ރައީސް ޔާމީން ނ. މަނަދޫއަށް ވަޑައިގެންނެވުން--ފޮޓޯ: ޕީޕީއެމް
ހަބަރު
27 Oct 2022 | 11:03
ރައީސް ޔާމީންގެ ނ އަތޮޅު ދަތުރުގެ ފަސް ވަނަ މަންޒިލް، މަނަދޫ އަށް ވަޑައިގެންފި!

ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ނ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ދާދި ދެންމެއަކު ނ. މަނަދޫއަށް ވަޑައިގެންފިއެވެ.

ރައީސް ޔާމީންއަަށް މަނަދޫއިން މަރުހަބާ ދެންނެވުމަށް އިދިކޮޅަށް ތާއީދު ކުރާ ކުދި ބޮޑު ގިނަ ރައްޔިތުން ވަނީ އެ ރަށުގެ ބަނދަރު ސަރަހައްދަށް އެއްވެފައެވެ. އެގޮތުން އެއްވެ ތިބި ގިނަ މީހުން ތިބީ، ގައުމީ ދިދަ އާއި، އިންޑިއާ އައުޓް ދިދައާއި ޕީޕީއެމްގެ ދިދަ ހިފައިގެންކަން ފާހަގަކޮށްލަންޖެހެއެވެ. 

ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އިސްތިގުބާލުގައި ތިއްބެވި ހުރިހާ ރައްޔިތުންނާއި ސަލާމްކުރައްވާފައެވެ.

ރައީސް ޔާމީން ނ އަތޮޅަށް ކުރައްވަމުންދާ މި ދަތުރުފުޅު ތެރެއިން ބުދަ ދުވަހު ވަނީ ނ. ކެނދިކުޅުދޫ އަށާއި ހޮޅުދޫއަށްވެސް ވަޑައިގެން އެރަށް ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފައެވެ. އެއަށްފަހު އިއްޔެ މަގޫދޫއާއި މިލަދޫއަށްވެސް ވަނީ ވަޑައިގެންފައެވެ. އަދި މިއަދުގެ މަނަދޫ ދަތުރުފުޅަށްފަހު ދެން އެމަނިކުފާނު ވަޑައިގަންނަވާނީ އެމަނިކުފާނުގެ މަންމާފުޅުގެ އުފަންރަށް، ނ. ވެލިދޫ އަށެެވެ. 

ރައީސް ޔާމިން އަތޮޅުތެރެއަށް ކުރައްވާ މި ދަތުރުފުޅަކީ އަތޮޅުތެރޭގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމުގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕީޕީއެމްގެ މެނިފެސްޓޯއަށް ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކުރުމަށް ކުރައްވާ ދަތުރުފުޅުތަކެއްކަން އިދިކޮޅުން ބުނެއެވެ. 

އަދި މި ދަތުރުފުޅު ތަކުގެ ތެރެއިން ޕާޓީގެ މެންބަރުން އިތުރު ކޮށް، ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ކުރައްވާނެކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.