ތިން އަތޮޅުގެ ބައެއް ރަށްތައް ކޯޒުވޭއަކުން ގުޅާލަނީ

Share on facebook
Share on twitter
Share on telegram
Share on whatsapp

މ. އަތޮޅާއި ތ. އަތޮޅުގެ އިތުރުން ލ. އަތޮޅުގެ ބައެއް ރަށްތައް ކޯޒުވޭއަކުން ގުޅާލުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ މ. އަތޮޅާއި ތ. އަތޮޅާއި އަދި ލ. އަތޮޅުގެ ބައެއް ރަށްރަށް ކޯޒުވޭއަކުން ގުޅައިލުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ޑިޒައިން މަސައްކަތް ބީލަށް ހުޅުވައިލާފައެވެ.

އެގޮތުން ތިން އަތޮޅުގެ ބައެއް ރަށްރަށް ކޯޒްވޭތަކަކުން ގުޅާލުމަށް ބޭނުންވާ ޑިޒައިން ތައްޔާރުކުރުމަށާއި އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓަށް ބޭނުންވާ އެންވަޔަރަންމަންޓަލް ކޮންސަލްޓަންސީއާއި ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށް ބުނެފައިވެއެވެ.

މިވެސް ކިޔާލާ:

ބީލަމުގައިވާ ގޮތުން، ލ. އަތޮޅުން ގުޅުވާލަނީ އެ އަތޮޅު ކުނަހަންދޫ، ކަލައިދޫ، ދަނބިދޫ، ހިތަދޫ، އަދި މެންދޫއެވެ. މި ރަށްތަކުގެ ތެރެއިން، ކުނަހަންދޫއާއި މެންދޫ ކޯޒްވޭއަށް 2.3 މިލިއަން ރުފިޔާ، އަދި ކަލައިދޫއާއި ދަނބިދޫ ކޯޒްވޭ އަށް 2.6 މިލިއަން ރުފިޔާ އަދި ހިތަދޫއާއި މެންދޫ ކޯޒްވޭއަށް 2.75 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން، ތ. ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭ އާއި މ. މުލި އަދި ނާލާފުށި ކޯޒްވޭ ވެސް ބީލަމުގައި ހިމަނާފައިވެއެވެ. މި މަޝްރޫއުތަކުގެ ތެރެއިން، ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭ އަށް 2.6 މިލިއަން ރުފިޔާ، ބަޖެޓްކޮށްފައިވާއިރު، މުއްޔާއި ނާލާފުށި ކޯޒްވޭ އަށް 2.675 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.

ބީލަން ހުށަހެޅުން އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ޕްލޭނިން މިނިސްޓްރީގައެވެ. އަދި މި މަސައްކަތާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އަންނަ ބުދަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ޕްލޭނިން މިނިސްޓްރީގައި އޮންނާނެ ކަމަށްވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި