އަރަބިއްޔާ ސުކޫލުގެ ޕީޓީއޭގެ ނިއުސް ކޮންފަރެންސްގެ ތެރެއިން
ހަބަރު
24 Oct 2022 | 09:44
އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިންގެ އާދޭސް: ތަފާތު ނުކޮށް ދާއިމީ ހިޔާވަހިކަމެއް ދެއްވާ!

ދިވެހިރާއްޖޭގައި އަރަބި ތައުލީމު ކިޔަވައިދޭ ހަމައެކަނި ސުކޫލު ކަމަށްވާ އަރަބިއްޔާ ސުކޫލާއި މެދު ސަރުކާރުން އިހުމާލުވެފައިވާކަން ފާހަގަކޮށް އެ ސުކޫލުގެ ބެލެނިވެރިންގެ ފަރާތުން ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮށްފިއެވެ. 

އަރަބިއްޔާ ސުކޫލުގެ ބޯޑާއި ޕީޓީއޭގެ މަންދޫބުން ގުޅިގެން ބޭއްވި ނިއުސް ކޮންފަރެންސްގައި، ޕީޓީއޭގެ މެމްބަރުންނާއި، މަންދޫބުން ވަނީ ސުކޫލަށް ދިމާވެފައިވާ ދަތިތަކާއި، މިހާރު ދަރިވަރުން ކިޔަވަމުންދާ ގޮތުގެ އިތުރުން، ސަރުކާރުން އަޅާދޭނެކަމަށް ބުނި އާ ސުކޫލުގެ ޕްލޭނަށް ގެނައި ބަދަލުގެ ސަބަބުން ހުރި ކަންބޮޑުވުންތައްވެސް ހިއްސާކޮށްފައެވެ.

ވަގުތީ ސުކޫލުން ދަރިވަރުންނަށް ގިނަ ޚިދުމަތްތަކެއް ނުލިބޭ 

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޓީއޭގެ ނައިބުރައީސް ޢާއިޝަތު ޝާދިޔާ ވިދާޅުވީ މިހާރު އަރަބިއްޔާ ސުކޫލުގެ ދަރިވަރުން ވަގުތީ ސުކޫލެއްގައި ކިޔަވަމުންދަނީ ވަރަށް ގިނަ ޙިދުމަތްތަކުން މަހުރޫމެ ތިބެ ކަމަށެވެ. 

އެގޮތުން ދަރިވަރުންގެ ހަށިގަނޑުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ނަގަން ޖެހޭ ޕިސިކަލް އެކްސަސައިޒް ގަޑި ގަވައިދުން ނުނެގޭ ކަމަށާއި، ސުކޫލުގައި ލެބޯޓްރީއެއް އަދި ލައިބްރަރީއެއްވެސް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑުމެންގެ ސުކޫލު އެހުރީ ކުރީގެ އެމްޓީސީސީ ބިލްޑިންގައި، އެތާގައި ފޮށިގަނޑެއް ގޮތެއް މި ހުންނަނީ، އަޅުގަނޑުމެން ގަބޫލުކުރަން ވަގުތީ ސުކޫލެއްގެ ގޮތުގައި އަޅުގަނޑުމެން އެތަނަށް ވަނީ. އެ ތާގައި އަޅުގަނޑުމެންގެ ކުދިންނަށް ވަރަށް ގިނަ ކަންތައްތަކެއް މަހުރޫމުވެފަ ވަނީ، މި ގޮތުން ސުކޫލުގަ ޕީއީ ބާއްވާނެ ތަނެއް ނޯވޭ، އެހެންވީމަ ޕީއީ ގަނޑި ނަގަންވެއްޖެއްޔާ އަޅުގަނޑުމެންގެ ކުދިން މި ޖެހެނީ މެންދުރު ފަހުގެ ދަންފަޅީގެ ކިޔެވުން ކެންސަލްކޮށްފައި ޓީޗަރުން މި ޖެހެނީ ކުދިން ގޮވައިގެން ހެންވޭރު ދަނޑަށްދާން ޕީއީ ގަޑި ނެގުމަށް. އަނެއްކަމަކީ އަޅުގަނޑުމެންގެ ކުދިންނަށް ލެބޯޓްރީއެއްގެ ޚިދުމަތް ނުލިބޭ އަދިވެސް، އަދި ލައިބްރަރީއަކާއިވެސް ނުލާ"

