ރައީސް ޔާމީން ބާރަށު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
17 Oct 2022 | 17:59
އެމްއެމްޕީއާރުސީގެ ހަރާން ލާރި އަޅުގަނޑެއް ނުގެންގުޅެން: ރައީސް ޔާމީން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތުގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ހިންގި ކޮރަޕްޝަންގެ ތެރެއިން ހޯދި ލާރީގައި ޖެހިވަޑައިގެންފައި ނުވާނެކަމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ. 

ރައީސް ޔާމީން ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި، ބާރަށަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅުވާ ރައީސް ޔާމީންގެ މައްޗަށް ނުހައްގުން ހުކުމް ކުރުމުން، އެ އަނިޔާއިން އެމަނިކުފާނު ސަލާމަތްކޮށްދެއްވުމަށް އެދި އިޚްލާސްތެރިކަމާއެކު ދުއާކޮށްދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ނުހައްގުން އެމަނިކުފާނުގެ މައްޗަށް ހުކުމެއް ކުރުމުންވެސް، އެމަނިކުފާނުގެ ހައްގުގައި ގިނަ ރައްޔިތުންނަކެއް މަސައްކަތްކޮށްދެއްވާފައިވަނީ، އެމަނިކުފާނަކީ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވާނެ ބޭފުޅެއްކަމަށް ގަބޫލު ނުކުރައްވާތީކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ޖެހިވަޑައިނުގަންނަވާކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. 

"އަޅުގަނޑަކީ އެމްއެމްޕީއާރުސީގެ ހަރާން ލާރި ގެންގުޅޭ މީހެއް ނޫން. މިއަދުވެސް ގަބޫލުކުރައްވާ. އެލާރިއެއް އަޅުގަނޑު ނުގެންގުޅޭނެ"

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން 

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅުވާ 2019 ވަނަ އަހަރުގެ ނޮވެމްބަރު ބަހު އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ރާއްޖޭގެ އެންމެ މަތީ ކޯޓުން ވަނީ ބާތިލުކޮށްފައެވެ. އަދި އެމަނިކުފާނުގެ މައުސޫމުކަން ވަނީ ހާމަކޮށްފައެވެ. 

އެހެން ނަމަވެސް އެފަހުންވެސް އެ ޚިޔާނާތާއި ގުޅުވާ ރައީސް ޔާމިންގެ މައްޗަށް އިތުރު ދައުވާތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިހާރުވެސް އެ ޚިޔާނާތުގެ ތެރެއިން ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ދެ ދައުވާ ދައުލަތުން ވަނީ އުފުލާފައެވެ. އަދި އެ މައްސަލައާއި ގުޅިގެން މިހާރު ވަނީ ދެ ފަރާތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާވެސް ނިމިފައެވެ. 

ރައީސް ޔާމީންއާއި އެމަނިކުފާނުގެ ގާނޫނީ ޓީމުން ވިދާޅުވާގޮތުގައި، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާތަކެކެވެ. އަދި އިންސާފުވެރި ޝަރީއަތެއް ކުރިއަށް ގެންގޮސްފިކަމަށް ވާނަމަ ރައީސް ޔާމިން މިނިވަންވެވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ގާނޫނީ ވަކީލުން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ. 

ކޮމެންޓް
ލަބީޤް މުޙައްމަދު މާހިދު
ހުދުކާފޫރު
17 Oct 2022
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.