ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު--ފޮޓޯ: ވޮއިސް
ހަބަރު
20 Oct 2022 | 13:52
އެއްވެސް ތަނެއްގައި އަނިޔާވެރިކަން އޮތުމަށް މި ސަރުކާރުން ފުރުސަތެއް ނުދޭނެ: މިއުވާން

ޖަލުތަކުގައި ވިޔަސް، ނުވަތަ އެހެން ތަނެއްގައި ވިޔަސް އަނިޔާވެރިކަން އޮތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުން ފުރުސަތެއް ނުދޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. 

މިއުވާން މިފަދައިން ވިދާޅުވެފައިވަނީ، ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޖަލުތަކުގައި ތިބޭ ގައިދީންނަށް އަނިޔާ ކުރާ ކަމަށް އެމީހުންގެ ޢާއިލާތަކުން ބުނާ ކަން ފާހަގަކޮށް ނޫސްވެރިއެއް ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. 

އެގޮތުން ނޫސްވެރިޔާ ކުރި ސުވާލުގައި އޭނާ ވަނީ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަރާތްތަކަށް ރަނގަޅު ބޭސްފަރުވާގެ ކަންކަން ފުރިހަމަ ނުވާކަމަށާ، އަދި ކަރެކްޝަނަލް ސަރވިސަސްގެ ބައެއް މުވައްޒަފުންގެ ފަރާތުން ޖަލުތަކުގައި ތިބޭ މީހުންނަށް އަނިޔާ ލިބޭ ކަމަށްވެސް ބައެއް ފަރާތްތަކުން ހާމަކޮށްފައިވައިވާ ކަމަށް ބުނެފައެވެ. 

އެގޮތުން އަނިޔާ ކުރާ މައްސަލަ އާއި ގުޅިގެން ގައިދީއެއްގެ ޢާއިލާއިން ކަންބޮޑުވުންފާޅުކޮށް ރައީސް އޮފީހަށް ސިޓީއެއް ލުމުން ޝަރީއަތުގައި ހިނގަމުންދާ މައްސަލަތަކުގައި ރައީސް އޮފީހުގެ ދައުރެއް ނޯންނާނެ ކަމަށް އެ އޮފީހުން ބުނެފައިވާ ކަމަށްވެސް ޢާއިލާއިން މައުލޫމާތު ދޭ ކަމަށާ، ވުމާއެކު އެފަދަ މައްސަލަތައް ތަހުގީގުކޮށް އެ މައްސަލަ ތަކުގައި ހިމެނޭ ފަރާތްތަކާއިމެދު ރައީސް އޮފީހުން ފިޔަވަޅު ނާޅަނީ ކީއްވެތޯ ނޫސްވެރިޔާ ވަނީ ސުވާލު ކުރައްވާފައެވެ. 

އެސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، އެއްވެސް ގައިދީއަކަށް ޖަލުގައި އަނިޔާ ކުރާނަމަ އެކަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން އެ މައްސަލަ ކުރިއަށް ގެންދިޔުމުގެ ފުރުސަތު އޮންނާނެކަމަށެވެ. 

ޖަލުތަކުގައިވެސް އަދި އެހެން ތަނެއްގައިވެސް އަނިޔާވެރިކަން އޮތުމަށް މި ސަރުކާރުން ފުރުސަތެއް ނުދޭނަން. 

މިއުވާން މުހައްމަދު 

ޝަރީއަތުގައި ހިނގަމުންދާ މައްސަލައަކާއި ގުޅިގެން ސަރުކާރުން އެކަމުގެ ތެރެއަށް އިތުރަށް ނުވަންނާނެ ކަމަށާ އެހެންނަމަވެސް، އަނިޔާއެއް ލިބިފައިވާނަމަ ކަނޑައެޅިފައިވާ ސިސްޓަމްގެ ތެރެއިން އެ މައްސަލަ އެއް ބެލޭނެ ގޮތްތައް ކަނޑައެޅިފައި ހުންނާނެ ކަމަށެވެ. 

"އަޅުގަނޑު ހަމަ ވަރަށް ޔަގީން ކަމާއެކު ދަންނަވާލަން އެނގޭ އިނގޭތޯ، ޖަލުތަކުގައި އަނިޔާގެ ޢަމަލެއް މި ސަރުކާރަކުންނެއް ނުހިންގާނެ. އެގޮތަށް ހަމަ ވަރަށް ޔަގީންކަން އެބައޮތް."

މިއުވާން މުހައްމަދު 

ޖަލު ގައިދީންނަށް ކަރެކްޝަނަލް ސަރވިސަސްގެ ބައެއް މުވައްޒަފުން އަނިޔާ ކުރާ މައްސަލަ އަކީ ދޭތެރެ ދޭތެރެއިން ފެންމަތިވާ ކަމެކެވެ. ވަކިން ޚާއްސަކޮށް ގައިދީންގެ ބޭސްފަރުވާގެ ޚިދުމަތަށް ހުރަސްއަޅާ ކަމަށާ، އޭގެ ސަބަބުން ގައިދީންގެ ހާލު ސީރިއަށްވެ މަރުވެގެންދާ ކަމުގެ ތުހުމަތުތައް ވެސް ކުރެވެއެވެ.

އެގޮތުން ދާދިފަހުން ޖަލުގައި ހުކުމް ތަންފީޒުކުރަމުންދަނިކޮށް ނިޔާވި މީހެއްގެ މައްސަލާގައިވެސް އޭނާއަށް ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އިހުމާލުވެފައިވާ ކަމަށް ޢާއިލާއިން ވަނީ ތުހުމަތު ކޮށްފައެވެ. އެހެން ނަމަވެސް ހޯމް މިނިސްޓަރ ޢިމްރާން ވަނީ އެކަން ދޮގު ކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.