނެތްކަމަށް ބުނެ އެ މާއްދާ ކިޔަވައިދެމުންދަނީ އިންޑިއާ މީހެއްކަމަށް ޝުޖާއު ވިދާޅުވިއެވެ. 

"ބާރަށު ސުކޫލުގައި ދިވެހި ކިޔަވައިދެމުން ދަނީ އިންޑިއާ މީހެއް"

ޕީއެންސީގެ ނައިބުރައީސް ޝުޖާއު 

ޝުޖާއު ވިދާޅުވީ މިހާރު އިންޑިއާއިން ކުރަމުންދާ މަސައްކަތަކީ ބާރަށާއި ކައިރީގައި އޮތް ހަނިމާދޫއިން ދިވެހިރައްޔިތުން ބޭލުމުގެ މަސައްކަތްކަމަށެވެ. އެއަށްފަހު އެމީހުންގެ މިސްރާބު ބާރަށާއި ދިމާލަށް ބަދަލުކޮށް ނުލާނެކަމަށް ދަންނަވަން ނުކެރޭނެކަމަށް ޝުޖާއު ވިދާޅުވިއެވެ. 

ޝުޖާއު އިތުރަށް ވިދާޅުވީ، ބާރަށުގެ ރައްޔިތުންނަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އަބަދުވެސް އިހުތިޖާޖު ކުރާ ރައްޔިތުންތަކެއް އުޅޭ ރަށެއްކަމަށެވެ. އަދި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދަންދެން އެ ރަށުގެ ރައްޔިތުން އެފަދައިން އިހުތިޖާޖު ކުރާނެކަމަށެވެ. 

ޝުޖާއު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ޔާމީން ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި ބާރަށަށް ވަޑައިގަތުމުން، އެމަނިކުފާނަށް ހޫނު މަރުހަބާ އެއް ކިޔުމަށްފަހު، އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އަޑުއުފުލާ ސުލްހެވެރި ހިނގާލުމެއް ކުރިއަށް ގެންގޮސްފައެވެ. 

ކޮމެންޓް
ހަނދު
ބަލަ ސުޖާޢު، ދިވެހިން އިނގިރޭސި ކިޔަވައިދޭއިރު، އިންޑިޔާ މީހުންނަށް ވެސް ދިވެހި ކިޔަވައި ދެވިދާނެ ދެއްތޮ..؟
17 Oct 2022
ނުދަންނަމީހާ
ތިޔަހިސާބަށްވެސް ގައުމުގެ ހާލަތު ނުދާނެއެކޭ ބުނެވޭކަން ނެތް
17 Oct 2022
ބާރަށު މީހާ
އެއް ހަފްތާ ރަށުގައި ހޭދަކުރެވުނުއިރު ސުޖާއަށް ލިބުނީ މި ދޮގު މައުލޫމާތު
17 Oct 2022
ތަޢުލީމަށް ލޯބިކުރާ މީހާ
ސްކޫލްތަކުގެ ވާހަކަ ގެންނެވުމުގައި ޒިންމާދާރުވެލައްވާ! ސައްޚަ މައުލޫމާތު ގެނެސް ދެއްވާ! ސިޔާސީ ޕޯޑިޔަމް ތަކުގައި ސިޔާސީ ބޭބޭފުޅުންނާއި ސިޔާސީ ޕާޓީ ތަކުގެ ވާހަކަ ދައްކަވާ!
18 Oct 2022
ކޖިޖ
ދިވެހި ނޫސްތަކުގެ ކޮމެންޓު ސެކުޝަނަށް ބަލާލީމާ ތިކަން ހާމަވޭ
20 Oct 2022
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.