މުހައްމަދު އިބްރާހީމް (ޑިކޭ) ޕީޕީއެމާއި ސޮއީ ކުރި ފޯމް ރައީސް ޔާމީނާއި ހަވާލުކުރަނީ-- ފޮޓޯ: ވޮއިސް
ހަބަރު
28 Oct 2022 | 10:03
ނައިފަރުގެ އެމްޑީޕީ ވަރުގަދަ ތަނބެއް ޕީޕީއެމަށް!

ޅ. ނައިފަރުގައި އެމްޑީޕީގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅެއް ކަމަށްވާ މުހައްމަދު އިބްރާހީމް (ޑިކޭ) ޕީޕީއެމަށް ސޮއިކޮށްފިއެވެ. 

މުހައްމަދު އިބްރާހިމް ޕީޕީއެމާއި ގުޅުނުކަން އިއުލާންކޮށް، ފޯމު ހަވާލުކޮށްފައިވަނީ، ރޭ ނ.ވެލިދޫގައި އޮތް ޕީޕީއެމްގެ ޚާއްސަ ޖަލްސާގެ ތެރެއިންނެވެ. އޭނާ ޕާޓީއަށް ސޮއި ކުރި ފޯމު އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް އާއި ރޭގެ ޖަލްސާގައި ވަނީ ހަވާލުކޮށްފައެވެ. 

މުހައްމަދު އިބްރާހިމް އަކީ ނައިފަރުގައި އެމްޑީޕީ ހަރަކާތްތައް ފެށިގެން އައި އިރު އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ފަރާތެވެ. އަދި މިއަދާއި ހަމައަށްވެސް އެމްޑީޕީއަށް މާލީގޮތުންނާއި އެނޫން ގޮތް ގޮތުންވެސް އޭނާ ވަނީ އެހީވެދީފައެވެ. 

މުހައްމަދު އިބްރާހިމްގެ އިތުރުން ވެސް، ރައީސް ޔާމީން ނ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ޒިޔާރަތްކުރެއްވި ރަށްރަށުން ޕީޕީއެމާއި ގުޅުނު ފަރާތްތަށްވަނީ ޕާޓީއަށް ސޮއި ކުރި ފޯމް ރައީސް ޔާމީނާއި ހަވާލުކޮށްފައެވެ. އަދި މީގެ ކުރިންވެސް ރައީސް ޔާމީން އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅު ތަކުގެ ތެރެއިން އެޕާޓީއާއި ގިނަ ފަރާތްތަކެއް ވަނީ ގުޅިފައެވެ. އޭގެ ތެރޭގައި ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ގިނަ ފަރާތްތަކެއް ހިމެނޭ ކަމަށް އިދިކޮޅުން ބުނެއެވެ. 

އެމްޑީޕީގެ ފަރާތްތަށް އެ ޕާޓީ ދޫކުރާ މައިގަނޑު ސަބަބެއް ކަމުގައި، އެފަރާތްތަކައީ ހަވާލާދީ ޕީޕީއެމުން ބުނަނީ، މި ވެރިކަމުގައި ގެންގުޅޭ ދީނާ ބީރަށްޓެހި ސިޔާސަތު ކަމަށެވެ. އެގޮތުން، ބޮޑެތި ފާހިޝް ޢަމަލުތައް ފާޅުގައި ހިންގަމުންދާއިރުވެސް ފިޔަވަޅު ނާޅައި، ލާދީނީ ކަންކަމަށް ސަރުކާރުން ތަރުހީބު ދޭ ކަމަށް އެ ފަރާތްތަކުން ބުނާ ކަމަށް އިދިކޮޅުން ބުނެއެވެ. 

ކޮމެންޓް
ބާސް
ވެރިކަމެއް ދީނާ ދުރުވެގެން ޑިކޭމެން ޕާރޓީ ބަދަލްކުރުން ތީ ވަރަށް ހިނިއަންނަ ކަމެއް
28 Oct 2022
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.