ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
31 Oct 2022 | 12:20
ޚަރަދު ކުޑަނުކޮށް ދައުލަތަށް އާމްދަނީ ހޯދުމުގެ ބުރައުފަލަން ރައްޔިތުންނަށް ޖެއްސުމާއި ދެކޮޅު: ޝިޔާމު

ސަރުކާރުގެ ޚަރަދުތައް ކުޑަނުކޮށް ދައުލަތަށް އާމްދަނީ ހޯދުމުގެ ބުރަ އުފުލަން ރައްޔިތުންނަށް ޖެއްސުމާއި ދެކޮޅުކަަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

ޝިޔާމު މިފަދައިން ވިދާޅުވެފައިވަނީ ޓެކްސް ގާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ. 

ޝިޔާމު ވިދާޅުވި ގޮތުގައި ޓެކްސް ގާނޫނަށް ސަރުކާރުން ހުށައަޅާފައިވާ މައިގަނޑު ދެ އިސްލާހަކީ ޓީޖީއެސްޓީ %12 އިން %16 އަށް ބޮޑުކުރުމާ ޖީއެސްޓީ %6 އިން %8 އަށް ބޮޑުކުރުމެވެ. 

އެކަން އެގޮތަށް ހިމަނާފައިވާއިރު ދައުލަތަށް ލިބެން ޖެހޭ 16 ބިލިއަން ރުފިޔާ ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ޝިޔާމު ފާހަގަކުރެއްވިއެވެ. 

އަދި ވިދާޅުވީ ސަރުކާރުގެ ޚަރަދުތައް ކުޑަކޮށްފައި ނުވާއިރު، ނުވަތަ އެފަދަ ސިޔާސަތެއް ނުގެންގުޅުއްވާއިރު، ދައުލަތަށް އާމްދަނީ ހޯދުމަށް ރައްޔިތުންގެ އަތުން ޓެކްގް ނެގުމާއި އޭނާ ދެކޮޅުކަމަށެވެ. ސަރުކާރުގެ ޚަރަދުތައް ކުޑަނުކޮށް ދައުލަތަށް އާމްދަނީ ހޯދުމުގެ ބުރަ އުފުލަން ރައްޔިތުންނަށް ޖައްސައިގެން ނުވާނެކަމަށް ޝިޔާމު ވަނީ ވިދާޅުވެފައެވެ. 

އަންނަ އަހަރުގެ ޖެނުއަރީމަހުގެ އެކަކުން ފެށިގެން ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން މަޖިލީހަށް ބިލެއް ހުށައަޅާފައިވާއިރު، އެ ބިލާއި ގުޅިގެން ހޫނު ބަހުސެއް ވަނީ ފެށިފައެވެ. 

ޓެކްސް ބޮޑުކުރުމަކީ ސަރުކާރު ހިންގުމަށް ކޮންމެެހެން ބޭނުން ކަމެއްކަމަށް ބިލަށް ތާއީދުކުރާ މެމްބަރުން ބުނަމުންދާއިރު، ރައްޔިތުންގެ އަތުން ޓެކްސް ބޮޑު ނުކޮށް އެ ޚަރަދުތައް ފޫބެއްދޭނެ ގޮތެއް ނެތީތޯ ބައެއް މެމްބަރުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ. 

ސަރުކާރުގެ ޚަރަދުތައް ކުޑަނުކޮށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ބިލާއި ދެކޮޅަށް ބަހުސްކުރާ ގިނަ މެމްބަރުން ފާހަގަކުރައްވައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.