ރައީސް ޞާލިހާއި މެންބަރު މުހައްމަދު ނާޝިޒު
ހަބަރު
28 Oct 2022 | 12:42
ރައީސް އަކީ ކެރޭ ބޭފުޅެއް؛ ނަގަން ޖެހޭ ޑިސިޝަން ނަންގަވާނެ: ނާޝިޒް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަކީ ކެރޭ ބޭފުޅެއް ކަމަށާ، ކޮންމެ ކަމެއްގައިވެސް ނިންމަވަން ޖެހޭ ނިންމެވުމެއް ނިންމަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމް ގައި ޓެކްސް ބޮޑު ކުރުމާއި ގުޅޭގޮތުން މަޖިލީހުގެ އާއްމު ކޮމިޓީގައި މިހާރު ކުރިއަށްދާ ބަހުސާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނާޝިޒު ވިދާޅުވީ، ކޮވިޑާއި ގުޅިގެންނާއި ރަޝިޔާ-ޔުކްރެއިން ހަނގުރާމަ އާއި ގުޅިގެން ކުރިމަތިވަމުންދާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް މަސައްކަތް ތަކެއް ކުރަންޖެހޭ ކަމަށެވެ. 

މިއާއެކު ނާޝިޒު ވިދާޅުވީ ސްރީލަންކާގެ ހާލަތަކީ މިވަގުތު ރާއްޖެއިން އެކަމުން އިބްރަތް ހާސިލް ކުރަންޖެހޭ ހާލަތެއް ކަމަށެވެ. އެގޮތުން އެ ގައުމުގައި، ކޮވިޑް އައުމުގެ ކުރިން، ޓެކްސް ބޮޑު ކުރަންވީ ވަގުތުގައި ޓެކްސް ކުޑަ ކުރީކަން ފާހަގަކޮށް ނާޝިޒު ވިދާޅުވީ، އެގައުމަށް އެންމެ ބޮޑަށް އާމްދަނީ ބޭނުންވީ ވަގުތު، ޓެކްސް ކުޑަކޮށްގެން ކަންތައް ކުރީ އޭގެ އިދިކޮޅަށް ކަމަށެވެ. ވުމާއެކު އޭގެ ނަތީޖާ އެގައުން ފެންނަމުންދާ ކަމަށާ، އެކަމުން ފިލާވަޅު ލިބިގަނެ ރާއްޖޭގެ އިގްތިސާދު މެނޭޖުކުރުމަށް އަދުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ޖާގަދީ އެކަމަށް ތާއީދު ކުރަންޖެހޭނެކަމަށްވެސް ނާޝިޒު ވިދާޅުވިއެވެ. 

މީގެ އިތުރުން ނާޝިޒު ވިދާޅުވީ، އެއްވެސް މީހަކަށް ހުރިހާ އެއްޗެއް އެންމެ ރަނގަޅަށް ނޭނގޭނެ ކަމަށެވެ. އެހެންނަމަވެސް ކަންކަމުގެ ތަޖުރިބާކާރު ބޭފުޅުން ދައްކަވާ ވާހަކަތަކާއި، އެބޭފުޅުން ހަދާފައިވާ ދިރާސާތަކާއި، ދުނިޔޭގެ އެކި ގައުމުތަކުން ކޮށްފައިވާ ތަޖުރިބާ އަށްބަލައި އޭގެ އަލީގައި ކުރިއަށް ދިޔުމަކީ ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.  

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަކީ ވަރަށް ބްރޭވް ބޭފުޅެއް އިނގޭތޯ. ވަރަށް ކެރޭ ވަރަށް ބްރޭވް ބޭފުޅެއް. ކޮންމެ ކަމެއްގެ، އެ ނިންމަވަން އެ ޖެހޭ ޑިސިޝަން، ނަންގަވަންޖެހޭ ޑިސިޝަން ނަންގަވާ އިންގޭތޯ. އެއީ ބޯޑަރ ކްލޯސް ކުރަން ޖެހުނަސް އަނެއްކާ އަލުން ބޯޑަރ ހުޅުވާން ޖެހުނަސް. މެޑިކަލީ އޭރުގަ ރާއްޖެ ތައްޔާރު ކުރުމަށްޓަކައި އޭރު ނަންގަވަން ޖެހޭ ހުރިހާ ޑިސިޝަނެއް ނެންގެވި އިނގޭތޯ."

މެންބަރު މުހައްމަދު ނާޝިޒު

ނާޝިޒު ވިދާޅުވީ ކޮވިޑްގެ ހުރިހާ ކަމެއްވެސް ރައީސުލްޖުމްހޫރިއްޔާ ބެއްލެވީ އަމިއްލަ ފުޅަށް އެ ހުރިހާ ކަމެއްގެ ތެރެއަށްވަދެ ކަމަށާ، އެ ހުރިހާ ކަމެއް މެނޭޖްވެސް ކުރެއްވީ އަމިއްލަ ފުޅަށް އެކަންކަމުގެ ތެރޭގައި އުޅުއްވައި ކަމަށެވެ. އަދި އެގޮތަށް ކަންކަން ކުރުމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމެއްވެސް ނޫން ކަމަށާ، އެހެން ނަމަވެސް އެމަނިކުފާނު ވަނީ އެގޮތަށް އެކަން ކުރައްވާފައި ކަމަށާ، އެތަން އޭނާއަށްވެސް ވަނީ ފެނިފައި ކަމަށް ވިދާޅުވިއެވެ. 

"އެހާގާތުން, އެހާ ރަނގަޅަށް ގައުމާ ދޭތެރޭ ކަންތައް ކުރެއްވި ވެރިއަކު ހަމަގައިމުވެސް އަޅުގަނޑެއް ނުދެކެން އިނގޭތޯ. އެހެންވީމާ އެހެން ބޭފުޅުން އެ ދައްކަވާ ވާހަކަ އަކަށް އަޅުގަނޑަކަށް ހިޔެއް ނުވޭ އެއްވެސް ޖެހިލުމެއް ހުންނާނެ ހެނެއް. މި ގައުމު ސަލާމަތް ކުރުމަށް، މިގައުމުގެ އިގްތިސާދީ ގޮތުން ހުރި ގޮންޖެހުންތަކުން ގައުމު އަރައިގަތުމަށް ކުރައްވަން ޖެހުނު ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށް ގައިމުވެސް އަޅުގަނޑުގެ ހިތަށް ޝައްކެއްނެތް" 

މެންބަރު މުހައްމަދު ނާޝިޒު

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.