ޕީޓީއޭގެ ނައިބުރައީސް ޢާއިޝަތު ޝާދިޔާ

ކުރީގެ ފޮރިން މިނިސްޓްރީގެ އިމާރާތުގައި ހުރި އަރަބިއްޔާގެ ވަގުތީ ސުކޫލު 

އަރަބިއްޔާގެ އާ ސުކޫލަށް ދިން ބިމުން ބޮޑުބައެއް އުނިކުރުން 

އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ޕީޓީއޭގެ މެމްބަރު ޔޫސުފް ވިދާޅުވީ، ހަމަހަމަ ކަމާއެކު ސުކޫލުތަކަށް ޚިދުމަތް ކުރުމަކީ ސަރުކާރަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާއެއް ނަމަވެސް އެ ޒިންމާ އަދާކުރުމުގައި ސަރުކާރުން ނުކުޅެދިފައިވާކަމަށެވެ. 

އަރަބިއްޔާ ސުކޫލަކީ ރާއްޖޭގައި އަރަބި ތައުލީމު ކިޔަވައިދޭ ހމައެކަނި ސުކޫލަށްވެފައި، މިހާރުވެސް 800އަށް ވުރެ ގިނަ ދަރިވަރުން އެ ސުކޫލުގައި ކިޔަވަމުންދާއިރު، އަހަރުތަކެއް ވަންދެން އެ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދާދެވިފައި ނުވާކަމަށެވެ. 

އަރަބިއްޔާ ސުކޫލުގެ ދާއިމީ އިމާރާތް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބާ ޖަމާލުއްދީން ސުކޫލު ކަނޑައަޅާދެއްވި ދެއްވުމަކީ، އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިން އުފަލާއެކު ބަލައިގަތް ކަމެއްކަމަށް ޔޫސުފް ވިދާޅުވިއެވެ.

އެހެން ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީއިން އެފަހުން ސުކޫލު އެޅުމުގެ ޕްލޭނަށް ގެނައި ބޮޑު ބަދަލުގެ ސަބަބުން އަރަބިއްޔާއަށް ކައިރި މުސްތަގުބަލެއްގައި ޖާގައިގެ ދަތިކަން އަނެއްކާވެސް ދިމާވެ، އިތުރު ދަތުވަރުންނަށް ސުކޫލުން ފުރުސަތު ނުލިބޭ ވަރަށް އެ ދަތި ތަހަންމަލް ކުރަން ޖެހޭނެކަމަށް ޔޫސުފް ވިދާޅުވިއެވެ. 

އަރަބިއްޔާ ސުކޫލަށް ކުރިން ދިން ޖާގައާއި ފަހުން ގެނެވުނު ބަދަލާއެކު ލިބޭ ޖާގަ ދައްކުވައިދޭ ކުރެހުމެއް

ޔޫސުފް އިތުރަށް ވިދާޅުވީ އަރަބިއްޔާ ސުކޫލަށްވުރެ މާ އާބާދީ ކުދި ސުކޫލުތަކަށް މާ ބޮޑެތި ޖާގަތައް ދީފައިވާކަން ފާހަގަކުރެވޭކަމަށެވެ. 

ގަވައިދުގައި ބުނާގޮތުން ރާއްޖޭގެ ސުކޫލެއްގެ ބޮޑުމިނުގައި މަދުވެގެން 25 އަކަފޫޓު ހުންނަން ވާނެކަން ބަޔާންކޮށްފައިވީ ނަމަވެސް އަރަބިއްޔާ ސުކޫލަށް ދީފައި މިވާ ޖާގައަކީ އެއަށް ވުރެ މާ ބޮޑުތަން ކުޑަ ޖާގައެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު އޮތް ޕްލޭނާއި އެއްގޮތަށް ސުކޫލު އަޅައިފިކަމަށް ވާނަމަ، ސުކޫލުގައި ޕީއީ ގަޑި ނަގަން ދަތިވެ އަނެއްކާވެސް ޖާގައިގެ ދަތިކަން ދިމާވެ، އެ ސުކޫލުން ނިކުންނަން ޖެހޭ ހާލަތު ދާދި އަވަހަށް މެދުވެރި ވެދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. 

އާ ސުކޫލުގެ އިމާރާތް ނުނިމި ދިގުލައިގެން ދިއުން

އަރަބިއްޔާ ސުކޫލުގެ ދަރިވަރުން މިހާރު ކިޔަވަމުންދަނީ ވަގުތީ ސުކޫލެއްގައިކަމުން ދަރިވަރުންނަށް ތައުލީމީ މުގައްރަރުގެ ތެރެއިން ވަރަށް ގިނަ ކަންކަން އުނިވާކަން ބެލެނިވެރިން ގެންދަނީ ފާހަގަކުރައްވަމުންނެވެ. 

