Advertisement

ވަޓްސްއަޕެގެ ޚިދުމަތް މެދުކެނޑިއްޖެ

ވަޓްސްއެޕްގެ ޚިދުމަތް ވަނީ މެދުކެނޑިފައި

ދުނިޔޭގެ އެތައް މިލިއަން މީހުން ބޭނުން ކުރަމުން އަންނަ ސޯޝަލް މީޑިއާ އެޕްލިކޭޝަން ވަޓްސްއެޕްގެ ޚިދުމަތް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މެދު ކެނޑިއްޖެއެވެ.

ވަޓްސްއްޕް ވެބްސައިޓުގެ ޑައުން ޑިޓެކްޓަރއިން މި އެޕްލިކޭޝަންގެ ޚިދުމަތް މެދުކެނޑިފައިވާކަން މިއަދު ރާއްޖޭ ގަޑިން މެންދެރެއްހާއިރު ވަނީ ރިޕޯޓުކޮށްފައެވެ.

ވަޓްސްއަޕް ހިދުމަތް މެދު ކެނޑިފައިވާ ޤައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ. 

"ވަޓްސްއެޕަށް ކުރިމަތިވެފައިވާ ބައިނަލްއަގުވާމީ މައްސަލައެއްގެ ސަބަބުން އެޕްލިކޭޝަން ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ"

އުރީދޫ

ރާއްޖޭގެ މުއާސަލާތީ ހިދުމަތް ދެމުން ގެންދާ އުރީދޫ އިން ވަނީ ވަޓްސްއަޕް ހިދުމަތައް ބުރޫ އަރާފައިވާކަން ހާމަކޮށް ޓުވީޓޫ ކޮށްފައެވެ.

Advertisement

ކޮމެންޓް