ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު--ފޮޓޯ: ވޮއިސް
ހަބަރު
20 Oct 2022 | 14:37
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް ވަރަށް އަވަހަށް ބޮޑުވާނެ: މިއުވާން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް ވަރަށް އަވަހަށް ބޮޑު ކުރެވިގެން ދާނެ ކަމަށާ އެހެން ނަމަވެސް، ބޮޑުވާނެ ތާރީޚެއް ބުނަން ނޭނގޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް ބޮޑު ކުރެވޭނީ ކިހާތަނަކުތޯ ނޫސްވެރިއެއް ކުރެއްވި ސުވާކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވަންސް ބޮޑު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ. އަދި މާ ގިނަ ދުވަހެއް ނުވެ އެކަން ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.  

"މާގިނަ ދުވަހެއް ނުވެ އިރާދަކުރެއްވިޔާ އެކަން ހަމަޖެހިގެންދާނެ. އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައި. އެހެންކަމުން އެކަން މާ ގިނަ ދުވަހެއް ނުވެވާނެ. ދެން އަޅުގަނޑަށް ސީދާ ސްޕެސިފިކްކޮށް ދަންނަވާކަށްނެތް. އެހެންނަމަވެސް ވަރަށް އަވަހަށް އިރާދަކުރެއްވިޔާ ވާނެ." ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ އިނާޔަތް ވަރަށް އަވަހަށް ބޮޑު ކުރާނެ ކަމަށާ އެހެން ނަމަވެސް އެކަން ކުރާނެ އިރެއް އަދިވެސް ބުނަން ނޭނގޭކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވިއެވެ. 

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދީންނަށް ދައުލަތުން މިހާރު ދެނީ މަހަކު 2،000 ރ. ގެ އިނާޔަތެކެވެ. އެ އިނާޔަތް ބޮޑު ކުރައްވާނެ ކަމަށް މި އަހަރުގެ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު ރައީސް ޞާލިހު އިއްވެވި ރިޔާސީ ބަޔާނުގައިވެސް ވަނީ ވިދާޅުވެފައެވެ. 

އެގޮތުން، ރައީސް ޞާލިހް ދެއްކެވި ވާހަކަފުޅުގެ ތެރޭގައި އެދުވަހުވެސް އެމަނިކުފާނު ވަނީ، މިހާތަނަށް އައިއިރުވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ ޖުމްލަ އަދަދާ ތަފްޞީލް އެނގޭ ޤައުމީ ދަފްތަރެއް ރާއްޖޭގައި އެކަލަވާލާފައި ނެތް ކަން ފާހަގަކުރައްވާފައެވެ. އަދި އެފަދަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މިއާއެކު އެމަނިކުފާނު ވަނީ އެދަފްތަރު ނިންމައި މިއަހަރުގެ ފަހު ކުއާރޓާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދޭ ޢިނާޔަތް ބޮޑު ކުރުމަށް ނިންމަވާފައިވާ ކަމަށްވެސް ހާމަކުރައްވާފައެވެ.

އޭގެ ފަހުން، ސެޕްޓެމްބަރު މަހު ކުރިއަށްދިޔަ ތިންވަނަ ވިއަވަތި ކޮންފަރެންސްގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް ވަރަށް އަވަހަށް ބޮޑު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެދުވަހުވެސް ރައީސް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކަމަށާ އެ މަސައްކަތް ނިމުމާއެކު ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދޭ އިނާޔަތް ބޮޑު ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް އަދިވެސް އެކަން ކުރާނެ ތާރީހެއް ސަރުކާރުން ހާމަކުރައްވާފައި ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.