އިދިކޮޅު ތަރުޖަމާނު ހީނާ ވަލީދު
ހަބަރު
21 Oct 2022 | 10:03
ދެން ވެސް ވައުދު ފުއްދާނީ ރައީސް ޔާމީން: ހީނާ

ދެންވެސް ވަޢުދުވެ ވަޢުދު ފުއްދޭނީ ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް އަށް ކަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު އަދުގެ ސަރުކާރަށް ހޫނު ރައްދެއް ދެއްވައިފިއެވެ. 

އިއްޔެ ރައީސް އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މިއުވާން މުހައްމަދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ހީނާ ކުރެއްވި ޓުވީޓެއްގައި ވަނީ، އަދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ހީނާ ވިދާޅުވީ، ރައީސް ޔާމީން ބިނާކުރެއްވި ބޮޑެތި އިމާރާތްތައް ރަހުނުކޮށް ލޯނުނަގައިގެންތިބެ، އެއްއަތުން އެމަނިކުފާނު ފެއްޓެވި މަޝްރޫޢުތަކުގެ ރިބަންފަށް ކަނޑަމުން، އަނެއްއަތުން މައިކު ހިފައިގެން ރައީސް ޔާމީން ވައުދުވާނެ ކަމެއްނެތޭ ބުނުމުން ހިނި އަންނަކަމަށެވެ.

"ދެންވެސް ވައުދުވެ ވައުދު ފުއްދޭނީ ރައީސް ޔާމީނަށް." ހީނާ ވިދާޅުވިއެވެ. 

ބޭއްވި ޕްރެސް ކޮންފަރެންސްގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ނުސީދާ ފާޑުކިޔުންތަކެއް އަމާޒުކުރައްވާ ވާހަކަދައްކަވަމުން، މިއުވާން ވިދާޅުވީ ރައީސް ޔާމިންއަށް ވެރިކަން ލިބިވަޑައިގަތުމުން އަތޮޅުތެރޭގެ ރައްޔިތުންނަށް ކޮށްދެއްވަންޖެހޭ ކަންކަން ނުކޮށްދެއްވާ އޮތުމަކީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ރައްޔިތުން ފާހަގަކުރާކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތްޕުޅު ކުރެއްވީ މާލެ ސަރަހައްދު ތަރައްގީކުރުމަށްކަމަށް މިއުވާން ވިދާޅުވިއެވެ. 

މިއުވާން ވިދާޅުވީ ކުރީ ސަރުކާރާއި ޚިލާފަށް މި ސަރުކާރުގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ވެރިކަން ކުރުން ކަމަށެވެ. އެގޮތުން ރައީސް ސޯލިހު އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ އިތުރުން އަސާސީ ޚިދުމަތްތައް ގާއިމްކުރުންކަމަށް އޭނާ ވިދާޅުވިއެވެ. 

"ރައީސް ޔާމީން އިހަވަނދޫއަށް ވަޑައިގެން ވިދާޅުވި އައިސް ޕްލާންޓް، ބަނދަރުގެ ވާހަކަ. މިހާރުވެސް އެމަސައްކަތް އެރަށުގައި އެބަހިނގާ. ރަށްރަށް ވަޑައިގެން މާލޭގެ މަންޒަރު ފެންނަ ފޮޓޯއެއް ޖައްސަވައިގެން ވައުދުތައް ވަމުންދާއިރު އަޅުގަނޑުމެން މިސަރުކާރުގެ މިދައުރު ނިމޭއިރު ރަށްތަށުގެ އަސާސީ ޚިދުމަތްތައް އިތުރު ދައުރެއްގައި ކުރައްވަން ނުޖެހޭ ވަރަށް އަޅުގަނޑުމެން ކަންކަން ނިންމާނަން" މިއުވާން ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.