ރައީސް ޔާމީން ދިއްދޫގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
18 Oct 2022 | 05:28
"ކޯލިޝަންގައި ތިބީ ހީލަތްތެރިން، އެބޭފުޅުންނަށް ދެން ޖާގަ ނުދެއްވާތި"

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން އަބްދުލްގައްޔޫމު ވެރިކަން ބަދަލުކުރުމަށްޓަކައި ކޯލިޝަންއެއް ހަދައިގެން މިއަދުވެސް ވެރިކަން ދިފާއުކުރައްވަމުން ގެންދަވާ ހުރިހާ ސިޔާސީ ލީޑަރުންނަކީ ހީލަތްތެރިންކަމަށާއި، ދެން އެބޭފުޅުންނަށް ރައްޔިތުން ޖާގަ ނުދެއްވުމަށް ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޔާމީން އެދިލައްވައިފިއެވެ. 

ރައީސް ޔާމީން މިފަދައިން އިލްތިމާސްކުރައްވާފައިވަނީ ހއ ދިއްދޫގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. 

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ސަރުކާރު ކޯލިޝަންގައި ރަސްމީކޮށް ތިއްބެވި ބޭފުޅުންނާއި، އަދި ސަރުކާރަށް ވާގިވެރިވަމުންދާ ސިޔާސީ ލީޑަރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ. 

ގައުމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ބޮޑެތި މައްސަލަތައް ފެންމަތިވެ، އިސްލާމްދީނާއި ގައުމުގެ މިނިވަންކަމަށް ލޮޅުން އަރާ ކަންކަން ފާޅުގައި ސަރުކާރުން ކުރަމުންދާއިރުވެސް ކޯލިޝަންގެ ލީޑަރުން ތިއްބަވަނީ އެކަންކަން ދިފާއު ކުރައްވައިގެންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެގޮތަށް އެބޭފުޅުން އަމަލުކުރައްވަނީ މި ސަރުކާރުގެ ތެރެއިން އެމީހުން ލިބެމުންދާ މަންފާތައް ދެމެހެއްޓުމަށްކަމަށްވެސް ވިދާޅުވިއެވެ. 

އެއާއެކު ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތީ އަނެއްކާވެސް ރައްޔިތުން ގުބޯ ހެއްދުމަށް ސިޔާސީ ލީޑަރުން ރައްޔިތުންގެ ގާތަށް އަންނަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުކަމަށެވެ. 

އިންތިޚާބާއި ދިމާކޮށް ކޯލިޝަންގެ ލީޑަރުން މުޅިން އާ ވާހަކަތަކެއް ހިފައިގެން ރައްޔިތުންގެ ގާތަށް އަންނާނެކަމަށާއި، އަނެއްކާވެސް އެމީހުން ބޭނުންވާ ފަރާތަކަށް ވޯޓު ދިނުމަށް ރައްޔިތުންގެ ކިބައިން އެދޭނެކަމަށެވެ. އެހެން ނަމަވެސް ދެން އެއިން އެއްވެސް ބޭފުޅަކަށް ޖާގަ ނުދެއްވުމަށް ރައީސް ޔާމީން ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. 

"މިހާރު މި މޫސުމުގައި އަނެއްކާވެސް ތިބޭފުޅުންގެ އަރިހަށް ޒިޔާރަތްތަކެއް ކުރަން ފަށާނެ، އެކަމަކު އެ ޒިޔާރަތްތަކަށް ތިބޭފުޅުން ފުރުސަތު ނުދެއްވިއްޔާ މާ ރަނގަޅުވާނެ. މިތަނުގައި އަޅުގަނޑު އެދެނީ އެމްޑީޕީއަށް ތާއީދުކޮށްގެން، މިވެރިކަމަށް ތާއީދުކޮށްގެން މި ޖާޑީގައި މިތިބަ އެއްވެސް ސިޔާސީ ޕާޓީއަކަށް، އެއްވެސް ސިޔާސީ މީހަކަށް ޖާގަ ނުދެއްވަން. އެއީ ހީލަތްތެރިން، އެއީ މަކަރުވެރިން، އެއީ އަޅުގަނޑުމެންނަށް ކެހިދިން ފަރާތްތައް"

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން

ރައީސް ޔާމީން ތިލަދުންމައްޗަށް ކުރެއްވި މި ދަތުރުފުޅުގައި ރައްޔިތުންނާއި މުޚާތަބުކުރައްވާ ކޮންމެ ފަހަރަކުމެ ކޯލިޝަނުން މި ގައުމާއި ރައްޔިތުންނަށް ވަމުންދާ އިހުމާލުތަކުގެ ވާހަކަތައް ފަށްފަށްކުރައްވާއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރައްޔިތުން ތައްޔާރުވާއިރު، ކޯލިޝަން ލީޑަރުން ޖަވާބުދާރީ ކުރުވުމަށްވެސް އެދިވަޑައިގަންނަވައެވެ. 

އެމަނިކުފާނު ވިދާޅުވާގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މި ގައުމު އަނބުރާ ދިވެހިންނަށް ހޯދުމަށް ލިބިގެންދާނެ ފަހު ފުރުސަތެވެ. އަދި މި ފުރުސަތަކީ މި ގައުމުގައި އިސްލާމްދީނާއި މިނިވަންކަން ދެމި އޮތުމާއި ނެތުމުގެ މައްޗަށް ބިނާވެގެންދާނެ އިންތިޚާބެއްގެ ގޮތުގައި ސިފަކުރައްވައެވެ. 

އެއާއެކު، ރިޔާސީ އިންތިޚާބުގައި ވޯޓުދެއްވާއިރު، ކޯލިޝަން ލީޑަރުންގެ ފަރާތުން ގައުމަށް ލިބުނު ގެއްލުންތައް މިނެކިރުމަށްފަހު ގައުމީ ވިސްނުމަކުން ވޯޓުދެއްވުމަށްވެސް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.