މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު-- ފޮޓޯ: މަޖިލިސް
ހަބަރު
18 Oct 2022 | 16:05
ބްރޯޑްކާސްޓިންގ ކޮމިޝަނުން މީޑިއާނެޓް ބަލަނީ ކުޑަ ވިޔަފާރި އެއް ގޮތަށް: ޠާރިގު

ބްރޯޑްކާސްޓިންގ ކޮމިޝަނުން މީޑިއާނެޓް ބަލަނީ ކުދި ވިޔަފާރި ކުރާ ކުންފުންޏެއްގެ ގޮތުގައި ކަމަށާ، އެހެންނަމަވެސް، އެ ގޮތަށް އެކަން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު ވިދާޅުވެއްޖެެއެވެ. 

ދިވެހިރާއްޖޭގައި ރީ ބްރޯޑްކާސްޓިންގ ހިދުމަތްދޭ ހުރިހާ ފަރާތްތަކަށް ތަފާތުކުރުމެއްނެތި އިންސާފުވެރިކަމާއި ވާދަވެރިކަމާއިއެކު ވިޔަފާރިކުރެވޭނެ މާހައުލެއް ގާއިމްކޮށްދީ، ވަކިބައެއްގެ ނުފޫޒުން ކުދި އޮޕަރޭޓަރުންގެ ވިޔަފާރިތައް ހަލާކުކޮށްލުމަށް ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ސަރުކާރަށް ގޮވާލައި މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ޓޮމް ވިދާޅުވީ، ބްރޯޑްކާސްޓިން ކޮމިޝަނުން ބްރޯޑްކާސްޓިން ގަވާއިދު އެކުލަވާލައިފައިވަނީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި ޚިލާފަށް ކަމަށެވެ. 

އަދި ބްރޯޑްކާސްޓިންގ ގަވާއިދާއި ގުޅޭގޮތުން ބްރޯޑްކާސްޓިން ކޮމިޝަން މަޖިލީހުގެ ކޮމިޓީއަށް ހާޒިކޮށް ސުވާލު ކުރުމުން، އެ ގަވާއިދު ހެދިފައިވަނީ ގާނޫނާ ޚިލާފަށް ކަންވެސް އެ ކޮމިޝަނަށް ނޭނގޭ ކަމަށް ބުނެފައިވާ ކަމަށް ޓޮމް ވިދާޅުވިއެވެ.  

"އެންޓި ކޮރަޕްޝަން ކޮމިޝަނުން ބްރޯޑްކާސްޓިން ކޮމިޝަންގެ މައްސަލަ ރަނގަޅަށް ބަލައިފިނަމަ ނާޖާއިޒު ގޮތުގައި ބަޔަކަށް ފައިދާ ހޯދުމުގެ އަމަލެއްގެ ގޮތުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުން މިވަނީ ގަވާއިދު ބަދަލުކޮށްފައި. 100 ޕަސެންޓް ކުންފުންޏަށް ނޫނީ ރާއްޖޭގައި ވިޔަފާރި ނުކުރެވޭނެ ކަމަށް. އެ ސެކްޓާގައި."

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު 

ޓޮމް ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނުން ކޮށްފައި މިވަނީ، އެބޭފުޅުންގެ އަތުގައި ބިޑި އެޅޭ ފަދަ ކަމެއް ކަމަށާ, ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ގަވާއިދަކުން ހަނި ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން، އެފަދަ ގަވާއިދެއް އެ ކޮމިޝަނުން އެކުލަވައިލި ކަމަށްޓަކައި، އެ ކޮމިޝަން އޭސީސީއަށް ހާޒިރުކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މިއާއެކު ޓޮމް ވިދާޅުވީ، ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުން މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ހާޒިރުކޮށް ސުވާކު ކުރުމުން، އެކޮމިޝަނުން މީޑިއާނެޓް ސިފަކޮށްފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ކަމަށެވެ. 

"މީޑިއާނެޓް މި ކިހިނެއްތޯ ކުދި ވިޔަފާރީގެ ތެރޭގައި ހިމެނެނީ؟ ކުދި ވިޔަފާރި ޑިފައިން ކޮށްފައި ގާނޫނެއް އެބައޮތް. އެ ގާނޫނުގައި މި އޮންނަނީ 31 މުވައްޒަފުން ފެށިގެން 100 މުވައްޒަފުންނާ ދޭތެރޭގައި ހިމެނޭ ވިޔަފާރި ތަކަކީ ކުދި ވިޔަފާރި ތަކުގެ ގޮތުގައި. ނުވަތަ، 20 މިލިއަން ރުފިޔާއިން ދަށް ވިޔަފާރި ތަކަކީ ކުދި ވިޔަފާރި ތަކޭ. މީޑިއާ ނެޓަކީ 20 މިލިއަން ރުފިޔާގެ ހިސާބު ހަދާ ކުންފުންޏެއް ނޫން. އެއަށްވުރެ މާ ބޮޑު ފައިދާ ނަގާ ކުންފުންޏެއް. އެކަމު މި ދަންނަވާ ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާނެޓް ޑިފައިން ކުރަނީ ކުދި ވިޔަފާރީގެ ތެރެއިން."

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު 

ޓޮމް ވިދާޅުވީ، ދިރާގަށް ދިފައިވާ ހުއްދަ އައު ނުކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމެވީ، ދިރާގަކީ ބޭރުގެ ކުންފުންޏެއްގެ ހިއްސާ ބޮޑު ކުންފުންޏަކަށް ވާތީ ކަމަށް ބުނާއިރު، ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް އެ ނޫން ގޮތްގޮތުންވެސް ފައިސާ ދާކަމަށެވެ. ވުމާއެކު އެއީވެސް ދީރާގާއި އެކު ހެދިފައިވާ އެއްބަސްވުން އައު ނުކުރަންވީ ސަބަބެއް ކަމަށް ނުފެންނަކަމަށެވެ. 

އެހެންކަމުން ބްރޯޑްކާސްޓިން ގަވާއިދު ޖެހޭނީ އުވާލަން ކަމަށާ، އެ މައްސަލަ ކޮމިޓީގެ ތެރެއިންވެސް ބައްލަވާނެ ކަމަށް ޓޮމް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.