ޑރ ޖަމީލު ޕީޕީއެމްގެ ހަފްލާއެއްގެ ތެރެއިން/ ފޮޓޯ: ސަން
ހަބަރު
31 Oct 2022 | 12:28
ސަރަހައްދު ދޫކޮށްލުމަކީ އަމިއްލަ އެދުމަށް ގައުމަށްވީ އެންމެ ބޮޑު ޚިޔާނާތް: ޑރ ޖަމީލު

ފޯޅަވަހި ސަރަހައްދުން ދިވެހިރާއްޖެއަށް ބޮޑު ބައެއް ގެއްލުމުގެ ފުރުސަތު ފަހިވާ ގޮތަށް ސަރުކާރުން މޮރިޝަސް އާއި އެއްކޮޅަށް ޖެހުނު ޖެހުމަކީ އަމިއްލަ އެދުމަށް ގައުމަށް ވީ އެންމެ ބޮޑު ޚިޔާނާތްކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ. 

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ފޯލަވަހި މައްސަލައާއި ގުޅިގެން ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ. 

ޑރ ޖަމީލު ވިދާޅުވީ ސަރަހައްދުތައް ހިމާޔަތްކުރުމަކީ ވެރިކަމުގައި ހުންނަވާ ފަރާތެއްގެ އެންމެ އަސާސީ ޒިންމާކަމަށެވެ. 

އެހެން ނަމަވެސް އެ ޒިންމާ އަދާކުރުމުގައި ސަރުކާރުގެ ވެރިން ނުކުޅެދިފައިވާއިރު މިހާތަނަށް ފޯޅަވަހި ސަރަހައްދު ދޫކޮށްލަން ޖެހުނު ގާނޫނީ އެއްވެސް ހުއްޖަތެއް ސަރުކާރަށް ދެއްކިފައި ނުވާކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ. 

އެއާއެކު ޑރ ޖަމީލު ވިދާޅުވީ، ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ނިންމުމަކީ ގައުމަށް ވީ އެންމެ ބޮޑު ޚިޔާނާތްކަމަށެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވާއިރު، ފޯޅަވަހި މައްސަލައިގައި ސަރުކާރުގެ ވިސްނުން ބަދަލުކޮށް މޮރިޝަސްއާއި އެއްކޮޅަށް އެރީ އިންޑިއާގެ ނުފޫޒުންކަމަށް އިދިކޮޅު ފަރާތްތައް ގެންދަނީ ތުހުމަތުކުރަމުންނެވެ.

އަދި ރައްޔިތުންގެ މަޖިލީހާއިވެސް އެއްވެސް މަޝްވަރާއެއް ނުކޮށް ކުއްލި ގޮތަކަށް އެ ނިންމުން ސަރުކާރުން ނިންމީ ސަރުކާރުގެ ވެރިންނަށް މަންފާ ލިބޭ ބޮޑު ޑީލްއެއްގެ ތެރެއިންކަމަށްވެސް އިދިކޮޅުން ގެންދަނީ ތުހުމަތުކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.