މެމްބަރު ތާރިގު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
23 Oct 2022 | 12:15
ޗާގޯސް މައްސަލައިގައި ރާއްޖެ މޮރޭޝިއަސްކޮޅަށް ޖެހުން: ފަހަތުގައި އިންޑިއާގެ ނުފޫޒު އޮންނާނެ!

އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި، ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޯޒް އައިލެންޑްސް އެ ގައުމުގެ ތަނެއްގެ ގޮތުގައި ބޭއްވުމާއި މެދު ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދޭން ނިންމި ނިންމުމުގެ ފަހަތުގައި އަވައްޓެރި އިންޑިއާގެ ނުފޫޒު އޮވެދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ. 

ތާރިގު މިފަދައިން ވިދާޅުވެފައިވަނީ ޗާގޯސް މައްސަލައިގައި އާންމުންނަށް ނުފެންނަ ކަންތައްތަކެއް ހުރެދާނެކަން ބަޔާންކޮށް ކުރެއްވި ޓްވީޓެއްގައެވެ. 

އެ ޓްވީޓުގައި ތާރިގު ވިދާޅުވީ މޮރޭޝިއަސްއަކީ އިންޑިއާގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވާ ސަރަހައްދެއްކަމަށެވެ. އެގޮތުން 2015 ވަނަ އަހަރުން ފެށިގެން މޮރެޝިއަސްގައި އިންޑިއާގެ އިންޑިއާގެ މިލިޓަރީ ބޭސްއެއް ހަދަމުންދާކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާކަމަށް ތާރިގު ވަނީ ވިދާޅުވެފައެވެ. އަދި އަލް ޖަޒީރާގެ އެ ރިޕޯޓުވެސް ތާރިގު ވަނީ އޭނާގެ ޓްވީޓާއެކު ހިއްސާކުރައްވާފައެވެ. 

ނުސީދާކޮށް ތާރިގު އެ ވިދާޅުވީ ޗާގޯސް މައްސަލައިގައި ރާއްޖޭގެ ނިންމުން ބަދަލުކުރުމުގެ ފަހަތުގައި އިންޑިއާގެ ނުފޫޒު އޮވެދާނެ ވާހަކައެވެ. 

މި ސަރުކާރަކީ އިންޑިއާއާއި ގާތް ގުޅުމެއް އޮންނަ، އިންޑިއާގެ މަސްލަހަތު އިސްކުރާ ސަރުކާރެއްކަމުން، މި މައްސަލައިގައި މޮރޭޝިއަސްކޮޅަށް ރާއްޖެއިން ވޯޓުދޭން ނިންނި ނިންމުމަކީ އިންޑިއާގެ ނުފޫޒުން، ނުވަތަ އިންޑިއާއިން އެދިގެން ނިންމި ނިންމުމަކަށް ވެދާނެކަމަށް ތާރިގުގެ ޓްވީޓުގައި ވަނީ ސިފަކުރައްވާފައެވެ. 

އިނގިރޭސީންގެ ބާރުގެ ދަށުގައި އޮންނަ ޗާގޯސް އައިލެންޑްގެ އެންމެ ފަހުން 2019 ވަނަ އަހަރާއި އަދި އޭގެކުރިން އެ މައްސަލާގައި ނެގި ވޯޓުގައި ވެސް ރާއްޖެއިން ވޯޓު ދިނީ އިނގިރޭސިވިލާތާ އެއްކޮޅަށެވެ.

މީގެ ކުރިން ޗާގޯސްގައި ނެގި ވޯޓުތަކުގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް އެރީ ވެސް ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ހިމާޔަތްކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުން ލިބޭ ސަރަހައްދު ކަށަވަރުކުރުމަށް ކަމަށް އޭރު ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.