ކްރިމިނަލް ކޯޓް --- ފޮޓޯ: ރާއްޖެ. އެމްވީ
ހަބަރު
18 Oct 2022 | 11:31
ތިޖޫރި ފަޅާލާއި ވަގަށް ނެގި ފައިސާއަށްވުރެ ޖޫރިމަނާ އަށް ދައްކަން ޖެހުނު ފައިސާ މަދު

ގއ. ނިލަންދޫ ސުކޫލުގެ ތިޖޫރި ފަޅާލާ ދެ ލައްކައެއްހާ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ހިމެނޭ މީހުންނަށް ވައްކަން ކޮށްގެން ނެގި ފައިސާއަށްވުރެ ކުޑަ ޖޫރިމަނާއެއް ދައްކަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ދުވަހުގެ ދަންވަރުގެރޭ ދަންވަރު ގއ. ނިލަންދޫ ސުކޫލުގެ ޕްރިންސިޕަލް އިންނަ ކޮޓަރީގެ ކުޑަދޮރުގެ ތަންޑު ކަށިގަނޑަކުން މަތާލައި، އެއަށްފަހު ދަގަނޑެއް ބޭނުންކޮށްގެން ކުޑަދޮރުގެ ދަގަނޑުތައް މަތާލުމަށް ފަހު، އެ ކޮޓަރިއަށް ވަދެ، އެ ސުކޫލުގެ ތިޖޫރި ހަލާކުކޮށްލައިގެން 199،090 (އެއް ލައްކަ ނުވަދިހަ ނުވަ ހާސް، ނުވަދިހަ) ރުފިޔާ ވަނީ ފޭރިގެންފައެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ އެރަށު، ދިހްޝާނާވިލާ، އަލީ ޝާކިރާއި ހަމަ އެރަށު ފޫޅުމާގޭ، ޝިމާއު އަހުމަދެވެ. އެ ދެ މީހުންގެ މައްޗަށް ޖުމުލަ ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ، ވައްކަން ކުރުމުގެ ކުށުގެ ދައުވާއާއި، މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއެވެ.

މި ތިން ދައުވާއަށް ވެސް އަލީ ޝާކިރު ވަނީ އިއުތިރާފުވެފައިވާއިރު، މި މައްސަލައިގާ ދެން ހިމެނޭ ޝިމާއުގެ މައްސަލަ ވަކި ގަޒިއްޔާއެއްގެ ގޮތުގައި ބެލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ޝާކިރު ކުށަށް އިއުތިރާފުވުމުން ތިން ދައުވާވެސް ކުރިޔަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ ޝަރީއަތެއްގެ ގޮތުގައެވެ.

އިއްޔެ މި މައްސަލައިގައި ކްރިމިނަލް ކޯޓުން ޝާކިރުގެ މައްޗަށް އުފުލާފައިވާ ތިން ދައުވާގެވެސް ހުކުމްކޮށްފައިވާއިރު, އެ ތިން ދައުވާއާއި ގުޅިގެންވެސް ޖޫރިމަނާ ފައިސާ ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ. 

އެގޮތުން ވައްކަން ކުރި މައްސަލައިގައި 23،600 ރުފިޔާގެ ޖޫރިމަނާއަކާއި،  މުދަލަށް ގެއްލުންދިން މައްސަލައިގައި 10،800 ރުފިޔާގެ ޖޫރިމަނާއެއް ކޮށްފައިވާއިރު އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަން މައްސަލައިގާ 5،400 ރުފިޔާއިން އޭނާ ޖޫރިމަނާ ކުރުމަށް ވަނީ ހުކުމް ކޮށްފައެވެ. އެއީ، ޖުމުލަ 39،800 ރުފިޔާއެވެ.

މިފަދަ މައްސަލަތަކުގައި ކުރިން ކުށުގެ ރެކޯޑެއް ނެތް ނަމަ، އަދި ޝަރީއަތަށް އެއްބާރުލުން ދޭ ނަމަ ކުށުގެ އަދަބު ލުއިކޮށްދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.