ރައީސް ޔާމީން ބާރަށުގެ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
17 Oct 2022 | 17:32
މި ގައުމުގައި ސެކިއުލާ ވެރިކަމެއް ކުރާކަށް ޖާގައެއް ނުދޭނަން: ރައީސް ޔާމީން

ދިވެހިރާއްޖޭގައި ސެކިއުލާ ނުވަތަ އަލްމާނީ ދައުލަތެއް ހިންގުމަށް ޖާގަ ނުދެއްވާނެކަމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ. 

ރައީސް ޔާމިން މިފަދައިން ވިދާޅުވެފައިވަނީ ހއ ބާރަށުގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. 

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީއިން ޕީޕީއެމްއަށް ބަދަލުވާ ބައެއް މީހުން ކައިރިން އެ މީހުން ސިޔާސީ ފިކުރު ބަދަލުކުރައްވާ ސަބަބު އޮޅުން ފިލުއްވާފައިވާކަމަށެވެ. 

އެގޮތުން ވާހަކަދެކެވުނު ޒުވާނަކު،  އޭނާ އެމްޑީޕީ ދޫކޮށް ޕީޕީއެމްއާއި ގުޅުނީ، އެމްޑީޕިއިން ދިވެހިރާއްޖޭގައި އިސްލާމްދީނާއި ބީރައްޓެހި ކަންކަން ފެތުރުމަށް މަސައްކަތް ކުރަމުންދާކަމަށް ގަބޫލުކުރެވޭތީކަމަށް ބުނެފައިވާކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އަދި އޭނާގެ އެ ވިސްނުމަކީ އެމަނިކުފާނު ތާއީދުކުރައްވާ އަދި ބަލައިގަންނަ ވިސްނުމެއްކަން ފާހަގަކުރެއްވިއެވެ. 

ރައީސް ޔާމީން ވިދާޅުވީ ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ދިނުމަށް އެމަނިކުފާނު ތާއީދު ނުކުރައްވާކަމަށެވެ. އަދި ސެކިއުލާ ސަރުކާރެއް މިތަނުގައި ގާއިމުކުރާކަށް ޖާގަ ނުދެއްވާނެކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. 

"އަޅުގަނޑުމެން ތާއީދެއް ނުކުރަން، އަޅުގަނޑުމެން ޖާގައެއް ނުދޭނަން މި ރާއްޖޭގައި ސެކިއުލާ ވެރިކަމެއް އޮންނާކަށެއް. މިއީ އިސްލާމީ ހަޟާރަތު އެތައް ސަތޭކަ އަހަރަކަށް އޮތް ތަނެއް. އެއީ މާތް ރަސްކަލާނގެ އަޅުގަނޑުމެންނަށް ދެއްވި އެންމެ ވަރުގަދަ ނިއުމަތް. އެހެންވީމަ އިސްލާމަކަށްވެ، އަދި އިސްލާމްދީން މަރިވެރިކުރުމަށާއި، އިސްލާމްދީނަށް ކަމޭހިތުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި، މިތަން ސެކިއުލާ ވެގެން ގޮސް ދައުލަތުން މިއިން އެއްވެސް ކަމަކާ ނުބެހި އެމީހަކު އުޅޭނެގޮތަކަށް އެމީހަކު އުޅުން، މިކަން ކުރާކަށް ޖާގައެއް ދޭކަށް އަޅުގަނޑުވެސް ބޭނުމެއް ނޫން"

ރައީސް ޔާމީން 

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ގައުމެއް ގައުމަކަށް ވަނީ ނޫނީ ރަށެއްގެ ރައްޔިތުން ރައްޔިތުންނަށް ވަނީ އެމީހުންގެ އަމިއްލަ ވަންތަ ސިފަތަކެއް ހުރުމުންކަމަށެވެ. ދިވެހިންނަނީ އެއްބަހަކުން ވާހަކަދައްކާ، އެއް ދީނަކަށް ތަބާވެގެން ތިބި އަމިއްލަ ވަންތަ ސިފަތަކެއް ލިބިފައިވާ ރައްޔިތުންތަކެއް ކަމަށް ވީ ހިނދު މި ސިފަތައް ނެތިދިއުމަށް ޖާގަ ނުދެއްވުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފައެވެ. 

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ މި ގައުމުގައި އިސްލާމްދީން އޮތުމާއި ނެތުމުގެ މައްޗަށް ނެގޭ ވޯޓެއްކަން ތަކުރާރުކޮށް ފާހަގަކުރައްވާ، ރައީސް ޔާމިން ވަނީ ވޯޓުދެއްވާއިރު ރައްޔިތުން މި ކަންކަމާއި ދޭތެރޭގައި ފުންކޮށް ވިސްނާވަޑައިގަތުމަށް އިލްތިމާސްކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.