ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ޕްރެސް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީހސް
ހަބަރު
20 Oct 2022 | 17:55
މި ދައުރު ނިމޭއިރު އިތުރަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތެއް ނޯންނާނެ: ތަރުޖަމާނު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު އަސާސީގޮތުން ގާއިމްކޮށްދޭން ޖެހޭ ޚިދުމަތެއް ނޯންނާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. 

މިއުވާން މިފަދައިން ވިދާޅުވެފައިވަނީ ރައީސް އޮފީހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ނުސީދާ ފާޑުކިޔުންތަކެއް އަމާޒުކުރައްވާ ވާހަކަދައްކަވަމުންނެވެ. 

އެގޮތުން މިއުވާން ވިދާޅުވީ ރައީސް ޔާމިންއަށް ވެރިކަން ލިބިވަޑައިގަތުމުން އަތޮޅުތެރޭގެ ރައްޔިތުންނަށް ކޮށްދެއްވަންޖެހޭ ކަންކަން ނުކޮށްދެއްވާ އޮތުމަކީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ރައްޔިތުން ފާހަގަކުރާކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތްޕުޅު ކުރެއްވީ މާލެ ސަރަހައްދު ތަރައްގީކުރުމަށްކަމަށް މިއުވާން ވިދާޅުވިއެވެ. 

މިއުވާން ވިދާޅުވީ ކުރީ ސަރުކާރާއި ޚިލާފަށް މި ސަރުކާރުގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ވެރިކަން ކުރުން ކަމަށެވެ. އެގޮތުން ރައީސް ސޯލިހު އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ އިތުރުން އަސާސީ ޚިދުމަތްތައް ގާއިމްކުރުންކަމަށް އޭނާ ވިދާޅުވިއެވެ. 

"ރައީސް ޔާމީން އިހަވަނދޫއަށް ވަޑައިގެން ވިދާޅުވި އައިސް ޕާލަމްޓް، ބަނދަރުގެ ވާހަކަ. މިހާރުވެސް އެމަސައްކަތް އެރަށުގައި އެބަހިނގާ. ރަށްރަށް ވަޑައިގެން މާލޭގެ މަންޒަރު ފެންނަ ފޮޓޯއެއް ޖައްސަވައިގެން ވައުދުތައް ވަމުންދާއިރު އަޅުގަނޑުމެން މިސަރުކާރުގެ މިދައުރު ނިމޭއިރު ރަށްތަށުގެ އަސާސީ ޚިދުމަތްތައް އިތުރު ދައުރެއްގައި ކުރައްވަން ނުޖެހޭ ވަރަށް އަޅުގަނޑުމެން ކަންކަން ނިންމާނަން"

ރައީސް އޮފީހުގެ ތަރުޖަނާމު މިއުވާން

މިއުވާން އިތުރަށް ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑަށް އިސްކަމެއް ދެނީ އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ޚިދުމަތް ދިނުމަށްކަމަށެވެ. އާބާދީގެ ބޮޑު ކުޑަ މިނަށް ނުބަލައި މިހާރުވެސް ސަރުކާރުން ޚިދުމަތް ފޯރުކޮށްދެމުންދާކަން މިއުވާނު ވަނީ ފާހަގަކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.