ރައީސް ޞާލިހު، ޝެއިޚް އިލްޔާސް އަށް އިނާމު އަރުވަނީ-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
21 Oct 2022 | 10:52
ޝެއިހް އިލްޔާސަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު!

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ދީނަށް ޚިދުމަތްކުރުމާއި ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީރޮނގުން ޚިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު, އައްޝައިޚް އިލްޔާސް ޙުސައިން އަށް ދެއްވައިފިއެވެ.

ރޭ ގައުމީ އިނާމު ދެއްވުމަށް ބޭއްވި ރަސްމީ ޖަލްސާގައި އިލްޔާސަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

ޝައިހް އިލްޔާސާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތައްޔާރު ކުރެއްވި ރިޕޯޓްގައި ވަނީ، އޭނާގެ ތަޢުލީމީ ހަޔާތަށް އަލިއަޅުވާލާފައެވެ. އަދި ދިވެހި މުޖުތަމަޢުގައި އިސްލާމްދީނުގެ ވަޙުދަތު ދަމަހައްޓައި، އިސްލާމީ އުސޫލުތައް ނަގަހައްޓައި، އިސްލާމީ ތަޢުލީމަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެކި ފެންވަރުގައި ތަފާތު މަސައްކަތްތައް އިލްޔާސް ކުރިއަށް ގެންދަވާފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

"ދަޢުވާގެ މައިދާނުގައި ކުރެއްވި މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދަވައިފައިވާ އެކި ޕުރޮގްރާމުތަކުގައި، 200 އަށްވުރެ ގިނަ މައުޟޫޢަށް ދެއްވި ދަރުސްތައް ސީޑީއަށް ރެކޯޑު ކުރައްވައި، ރާއްޖޭގެ ކަންކޮޅުތަކަށް ބެއްސެވިއެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި، އިސްލާމްދީނަށް ހޭލުންތެރި ކުރުވުމުގެ ތަފާތު ކުރު ވީޑިއޯ ޕުރޮގްރާމުތައް ހުށަހަޅުއްވަމުން ގެންދަވައެވެ." ރައީސް އޮފީހުގެ ރިޕޯޓްގައި ވެއެވެ.

2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމަޔަށް ދިވެހިރާއްޖޭގެ ފިޤްހު އެކެޑަމީގެ މެންބަރުކަންވެސް އިލްޔާސް ކުރެއްވިކަން ރައީސް އޮފީހުން ވަނީ ފާހަގަ ކުރައްވާފައެވެ.

ޝެއިޚް އިލްޔާސް އަކީ ރައީސް ޞާލިހު ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތް ތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން، އެމަނިކުފާނުގެ ކެންޕެއިން ކޮށްދެއްވުމަށްވެސް ގިނަ ރަށްރަށަށް ވަޑައިގެން، ޕޯޑިއަމްތަކުގައި ރައީސް ޞާލިހު އަށް ތައުރީފް ކުރައްވައި ވާހަކަތައް ދައްކަވާފައިވެއެވެ.   

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.