ކްރިމިނަލް ކޯޓް
ހަބަރު
30 Oct 2022 | 16:01
އެއްޖިންސުން ގުޅުން ހިންގި އިތުރު މީހަކަށް ހުކުމްކޮށްފި!

އެއްޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައެއްގައި އިތުރު މީހެއްގެ މައްޗަށް މިއަދު ހުކުމް ކޮށްފިއެވެ. 

ކްރިމިނަލް ކޯޓުން މި މައްސަލާގައި ހުކުމް ކޮށްފައިވަނީ ދަފްތަރު ނަންބަރު ރސ 4549، މަޙްމޫދު ރިޔާޟް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. އޭނާ އަކީ  ކަސްޓަމްސްގެ މުވައްޒަފެކެވެ. އޭނާ ހިމެނެނީ އެތައް ދިވެހިންނާއި އެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރި އާއި އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރޭގައެވެ. 

މަހްމޫދު ރިޔާޟުގެ މައްޗަށް ދައުލަތުން، އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ދައުވާ އުފުލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 411 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުންނެވެ.

މަހްމޫދު ރިޔާޟުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ،  އޭނާގެ މައްޗަށް ދައުލަތުން ދަޢުވާކުރި އެއްޖިންސުން ޖިންސީގުޅުން ހިންގުމުގެ ކުށުގެ ދަޢުވާއަށް މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގަޔާއި އަވަސްނިޔާގެ އަޑުއެހުމުގައި ކުށަށް އިޢުތިރާފުވެފައިވާ ކަމަށެވެ. 

ވުމާއެކު ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 411 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުން މަޙްމޫދު ރިޔާޟް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން، އެ ގާނޫނުގެ 411 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި، އެ ޤާނޫނުގެ 1106 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ ޤާނޫނުގެ 1002 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޙްމޫދު ރިޔާޟް 07 (ހަތެއް) މަހާއި 06 (ހައެއް) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާ ކަމަށެވެ. 

އެހެންނަމަވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މަޙްމޫދު ރިޔާޟް ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 06 (ހައެއް) މަހާއި 20 (ވިހި) މުއްދަތުގެ އަދަބެއް ކަމަށާއި، އަދި ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ގެ 37 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މި މުއްދަތުގެ ތެރެއިން 03 (ތިނެއް) މަހާއި 10 (ދިހައެއް) ދުވަހަކީ ޖަލު ޙުކުމެއްގެ ގޮތުގައި ތަންފީޒުކުރަންޖެހޭ މުއްދަތެއް ކަމަށާއި، ބާކީ 06 (ހައެއް) މަހާއި 20 (ވިހި) ދުވަހަކީ ގޭ ބަންދުގެ ޙުކުމެއްގެ ގޮތުގައި ތަންފީޒުކުރަންޖެހޭ މުއްދަތެއް ކަމުގައިވެސް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ. 

އެއްޖިންސުން ގުޅުން ހިންގުން ފަދަ ބޮޑެތި މައްސަލަ ތަކުގައި ކުށް ސާބިތުވާ މީހުންގެ އަދަބު ކުޑަ ކަމީ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.