ރައީސް ޔާމީން ދިއްދުއަށް ވަޑައިގަތުން/ ފޮޓޯ: ޕީޕީއެމް
ހަބަރު
17 Oct 2022 | 18:14
ރައީސް ޔާމީންގެ ހއ ދަތުރުފުޅުގެ ފަހު މަންޒިން ދިއްދޫއިންވެސް ހޫނު މަރުހަބާއެއް!

ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ބޮޑުތިލަދުންމއްޗަށް ކުރައްވާ ދަތުރުފުޅުގެ ފަހު މަންޒިލްކަމަށްވާ ހއ ދިއްދޫއަށް ވަޑައިގެންފިއެވެ. 

އެއާއެކު އެރަށުންވެސް އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. 

އެމަނިކުފާނު ދިއްދޫއަށް ވަޑައިގެންފައިވަނީ އެ އަތޮޅު ބާރަށަށް ވަޑައިގެން އެ ރަށުގައި އޮތް ޚާއްސަ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު މިއަދު އިރުއޮއްސެމުން ދިޔަ ވަގުތުގައެވެ. 

އެ ވަގުތުވެސް އެމަނިކުފާނުގެ އިސްތިގުބާލުގައި ގިނަ އަދެއްގެ އާންމު ރައްޔިތުން ދިއްދޫގެ ބަނދަރު ސަރަހައްދަށް ވަނީ އެއްވެފައެވެ. އަދި އެމަނިކުފާނުގެ އިސްތިގުބާލަށް ދިއްދޫ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. 

ރައީސް ޔާމީން ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އިސްތިގުބާލުގައި ތިއްބެވި ރައްޔިތުންނާއި ސަލާމްކުރައްވާފައެވެ. 

ހއ އަތޮޅަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހު ރަށަށް އެމަނިކުފާނު މިއަދު ވަޑައިގެންފައިވާއިރު، މިރޭ އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ވަރަށް ޚާއްސަ ޖަލްސާއެއް ދިއްދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ހަފްލާގައި ރައީސް ޔާމީން ވާހަފުޅުދެއްކެވުމަށްވެސް ހަމަޖެހިފައިވެއެވެ. 

ރައީސް ޔާމީން ހއ އަތޮޅުގެ ފަސް ރަށަށް ކުރެއްވި މި ދަތުރުފުުގައި ރަށްރަށުން ވަރަށް ބޮޑު ތަރުހީބެއް އެމަނިކުފާނަށް ލިބިފައިވެއެވެ. އަދި އަލަށް ޕީޕީއެމްއާއި ގުޅުނު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ރަށްރަށުގައި ބޭއްވުނު ހަފްލާތަކުގެ ތެރެއިން ރައީސް ޔާމިންގެ އަތްޕުޅަށް ފޯމު އަރުވާފައެވެ. 

ރައީސް ޔާމިންގެ މި ދަތުރުފުޅިގެ މައިގަނޑު އެއް މަގްސަދަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯ އެކުލަވާލުމަށް ރައްޔިތުންގެ ޚިޔާލާއި ހުށައެޅުއްވުންތައް ހޯއްދެވުމެވެ. ހއ އަތޮޅުގައި ކުރިއަށް ގެންދިޔަ އެކި ހަފްލާތަކުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ބައެއް ތަސައްވުރުގެ ވާހަކަތައް އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ. 

އޭގެ ތެރޭގައި ހއ އަތޮޅަށް ޚާއްސަކޮށް އެމަނިކުފާނުގެ ވެރިކަމެއްގައި ކޮށްދެއްވާނެ މުހިންމު ކަންކަން ރައީސް ޔާމީން ވަނީ އިއުލާނުކުރައްވާފައެވެ. ހަމައެހެންމެ ރާއްޖޭގެ މަސްވެރިންނަށްނާއި ގުޅުންހުރި މުހިންމު ކަންކަމުގެ ވާހަކަތައްވެސް އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.