ޗާގޯސް މައްސަލަ އާއި ގުޅިގެން އިދިކޮޅުން ކުރި އިހްތިޖާޖެއްގެ ތެރެއިން-- ފޮޓޯ/ޕީޕީއެމް
30 Oct 2022 | 14:41
ފޯޅަވަހީ މައްސަލާގައި އިދިކޮޅުން އިހުތިޖާޖަށް ނުކުންނަނީ

ޗާގޯސް އާއި ރާއްޖޭގެ އިން ވަކިކުރުމުގެ މައްސަލައިގައި ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއަށް ދިނުމަށް ސަރުކާރުން ނިންމެވި ނިންމެވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އިދިކޮޅު ކޯލިޝަނުން މަގުމަތީގައި އިހުތިޖާޖެއް ކުރަން ނިންމައިފި އެވެ.

ޕީޕީއެމްގެ ޔޫތު ވިންގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީން ބުނީ ފޯޅަވަހީގެ މައްސަލާގައި ރާއްޖޭގެ ހައްގުގައި އަޑުއުފުލުމަށް މިރޭ 8:30 ގައި ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދުގައި ސުލްހަވެރި އިހްތިޖާޖެއް ފެށުމަށް ނިންމާފައިވާ ވާހަކައެވެ. 

އަދި އެ ހަރަކާތަކީ ޕީޕީއެމްގެ ޔޫތު ވިންގުގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާއި އެ އިހުތިޖާޖުގައި ފޯޅަވަހީގެ މައްސަލާގައި  މިހާތަނަށް ސަރުކާރުން ކަން ކޮށްފައިވާ ގޮތްތަކާއި އެ މައްސަލާގައި ދިވެހިންގެ ޝުއޫރުތައް ހުރި ގޮތް ސަރުކާރަށް އިއްވާނެ ކަމަށެވެ. 

ޗާގޯސް އާއި ރާއްޖޭގެ އިން ވަކިކުރުމުގެ މައްސަލައިގައި 2019 ވަނަ އަހަރު މި ސަރުކާރުން ވޯޓް ދިނީ މޮރިޝަސްއާ ދެކޮޅަށް އިނގިރޭސިވިލާތާއި އެއްކޮޅަށެވެ. އެހެން ނަމަވެސް، ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއަށް އޮތް ކަމަށް އެއްބަސްވެ މިދިޔަ އޮގަސްޓު މަހު ރައީސް ސޯލިހް މޮރިޝަސްގެ ރައީސްއަށް ސިޓީއެއް ވަނީ ފޮނުވާފައެވެ. ނަމަވެސް އެކަން ސަރުކާރުން ހާމަކުރީ އިން ވަކިކުރުމުގެ މައްސަލައިގެ ޝަރީއަތުގައި މީގެ ދެހަފްތާ ކުރިންނެވެ. ސަރުކާރުގެ މި ކުއްލި ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.