ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ޝުޖާއު ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
23 Oct 2022 | 23:21
ރައްޔިތުން އަތުން ފައިސާ ނަގައިގެން ޚަރަދު ކުރަނީ ޕާޓީ ކުދިންނަށް: ޝުޖާއު

ސަރުކާރުގެ ޚަރަދުތައް ކުޑަ ކުރުމުގެ ބަދަލުގައި ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ނިންމުމާއި ގުޅިގެން އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސް އިބުރާހިމް ޝުޖާއު ފާޑުވިދާޅުވެއްޖެއެވެ. 

ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ ކުރިން ސަރުކާރުގެ ޚަރަދުތައް ކުޑަ ކުރަން ޖެހޭކަމަށެވެ. އަދި ރައްޔިތުންގެ އަތުން ފައިސާ ނަގައިގެން މި ސަރުކާރުން އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ ބަދަލުގައި، އިސްރާފު ކުރަމުންދާކަމަށް ޝުޖާއު ވިދާޅުވިއެވެ. 

އަދި އެ ފައިސާ ޚަރަދުކުރަމުންދަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓުންނަށްކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ. 

"ސަރުކާރަށް އާމްދަނީ ހޯދޭނެ މަސައްކަތެއް މި ސަރުކާރަށް ދެއްކިފައެއް ނުވޭ ތިޔަ ލޮބިވެތި ރައްޔިތުންގެ އަތުން ލާރި ނަގައިގެން، ލާރި ފެލައިގެން ނޫނިއްޔާ. ސަރުކާރު ހިންގަން އަދިވެސް މި އުޅެނީ ރައްޔިތުން ފެލަން. އެހެންނެއް ނޫނެއް ނޯންތޯ ކަންކުރަންވީ! މި ސަރުކާރުގެ ޚަރަދު ކުޑަކުރަން ކޮން އިރަކުތޯއޭ ރައީސް ސޯލިހު ވިސްނަވާނީ؟ އެއީ ނޫންތޯ ރައްޔިތުން އުފައްދަންވީ ސުވާލަކީ. ރައްޔިތުން އަތުން ޖީއެސްޓީ މާދަމާ އެ ބޮޑުކޮށްލަނީ 6 ޕަސެންޓުން 8 ޕަސެންޓަށް. ލިބޭ ލާރިކޮޅު މި ހޭދަކުރަނީ ޕާޓީ މީހުންނަށް އަޗާ ތަޅަން"

ޕީއެންސީގެ ނައިބުރައީސް ޝުޖާއު 

ޝުޖާއުގެ ވާހަކައިގައިވަނީ ސަރުކާރުން ކުރަމުންދާ ދަތުރުތަކަށްވެސް ގިނަ ފާޑުކިޔުންތައް އަމާޒުކުރައްވާފައެވެ. ސަރުކާރަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް ގާއިމްކުރެވިފައި ނުވާއިރު، ދަތުރުތަކަށް ކުރާ ޚަރަދު އެތައް ގުނައަކަށް އިތުރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ދަތުރުތަކުގައި ބޮޑެތި ވަފުދުތައް ގެންދާކަންވެސް ފާހަގަކުރެއްވިއެވެ. 

އެއާއެކު ޝުޖާއު ވިދާޅުވީ، ސަރުކާރުގެ ބޭކާރު ޚަރަދުތައް ކުޑަ ނުކޮށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް އެންމެ ރުފިޔާއެއް ބޮޑުކުރެވިގެން ނުވާނެކަމަށެވެ. އަދި އެކަމަށް ޖާގަ ނުދެއްވުމަށްވެސް ޝުޖާއު ވަނީ އެދިލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.