އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް-- ފޮޓޯ: ޕީޕީއެމް
ހަބަރު
26 Oct 2022 | 16:49
ފުލުހުންގެ ގިނަ ކަންކަން މިހާރު ދަނީ ސިޔާސީ ވަމުން: ރައީސް ޔާމީން

ދިވެހި ފުލުހުންގެ ޚިދުމަތުގެ ގިނަ ކަންކަން މިހާރު ދަނީ ސިޔާސީ ވަމުން ކަމަށާ، ފުލުހުންގެ ތަހުގީގަށް އިތުބާރު ނުކުރެވޭ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. 

ނ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ.މަގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ، އިއްޔެ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނިކޮށް ނިޔާވި މީހާ ނިޔާވީ ޠަބީޢީ މަރަކުން ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. 

އެމައްސަލައާއި ގުޅިގެން އިދިކޮޅުން ކަންބޮޑުވުން ފާޅުކުރާއިރު، އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ފުލުހުން ބުނި ކަމުގައި ވިޔަސް ފުލުހުންގެ ބަހަށް އިތުބާރު ނުކުރެވޭ ކަމަށް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލަ އަކީ އެމްޑީޕީގެ ސަރުކާރަށްވެސް ފިކުރު ކުރަންޖެހޭ ވަރުގެ ބޮޑު، ޒިންމާ އުފުލަންޖެހޭ މައްސަލައަކަށް ވާތީ އިދިކޮޅުން ބޭނުންވީ އެ މައްސަލާގައި މިނިވަން ތަހުގީގެއް ހިންގަން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. 

"މިނިވަން ތަހުގީގެއް ކުރަން ގޮވާލަންޖެހެނީ ފުލުހުން ކުރާ މިފަދަ ތަހްގީގު ތަކަށް އިތުބާރު ނުކުރެވޭތީ. ފުލުހުންގެ ވަރަށް ގިނަ ކަންތައްތައް މިހާރު އެދަނީ ހަމަ ސިޔާސީ ވަމުން. މީކީ އަޅުގަނޑުމެންގެ ގައުމުގެ ކުރިމަގަށް އުޖާލާ ކަމެއް ނޫން. އެހެން ނަމަވެސް ހާލަތު އޮތް ގޮތް އަޅުގަނޑުމެން އެންމެ ފުރަތަަމަ ގަބޫލުކުރަން ޖެހޭނެ. އަދި އެކަން އަޅުގަނޑުމެންގެ ތެރޭގައި ހަމަ އެންމެނަށްވެސް އެނގެން ވާނެ." 

މިއާއެކު ޔާމީން ވަނީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި މީހާގެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމުން މަޖިލީހުން ބޭރުކޮށްލުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ނަމަވެސް ދިމާވާ އެފަދަ ކުއްލި ބޮޑެތި މައްސަލަތަކަކީ ކުއްލި މައްސަލަތައް ކަން ރައްޔިތުން އިންތިޚާބުކުރާ މަންދޫބުން ގަބޫލުކުރަންޖެހޭ ކަން ފާހަގަކޮށް ޔާމީން ވިދާޅުވީ، އެފަދަ މައްސަލަތައް މަޖިލީހުން ބަލަނީ އެކަމާއި ގުޅޭ ރަނގަޅު ތަހުގީގެއް ހިންގައި ދެން އެފަދަ ކަމެއް ނުހިނގާނެކަން ޔަގީން ކުރުމުގެ ގޮތުންކަމަށެވެ. 

އެހެން ނަމަވެސް މީހެއްގެ ކުއްލި މަރުގެ މައްސަލަ އާއި ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ވެސް ބަލައިގަތުމުގެ ހިތްވަރު އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުގައި ނެތް ކަމަށް ވިދާޅުވެ ޔާމީން ވަނީ ފާޑުވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.