ވަގުތީ ސުކޫލެއްގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމަކީ ދަރިވަރުންނާއި ބެލެނިވެރިންނަށްވެސް ވަރަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާ ކަމެއްގެ ގޮތުގައި ޕީޓީއޭއިން ފާހަގަކުރެއްވިއެވެ. 

އެގޮތުން ސުކޫލު ބޯޑުގެ މެމްބަރު އަބްދުއްރަހްމާނު ވިދާޅުވީ ސުކޫލުގެ އާ އިމާރާތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެލެއްވި ވައުދާއި އެއްގޮތަށް ނިންމާ ލެވިފައި ނުވާކަންވެސް ފާހަގަކުރެއްވިއެވެ. 

ޕީޓީއޭގެ މެމްބަރުން ނޫސްވެރިންނަށް ހިއްސާކުރި މައުލޫމާތަށް ބަލާއިރު، އެ ސުކޫލުގެ މަސައްކަތް އަވަސްކުރުމަށް ޕީޓީއޭއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ޕީޓީއޭއިން ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރައްވާ އަރަބިއްޔާ އަށް ދިމާވެފައިވާ މައްސަލަތައް ވަނީ ހިއްސާކޮށްފައެވެ. 

ބާ ޖަމާލުއްދީން ސުކޫލުގެ ބިން އަރަބިއްޔާއަށް ހަމަޖައްސާދެއްވާފައިވަނީ އެ ބައްދަލުވުމުގެ ތެރެއިންކަމަށް ޕީޓީއޭއިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް 7 އޯގަސްޓު 2022 ގައި އަރަބިއްޔާ ސުކޫލުގެ ޖާގަ ކުޑަކޮށް ސެޕްޓެމްބަރު 10އަކަށް ތަން ތަޅާލާ މަސައްކަތް ފައްޓަވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައިވާކަން ޕީޓީއޭއިން ފާހަގަކުރެއްވިއެވެ. 

ސުކޫލެއް އެޅުމަށް ހޭދަކުރެވޭ މުއްދަތަކީ 17 މަސް ދުވަސްކަމަށް ވާއިރު، ދައުރު ނިންމާލުމުގެ ކުރިން އަރަބއްިޔާގެ އާ ސުކޫލު އަޅާނެކަމަށް ވިދާޅުވި ވިދާޅުވުމާއި އެއްގޮތަށް މަސައްކަތް ނިންމާލެވުމަކީ ނާދިރު ކަމެއްކަން ޕީޓީއޭގެ މެމްބަރު އަބްދުއްރަހުމާނު ވަނީ ވިދާޅުވެފައެވެ. 

އަރަބިއްޔާ ސުކޫލުގެ ޕީޓީއޭގެ ނިއުސް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ދުވަސް

އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރައްވަމުން އަރަބިއްޔާގެ ޕީޓީއޭއިން ބުނީ އަރަބިއްޔާ ސުކޫލަށް ބޭނުންވަނީ ދާއިމީ ހައްލެއްކަމަށެވެ. އެއްތަނުން އަނެއްތަނަށް ބަދަލުވާން ޖެހުމާއި، އެހެން ސުކޫލަކާއެކު އިމާރަތް ޝެއަރކުރަން ޖެހުން ފަދަ ގޮންޖެހުންތައް އަރަބިއްޔާއަށް ދިމާވެފައިވާާތާ އެތައް އަހަރެއް ވެގެން ގޮސްފައިވާކަން ޕީޓީއޭއިން ވަނީ ފާހަގަކޮށްފައެވެ. 

އެއާއެކު އެބޭފުޅުން އެދިލެއްވީ ދާއިމީ ހައްލެއް ހޯދާދިނުމަށެވެ. ރާއްޖޭގެ އެހެން ސުކޫލުތަކަށްވެސް ދީފައިވާ ގޮތަށް، އަދި ގަވައިދުގައި ބުނާ އުސޫލުން އެކަށީގެންވާ ޖާގައެއް އަރަބިއްޔާ ސުކޫލަށްވެސް ހޯދާދިނުމަށެވެ.

އަރަބިއްޔާ ސުކޫލުގެ ދަރިވަރުންނާއި ސުކޫލުގެ މުސްތަގުބަލަށް ވިސްނަވާ އެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސާދެއްވުމަކީ ބެލެނިވެރިންގެ އާދޭސްކަމަށް ޕީޓީއޭއިން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.