އެމްއެފްޑީއޭއިން ވަނީ އަލް ގަމަރު ބްރޭންޑުގެ ބާސްމަތީ ހަނޑޫ ބޭނުން ނުކުރުމަށް އެދިފައި
ހަބަރު
25 Oct 2022 | 11:57
ތާރީހު އޮޅުވާލައިގެން ހަނޑުލެއް ވިއްކާތީ ސަމާލުވާން އެދިއްޖެ

ބާސްމަތީ ހަނޑުލުގެ ބާވަތެއްގެ މުއްދަތު ހަމަވެފައި ވަނިކޮށް، މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށްގެން އޮޅުވާލައިގެން ވިއްކަމުންދާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޕާކިސްތާނުގެ "އަލް ގަމަރު" ބްރޭންޑުގެ "ގޯލްޑް ޕްރީމިއަމް އެރޯމެޓިކް ވައިޓް ބާސްމަޓީ ރައިސް"ގެ މުއްދަތު ހަމަވެފައިވާ ފަސް ކިލޯގެ ޕެކެޓުތަކެއް، މުއްދަތު ހަމަވެފައި ނުވާ ކަމަށް ދައްކަން މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށްގެން ރާއްޖޭގައި ވިއްކަމުންދާ ކަމަށެވެ.

އެކަން ފާހަގަ ކުރެވުނީ އެ އޮތޯރިޓީގެ އިންސްޕެކްޝަނަކުން ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ. އެ ހަނޑޫ ޕެކެޓުގެ މުއްދަތު ހަމަވުމުން ވިއްކަމުން ދިޔައީ އޭގެ މުއްދަތު ހަމަވާ ތާރީހު ހުންނަ ތަނުގެ މަތީގައި ސްޓިކާއެއް ހަރުކޮށް، ތާރީހަށް ބަދަލު ގެނެސްގެން ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އެހެންކަމުން މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށްގެން ކާބޯތަކެތި އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި، އެފަދަ ތަކެތި ބޭނުން ނުކުރުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.