ރައީސް ޔާމީން ހޮޅުދޫގައި އޮތް ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
25 Oct 2022 | 22:32
ފޯޅަވަހި މައްސަލައިގައި ރައީސް ހަނު ހުންނަވަނީ ކުށް ކުރެވުނުކަން ގަބޫލު ކުރާތީ: ރައީސް ޔާމީން

ފޯޅަވަހި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަނު ހުންނަވަނީ އެ މައްސަލައިގައި ގޯސްތަކެއް ހައްދަވާ ކުށް ކުރެވުނުކަން އަމިއްލަފުޅަށް ގަބޫލުކުރެވޭތީކަމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ. 

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ނ ހޮޅުދޫގައި ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. 

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ފޯޅަވަހި މައްސަލައިގައި ސަރުކާރުން ސްޓޭންޑް ބަދަލުކުރުމާއި ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފައެވެ. 

އެގޮތުން އެމަނިކުފާނު ވިދާޅުވީ ފޯޅަވަހި މައްސަލައިގައި ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ދިއުމުގެ ފުރުސަތު އޮތްކަމަށެވެ. ރާއްޖޭގެ ސަރަހައްދުން ގެއްލޭނެ ސަރަހައްދުގެ ބޮޑުމިން ރައްޔިތުންނަށް ފަސޭހައިން ވިސްނައިދެއްވުމަށް މިސާލު ޖައްސަވަމުން ރައީސް ޔާމީން ވިދާޅުވީ ފޯޅަވަހި މައްސަލައިގައި ސަރުކާރުން މޮރިޝަސްކޮޅަށް ޖެހުމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދުން ޕޯޗުގީޒު ވަރުގެ ބޮޑު ސަރަހައްދެއް ގެއްލިގެންދާނެކަމަށެވެ. 

އެކަން ސަރުކާރުން ކޮށްފައިވަނީ ގަވައިދާއި ޚިލާފަށްކަމަށާއި، އެކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތައް އެކަމުގެ ޒިންމާ ދަންގަވަން ޖެހޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން މިހާ ބޮޑަަށް ފޯޅަވަހި މައްސަލައާއި ގުޅިގެން އޮތް އިރު ރައީސުލް ޖުމްހޫރިއްޔާ ހުންނަވަނީ ހަނުކަމަށެވެ. 

އެގޮތަށް ރައީސް ހަނު ހުންނަވާ ހުންނެވުމުން އެމަނިކުފާނު އަމިއްލަފުޅަށް ކުށަށް އިއުތިރާފުވާކަން ދަލީލުކޮށްދޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ފޯޅަވަހި މައްސަލައިގައި ރައީސް ހަނު ހުންނަވަނީ ކުށްވެރިންނަށް ލިބިދޭ ހަނު ހުރުމުގެ ހައްގުގެ ބޭނުން ހިއްޕަވައިގެންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރަހައްދުން އަކަ އިންޗިއެއްވެސް ދޫކޮށްލުމަކީ ދިވެހިން ބޭނުންވާނެ ގޮތެއް ނޫންކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލޭގޮތަށް ސަރުކާރުން މޮރިޝަސްއަށް އެއްކޮޅަށް ވޯޓުދިނުމަށް ނިންމީ ޑީލްއެއް ހަދައިގެން ނުވަތަ އިންޑިއާގެ ނުފޫޒު ފޯރުވައިގެންކަމަށް ބެލެވޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.