ޑރ މުހައްމަދު ޖަމީލު އަހުމަދު/ ފޮޓޯ: އަވަސް
ހަބަރު
19 Oct 2022 | 12:23
ރައީސް ޞާލިހު ވެރިކަން ކުރާ ގޮތަށް "ޕާޓޭ" އަކުވެސް ވެރިކަން ކުރާނެ: ޑރ ޖަމީލު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ކުރައްވަމުންދާ ގޮތަށް މަގުމަތީގައި އުޅޭ "ޕާޓޭ" އަކުވެސް ވެރިކަން ކުރައްވާނެކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ. 

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ސޯލިހުއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. 

އެގޮތުން ޑރ ޖަމީލު ވިދާޅުވީ ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެން ފަހުން، ކުންފުނިތައް ބަނގުރޫޓުވެފައިވާކަމަށެވެ. އަދި ސަރުކާރުގެ މަގާމުތައް އިންތިހާއަށް އިތުރުކޮށް ޚަރަދުތައް އެތައް ނުގަނެއް ބޮޑުކޮށްފައިވާއިވާ ކަމަށެވެ. 

ސަރުކާރުގެ އިތުރުން އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީވެސް ދީފައިވައިރު، އެކަން ކުރީ ވައުދު ފުއްދުމަށްކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ. 

އެއާއެކު ވިދާޅުވީ، މި ސަރުކާރަށް ވައުދު ނުފުއްދުނުތާގައި، ރައްޔިތުންނަށް ތަކުލީފުޖެއްސުން ނޫން ކަމެއް ސަރުކާރުން ކުރަމުން ނުދާކަމަށެވެ. އަދި ރައީސް ސޯލިހު ވެގެންދާނީ ތާރީހުގައިވެސް ވެރިއަކު ގައުމަށް އެއްބޮޑު ގެއްލުން ދިން ފަރާތުގެ ގޮތުގައިކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ. 

އެކަންކަން ފާހަގަކުރައްވާ ޑރ ޖަމީލު އިތުރަށް ވިދާޅުވީ، ރައީސް ސޯލިހު މިހާރު ވެރިކަން ކުރައްވަމުންދާ ގޮތަށް މަގުމަތީގައި އުޅޭ ޕާޓޭއެއްވެސް ވެރިކަން ކުރާނެކަމަށެވެ.

ޑރ ޖަމީލު މިފަދައިން ސިފަކުރައްވާފައިވަނީ ޒިންމާދާރު ކަމެއްނެތި ރައީސް ސޯލިހު ވެރިކަން ކުރައްވަމުން ދާ ދިއުން ސިފަކުރެއްވުމަށްކަމަށް ބެލެވެއެވެ. 

ކޮމެންޓް
މުހައްމަދު
ގިނަ ޕާޓޭންނަކީ ރަގަޅު ތައުލީމާއި ތަޖުރިބާ ހޯދާފައިވާ ބައެއް. އެހެންވީމާ ޕާޓޭންގެ ތެރޭގައިވެސް އެވެރިން ބޭނުންގޮތަށް ވެރިކަންކުރުމުގެ ގާބިލުކަން ހުރިބަޔަކު ތިބެދާނެ.
19 Oct 2022
ާއަޙުމަދު
އެގޮތަށް ވެރިކަން ކުރަންވެސް ޖަމީލަށް ރާއްޖޭގެ ވެރިކަން އިރާދަކުރެއްވިއްޔާ ފެންނާނީ ހުވަފެނުން ކަން ހަދާން ކޮށްލާށެވެ. ސިޔާސީ ގޮތުން ކޮޅެއް މެދެއް ނުޖެހި ރާ ދަނޑިގަނޑަކަށްވެފަ ހުންނަންވީމަ ތިކަހަލަ ކޮސްގޮވޭނެ.
20 Oct 2022
ގުޅޭ ލިޔުންތައް
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.