އިދިކޮޅު ތަރުޖަމާނު ހީނާ ވަލީދު/ ފޮޓޯ: ވޮއިސް
ހަބަރު
30 Oct 2022 | 09:54
ކޯލިޝަން ބާކީކޮށް ރައީސް ޞާލިހު މަޝްވަރާކުރައްވަނީ އިމްރާނާ އެކަނި: ހީނާ

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުން ބާކީކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވަނީ ހަމައެކަނި އަދާލަތު ޕާޓީގެ ލީޑަރު އަދި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާނު އާ އެކަނި ކަމަށް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

ހީނާ މިފަދައިން ވިދާޅުވެފައިވަނީ ފޯޅަވަހި މައްސަލައިގައި މަޝްވަރާ ނުކުރައްވާކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ސިޔާސީ ޕާޓީ އެމް.އާރު.އެމް އިން ބަޔާނެއް ނެރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. މައުމޫނުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެ މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތާއި މެދު ނުރުހުން ފާޅުކުރައްވާފައެވެ. 

އެއާއެކު ހީނާ ވިދާޅުވީ ޗާގޯސް މައްސަލައިގައި ރައީސް ސޯލިހު އަމަލުކުރައްވާފައިވަނީ ވަރަށް މަކަރުވެރި ގޮތަކަށް ކަމަށެވެ. ކޯލިޝަންގެ އެންމެ ޕާޓުނަރަކާއި ކަންކަން ހިއްސާކުރެއްވުމަށްފަހު ދެން ތިބި މީހުންނާއި އެއްވެސް ކަމެއް ހިއްސާ ނުކުރައްވާކަމަށް ހީނާ ވިދާޅުވިއެވެ. 

ހީނާ ވަނީ ރައީސް ސޯލިހުއަކީ ކަންކަމުގައި މަޝްވަރާ ކުރައްވާ ލީޑަރެއްކަމަށް ވިދާޅުވެ އިމްރާނު ތައުރީފުކުރައްވަނީ ހަމައެކަނި އިމްރާނާއި ކަންކަން ހިއްސާކުރައްވާތީތޯ އައްސަވާ ސުވާލުވެސް ކުރައްވާފައެވެ. 

ފޯޅަވަހި މައްސަލައިގައި ސަރުކާރުން ކުއްލިގޮތަކަށް ސްޓޭންޑް ބަދަލުކޮށް މޮރިޝަސްކޮޅަށް ޖެހުމާއި ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. އަދި ސަރުކާރުގެ އެ ނިންމުމާއެކު ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ދިއުމުގެ ފުރުސަތު އޮތުމާއި އެކުގައެވެ. 

ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ސިޔާސީ ޕާޓީތަކާއި، ސަރުކާރުގެ ވާދަވެރިންވެސް މިކަމުގައި ސަރުކާރަށް ނުރުހުން އަމާޒުކޮށް މޮރިޝަސްކޮޅަށް އަރަން ޖެހުނު ސަބަބު ހާމަކުރުމަށް ދަނީ ގޮވާލަމުންނެވެ. 

އެހެން ނަމަވެސް މިހާތަނަށް ސަރުކާރުން ބުނެފައިވަނީ، އެފަދައިން ސްޓޭންޑް ބަދަލުކުރުމުން ދިވެހިންނަށް އަދި ރާއްޖެއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތްކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.